ގާތުން ކިރުދިނުމުން ހިތުގެ ބަލިތަކުން ރައްކާތެރިވޭ

އާ ދިރާސާއަކުން ދައްކާ ގޮތުގައި ގާތުން ކިރުދިނުމުން ހިތުގެ ބަލިތައް ނުވަތަ ސްޓްރޯކް ޖެހުމުގެ ފުރުސަތު ކުޑަވެގެންދެއެވެ. އަދި ގާތުން ނުދޭ އަންހެނުންނާ އަޅާބަލާއިރު ގާތުން ކިރުދޭ މީހުން ހިތުގެ ގިނަ ބަލިތަކުން މަރުވުމުގެ ފުރުސަތު ކުޑަވެގެންދެއެވެ.

ސެންޓަރސް ފޯ ޑިޒީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީސީ) އިން ބުނާ ގޮތުގައި އެމެރިކާގައި އަންހެނުން މަރުވާ އެންމެ ބޮޑު ސަބަބަކީ ހިތުގެ ބަލިތަކެވެ. އެއީ ކޮންމެ ފަސް އަންހެނަކުން އެކަކެވެ. ނަމަވެސް އެކަމުގެ އަސަރު އެހެން ނަސްލަކަށް ވުރެ ބޮޑަށް އެފްރިކަން އެމެރިކަން އަދި ދޮން އަންހެނުންނަށް ކުރެއެވެ. އުމުރުން 20 އަހަރުން މަތީގެ ކޮންމެ 16 އަންހެނުންގެ ތެރެއިން ގާތްގަނޑަކަށް އެކަކަށް ކޮރޮނަރީ ހާޓް ޑިޒީޒް ޖެހެއެވެ

ފިރިހެނުންނަށް ވުރެ އަންހެނުންނަށް މޭގައި ރިއްސުމާ ގުޅުން ނެތް ހާޓް އެޓޭކްގެ އަލާމާތްތައް ފެނުމުގެ ފުރުސަތު ބޮޑެވެ. އަންހެނުންނަށް ހާޓް އެޓޭކް ޖެހުމުގެ އާންމު އަލާމާތްތަކުގެ ތެރޭގައި ނޭވާހިއްލުން، މޭނުބައިކުރުން، ހޮޑުލުން، ކަރު ނުވަތަ ކޮނޑުގައި ރިހުން ހިމެނެއެވެ. މި އަލާމާތްތަކަކީ ސިއްހީ އެހެން އެތައް މައްސަލަތަކެއް ހިމެނޭތީ، ހިތުގެ ބަލިތައް ގިނަ ފަހަރަށް އަންހެނުންނަށް ފާހަގަ ނުކުރެވެއެވެ.

ދިރިއުޅުމުގެ ވައްޓަފާޅިއަށް އަންނަ ބަދަލުތަކާއިއެކު ގަވާއިދުން ޑޮކްޓަރަށް ދެއްކުމަކީ ހިތުގެ ބަލިތައް ޖެހުމުގެ ފުރުސަތު ކުޑަކޮށްދޭ ކަމެކެވެ. އަދި ޖާނަލް އޮފް ދަ އެމެރިކަން ހާޓް އެސޯސިއޭޝަން (ޖޭއޭއެޗްއޭ) ގައި ޝާއިއުކުރި އެންމެ ފަހުގެ ދިރާސާއަކުން ދައްކާ ގޮތުގައި ގާތުން ކިރުދިނުމަކީ ހިތުގެ މައްސަލަތަކުން ރައްކާތެރިވުމަށް އެހީތެރިވެދޭނެ ކަމެކެވެ. މިއީ މަންމަ އާއި ދަރިފުޅަށް ވެސް މާބަނޑު ދުވަސްވަރު ކާޑިއޯ ވެސްކިއުލަރ ހެލްތު ތަހުގީގުކުރާ ގާތްގަނޑަކަށް 12 ދިރާސާއެއް ހިމަނާފައިވާ ފޮތުގައި ހިމެނޭ މައުލޫމާތެކެވެ.

ގާތުން ކިރުދިނުމަކީ ކުޑަކުދިންނަށް ލިބޭ ގިނަ ފައިދާތަކެއް ރަނގަޅަށް ލިޔެވިފައިވާ ކަމެކެވެ. ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) އިން ބުނާ ގޮތުގައި ގާތުން ކިރު ދިނުމުން ނޭވާލާ ނިޒާމަށް ޖެހޭ ބަލިތަކާއި ބަލިތަކުގެ ސަބަބުން މަރުވުމުގެ ފުރުޞަތު ކުޑަވެގެންދެއެވެ. އަދި މަންމަގެ ސިއްހަތަށް ހެޔޮ އަސަރުކޮށް، ޓައިޕް 2 ހަކުރުބައްޔާއި، ހައިޕަރޓެންޝަން، އުރަމަތީގެ ކެންސަރު، އަދި ބިސް އުފައްދާ ކެންސަރުގެ ނުރައްކާވެސް ކުޑަވެގެންދެއެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *