ބޭނުންވާ ތަކެތި:
2 ޖޯޑު ދޮންފަޅޯ (ގާނާފައި)
4 ޖޯޑު ފެން
6 އިންޗީގެ ރާނބާ
1 ދަޅު ގެރި ކިރު
1 މޭޒުމަތީ ސަމުސާ ކޯންފްލާ
1 ސައިސަމުސާ ވެނިލާ އެސެންސް
ހަދާނެ ގޮތް:
ފެނާއި ރާނބާފަތް ތެއްޔަކަށް އަޅާ ހޫނުވަންދެން ކައްކާށެވެ. ކެކި ގަތީމައި ފަޅޯކޮޅު އަޅާށެވެ. ދެން ފަޅޯ މަޑުވަންދެން މެދުގިނީގައި ކައްކާށެވެ. ދެން ގެރިކިރު އަޅާ އެއްކޮށްލާށެވެ. ކޯންފްލާ ކޮޅު ފެންފޮދެއްގައި ގިރާލާފައި ކައްކާށެވެ. އޮލަވުމުން އެސެންސްކޮޅުއަޅާ އުދުން ނިއްވާލާށެވެ. ބޭނުންނަމަ ކަނަމަދު ނުވަތަ ބޭނުން ވައްތަރެއްގެ ބަދަނެއް އަޅާ ފްރިޖަށްލާ ފިނި ކުރާށެވެ.
