ބޭނުންވާ ތަކެތި
2 ޖޯޑު ޕޮޓޭޓޯ ( ފްރައިސް ގޮތަށް ދިގަށް ކޮށާފައި)
1 ޓޮމާޓޯ ( ކުދިކޮށް ކޮށާފައި )
2 މޭޒުމަތީ ސަމުސާ ޗިލީ ސޯސް
1 ޖޯޑު މަސް ( ކިޔުބްކޮށް ކޮށާފައި އަދި ތެލުލާފައި )
4 ސޮސެޖް ( ތުނިކޮށް ކޮށާފައި ތެލުލާފައި )
1 ޖޯޑު މޮޒެރެއްލާ ޗީޒް ގާނާފައި
ތައްޔާރުކުރާނެ ގޮތް
ފުރަތަމަ ޕޮޓޭޓޯ ޗިޕްސްކޮޅު ތެލުލާށެވެ. އެއަށްފަހު ބޭކިންގ ޓްރޭއެއްގައި ޗިޕްސްކޮޅު އަތުރާލުމަށްފަހު، ކޮށާފައި ހުރި ޓޮމާޓޯކޮޅާއި ސޯސްވެސް އޭގެމައްޗަށް އަޅާށެވެ. މަސްކޮޅާއި ސޮސެޖް ކޮޅުވެސް އޭގެ މައްޗަށް އެޅުމަށްފަހު، މައްޗަށް ޗީޒް ކޮޅު އަޅާލުމަށްފަހު ޗީޒްކޮޅު މެލްޓްވެލަންދެން އަވަނުން ފިހެލާށެވެ.
