އަލުވި ކިރުގަރުދިޔަ

ބޭނުންވާ ތަކެތި:

6 އަލުވި (ކޮށާފައި ފެނުކައްކާފައި)

½ އިންޗީގެ އިނގުރު

15 ހިކަނދިފަތް

½ ގިތެޔޮ މިރުސް (ނޫނީ ބޭނުން ވަރަކަށް)

6 އިންޗީގެ ރާނބާފަތް

2 ގަނޑު  ވަޅޯމަސް (ކޮށާފައި )

3 ޖޯޑު ފެން

1 ސައިސަމުސާ ލޮނު (ނޫނީ ބޭނުން ވަރަކަށް)

1 ބޮޑު ފިޔާ

2 ލޮނުމެދު

3 ބިލަމަގު ( ފަޅާފައި)

1 ޖޯޑު ފެން ކިރު

1/3 ސައިސަމުސާ ރީނދޫ

1/3 ޖޯޑު ބޯކިރު

 

ހަދާނެ ގޮތް:

އަލުވި، ފެންކިރު، ފިޔާ، ލޮނުމެދު، އިނގުރު، ހިކަނދިފަތް، ވަޅޯމަސްކޮޅު، މިރުސް، ބިލަމަގު އަޅާ ރަނގަޅަށް އެއްކޮށްލާފައި ތެލީގެ މަތި ޖަހާށެވެ. މަޑު ގިނީގައި ކައްކާށެވެ. ދެން ރީނދޫއަޅާ، ލޮނު ހެޔޮވަރުކޮށް ކައްކާށެވެ. ރަނގަޅަށް މަޑުވުމުން ބޯކިރު އަޅާ ކައްކާށެވެ. ދެން ރަހަ ބަލާލާފައި ބޭނުން ގޮތަކަށް ރަހަ ހެޔޮވަރު ކޮށްލާށެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *