އިންޑިޔާގައި ރޭލެއްގައި ދަތުރުކުރަމުން ދިޔަ އިންޑިޔާގެ ދެބަފައިންނެވެ. އުމުރުން ދުވަސްވީ ބައްޕައަކާއި 24 އަހަރުގެ ޒުވާން ފިރިހެން ކުއްޖެކެވެ. ރޭލުގެ ކުޑަދޮރުން ބޭރަށް ބަލަމުން ދިޔަ ޒުވާނާ ހަޅޭއްލަވައިގަތެވެ.
އޭނާ އިނގިލި ދިއްކޮށްފައި ބުންޏެވެ. "ބައްޕާ! ބަލާބަލަ ގަސްތައް ދަނީ އަހަރެމެންގެ ފަހަތުން"
އޭނާގެ ބައްޕަ ހިނިތުންވެލިއެވެ. އަދި ލޯތްބާއެކު އެކުއްޖާގެ ބޮލުގައި ފިރުމާލިއެވެ. އެވަގުތު ކައިރީގައި އިށީނދެގެން ތިބި ދެމަފިރިއަކު، 24 އަހަރުގެ ޒުވާނަކު ކުޑަކުޑަ ކުއްޖެއްގެ ސުލޫކަށް ބަދަލުވެފައިވާތީ ދެކުނެވެ. އަދި އެ ދެބަފައިންނަށް ބަލަމުން ދިޔައެވެ.
އަނެއްކާވެސް ކުއްލިއަކަށް އެ ޒުވާނާ ހީނގަތެވެ.
"ބައްޕާ ބަލާބަލަ ވިލާތައް އަހަރެމެންނާއެކު ދުވަނީ." އެކުއްޖާ އުޑާދިމާއަށް އަތްދިއްކޮށްލާފައި ބުންޏެވެ. ބައްޕަ އަނެއްކާވެސް ހިނިތުންވެލިއެވެ.
" ދަރިފުޅު ރަނގަޅު ޑޮކްޓަރަކަށް ދައްކަން ނުގެންދަނީ ކީއްވެ؟" އެ ދެމަފިރިންނަށް މި ޒުވާނާ ކުޑަކުއްޖެއްގެ މިޒާޖުގައި ހުންނަކަހަލަ ކަންތައްތަކެއް ފާހަގަވެގެން މުސްކުޅިޔާއަށް ބުންޏެވެ.
"އަހަރެން ގެ ދަރިފުޅު ކުރިންވެސް ޑޮކްޓަރަށް ދެއްކިން. އަދި އަހަރެމެން މި އަންނަނީވެސް ހަމަ ހޮސްޕިޓަލުން. އެއީ އަހަރެންގެ ދަރިފުޅަކީ އުފަންވި ދުވަހުން ފެށިގެންވެސް ލޯފަން ކުއްޖަކަށް ވީމަ. މިއަދު އޭނާއަށް ފުރަތަމަފަހަރަށް ދުނިޔޭގެ މަންޒަރުތައް ފެންނަންފެށީ. އޭނާގެ ލޮލަށް އަލިކަން ދެއްވި ﷲ އަށް ޙަމްދުހުރި." މުސްކުޅި މީހާ ހިނިތުންވެލަމުން ބުންޏެވެ.
އެސުވާލުތައް އެގޮތަށް ކުރެވުނީތީ އެދެމަފިރިން ވަރަށް ދެރަވިއެވެ.
