އިމްތިޙާނާއި ކުރިމަތިވާއިރު މުސްލިމެއްގެ ނަޒަރިއްޔާތަކީ ކޮބާ؟ – 3

ޝުކުރުވެރިވުމާއި ކެތްތެރިކަމުގެ މުހިންމުކަން ހަނދާން ކުރާށެވެ.

މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ: “އަޖައިބު ކުރުވަނިވި ކަމަކީ މުއުމިނާއަށްެ ކުރިމަތިވާ ކޮންމެ ކަމެއްގައިވެސް އޭނާއަށް ހެޔޮކަންތައްތަކެއް ވެއެވެ. ފަހެ، އޭނާ އުފާވެއްޖެނަމަ އޭނާ ﷲ އަށް ޝުކުރުވެރިވެއެވެ. މީގެ ސަބަބުން އޭނާއަށް ހެޔޮކަމެއް ވެއެވެ. އޭނާއަށް ގެއްލުމެއް ލިބިއްޖެނަމަ، ދެން އޭނާ ކެތްތެރިކަން އިސްކުރެއެވެ. ދެން އޭނާއަށް ހެޔޮކަމެއް މިންވަރު ކުރައްވައެވެ.” (މުސްލިމް)

މިއީ އަޅުގަނޑުމެންގެ ސިކުނޑީގެ އެންމެ ކުރީގައި އަބަދުވެސް ގެންގުޅެންޖެހޭ އެއް ޙަދީޘެކެވެ. އަޅުގަނޑުމެންގެ ޙަޔާތުގައި ކަންކަން ފަސޭހައިން އެނގެން ވަގުތުނަގައެވެ. ގިނަ ފަހަރަށް ކަންތައްތައް ކުރިއަށްދާއިރު މުޅި ދުނިޔެ އަޅުގަނޑުމެންނާ ދެކޮޅަށް ވެއްޖެހެން ހީވެއެވެ.

މަތީގައިވާ ޙަދީޘްގައި ވާފަދައިން އިންސާނުންގެ ނަޒަރިއްޔާތަކަށް ވާންޖެހޭނީ اللهއަށް އަޅުގަނޑުމެންގެ އީމާންކަން ދެނެވޮޑިގަންނަވާތީ އަޅުގަނޑުމެންގެ ވިސްނުން ހެޔޮގޮތުގައި ބެހެއްޓުމެވެ. އަޅުގަނޑުމެންގެ ނަޒަރިއްޔާތަކަށް ވާންޖެހޭނީ ހެޔޮ ޙާލަތެއް އެއަށްވުރެ ރަނގަޅުކޮށް، ނޭދެވޭ ޙާލަތެއް ހެޔޮ ޙާލަތަކަށް ބަދަލުކުރުމެވެ. އެހެން ގޮތަކަށް ބުނާނަމަ، ކަންކަން ރަނގަޅަށް ހިނގަމުންދާއިރު، އަޅުގަނޑުމެން ޝުކުރުވެރިވެ، ނިކަމެތި ހާލަތު ރަނގަޅު ޙާލަތަކަށް الله ބަދަލުކުރައްވާނެއެވެ. އިބްރާހީމް ސޫރަތުގެ 7 ވަނަ އާޔަތުގައި ﷲ ވަޢުދުވެވަޑައިގެންފައިވާ ފަދައިން، އަހަރެމެން ޝުކުރުވެރިވާ ހިނދު، އެކަލާނގެ އަހަރެމެންނަށް އިތުރަށް ދެއްވާނެއެވެ. އިންޝާ الله.

وَإِذْ تَأَذَّنَ رَبُّكُمْ لَئِن شَكَرْتُمْ لَأَزِيدَنَّكُمْ ۖ وَلَئِن كَفَرْتُمْ إِنَّ عَذَابِي لَشَدِيدٌ

އަދި ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ އެންގެވިހިނދު ހަނދުމަކުރާށެވެ! ހަމަކަށަވަރުން، ތިޔަބައިމީހުން شكر ކޮށްފިނަމަ، ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް އިތުރުކޮށްދެއްވާހުށީމެވެ. އަދި ތިޔަބައިމީހުން (شكر ނުކޮށް) كافر ވެއްޖެނަމަ (ދަންނާށެވެ!) ހަމަކަށަވަރުން، ތިމަންރަސްކަލާނގެ عذاب ގަދަފަދަވެގެންވާކަން ކަށަވަރެވެ.

އަނެއްކޮޅުން ކަންކަން ރަނގަޅަށް ނުހިނގާ ނަމަވެސް ކެތްތެރިކަމާއި ސާބިތުކަމާއެކު ތިބޭނަމަ الله އިންސާނާ އެ ޙާލަތުން ކޮންމެވެސް ހެޔޮ ހާލަތަކަށް ގެނެސްދެއްވާނެ ކަމަށާއި، އެންމެ ފަހުން ޙާލަތަށް ލުއި ލިބިގެންދާނެ ކަމަށެވެ.

އަޅުގަނޑުމެން ކޮންމެ ގޮތަކަށް ކުރިމަތިލާން ޖެހުނަސް، الله އަޅުގަނޑުމެން ދޫކޮށެއް ނުލައްވާނެއެވެ. އަޅުގަނޑުމެން ހަމައެކަނި ބޭނުންވަނީ ޙާލަތާމެދު ރަނގަޅު ނަޒަރިއްޔާތާއި އެކަލާނގެއާމެދު ހެޔޮ އީމާންތެރިކަން ދެމެހެއްޓުމެވެ.

ޓެސްޓެއްގެ އިނާމު އަބަދުވެސް ޓެސްޓަށްވުރެ ބޮޑުވެއެވެ.

މިކަން ވިސްނައިގެން، ރަނގަޅު ނަޒަރިއްޔާތެއްގައި ދަތިތަކާ ކުރިމަތިލާން ﷲ ތަޢާލާ އަޅުގަނޑުމެންނަށް ނަޞްރެއް ވަޢުދުވެވޮޑި ގެންފައިވާކަން އެނގިހުރެ، އިމްތިޙާނުތަކުގެ ވަގުތުތަކުގައި ސާބިތުވެ ތިބުމަކީ ވަރަށް ފަސޭހަ ކަމެކެވެ. މިސާލެއްގެ ގޮތުން މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ ގެ ޙަޔާތްޕުޅުން އެވަނީއެވެ. ގާތްގަނޑަކަށް ތިރީސް އަހަރާއި ގާތްކުރާ އަދަދަކަށް މައްކާގައި އިސްލާމް ދީނަށް ގޮވާލެއްވުމަށްފަހު، މަދީނާއަށް ހިޖުރަ ކުރެއްވިއިރު އަރިހުގައި ތިއްބެވީ މަދު މުސްލިމުންކޮޅެކެވެ. ނަމަވެސް އޭގެ އެންމެ ދިހަ އަހަރު ފަހުން މުޅި ޢަރަބި ކަނޑު އިސްލާމްވެ، މުޙައްމަދު ނަބިއްޔާ (ޞޢވ) ގެ ހައްޖަތުލް ވަދާޢުގައި މައްކާއަށް ކުރެއްވި ދަތުރުފުޅުގައި ލައްކައިން މުސްލިމުން އަރިހުގައި ވަޑައިގެންނެވިއެވެ.

އަހަރެމެންނަށް އުނދަގޫތަކުން ސަލާމަތް ދެއްވާށިއެވެ. އަދި އަޅުގަނޑުމެންނަށް އެއްވެސް ކަމަކާ ކުރިމަތިލާން ޖެހިއްޖެނަމަ، ކެތްތެރިކަމާއެކު، ރަނގަޅު ނަޒަރިއްޔާތެއްގައި އެކަމާ ކުރިމަތިލުމުގެ ފުރުސަތު ﷲ ދެއްވާށިއެވެ.

(ނިމުނީ)

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *