ފުރާވަރު ކުދިން މާ އަވަހަށް ގޮތްހުސްވާހެން ހީވެއެވެ.

ފުރާވަރުގެ ކުއްޖަކަށް ވުމަކީ ވަރަށް ގިނަ ބޮޑެތި ޖަޒުބާތުތަކެއް އެކުލެވިގެންވާ  އަދި ބައެއް ފަހަރު އެކަންކަން ޙައްލުކުރަން އުނދަގޫ ވެދާނެ ކަމެކެވެ. ކުޑަކުދިންނާއި ބޮޑެތި ކުދިންނަށް ވެސް ގޮތް ހުސްވުން ނުވަތަ މާޔޫސްވުން ދިމާވެދާނެ އެވެ. މިއީ ކުޑަކުއްޖަކު އޭނާގެ ޖަޒުބާތުގެ މައްޗަށް އަރައިގަނެ، މުޅިން ފޫހިވެގެން ދިއުމެވެ. މި ޖަޒުބާތުތަކަކީ ބިރުވެރިކަމާއި، ރުޅިވެރިކަމާއި، މާޔޫސްކަން ނުވަތަ އެހެން ކަމެއް ކަމުގައި ވެދާނެއެވެ.

ބޮޑެތި ކުދިންގެ ކިބައިގައިވެސް ގޮތް ހުސްވުން އިހުސާސް ކުރެވިދާނެއެވެ. އިޙްސާސް ކުރެވޭ ކަންކަން ބަޔާންކުރުމުގެ ޤާބިލުކަން ހުރި ކުދިން ފޫހިވެގެން ދިއުމުން، ރުއިން ނުވަތަ ރުޅިއައުން ފެނިގެން ދެއެވެ. އުމުރުން ދުވަސްވީ މީހުން އާންމު ތަންތަނުގައި ގޮތްހުސްވުމުގެ އިހުސާސްތައް ބޭރުކުރުމުގެ ފުރުސަތު ކުޑަވަނީ އެމީހުން އަމިއްލައަށް ލަދުގަންނަތީ އެވެ. އެހެންކަމުން ގޭގައި ގޮތްހުސްވުމުގެ ގޮތުން ކުއްޖާ އަމަލުކޮށްފާނެ ގޮތްތަކުގެ ފުރުސަތު ވަރަށް ބޮޑެވެ. މިސާލަކަށް ފުރާވަރުގެ ކުއްޖަކު ސްކޫލުގައި އޭނާގެ ޖަޒުބާތުތައް މުޅި ދުވަހު އެއްކޮށް ހިފަހައްޓައިގެން ހުރެފައި ގެއަށް އައިސް ޖަޒުބާތީ ގޮތުން އުނދަގޫވެ ރުޅި ގަދަވުމާއި ނުވަތަ ރުއިންފަދަ ކަމެއް ކޮށްފާނެއެވެ.

ފުރާވަރުގެ ކުދިންނަށް ޖަޒުބާތީ ގޮތުން އުނދަގޫވެ ކޮންމެ ކަމެއް ގޯސްވިޔަސް ވަރަށް ހާސްވެގެން އުޅޭތީ އެކުދިންނާ އެ ވާހަކަ ދައްކަން ޖެހިދާނެ އެވެ. މި ވަގުތުތަކުގައި ތަޅުދަނޑިއަކީ އެމީހުންނަށް ހަމައެކަނި އެ ހުރިހާ އެއްޗެއް ބުނަން ދޫކޮށްލުމެވެ. އެހެންކަމުން ގިނަ ފަހަރަށް، ހެޔޮ ނިޔަތުގައި ތިބި ބޮޑެތި މީހުން އަޑުއަހައި އެމީހުންގެ ފަރާތުން ހުށަހެޅުންތައް ދޭއިރު، ޖަޒުބާތުތައް ފާޅުކުރުމަކީ އޭގެ ޒާތުގައި ލުއިކަމެއް ލިބޭ ކަމެއްކަން ބޮޑެތި މީހުން ހަނދާން ނައްތާލައެވެ.

ގިނަ ފަހަރަށް ޖަޒުބާތުތައް ބަސްތަކުން ފާޅުކުރުމަކީ ޒުވާނަކަށް ބޭނުންވާ ހުރިހާ ލުޔެއް ލިބިގެންދާ ކަމެކެވެ. ރަނގަޅަށް އަޑުއެހުމަށްފަހު، ހަމައެކަނި އިޚުލާސްތެރި ނިޔަތަކުން ފުރާވަރުގެ ކުދިންނަށް ނަސޭހަތް ދޭށެވެ. ނަސޭހަތްދޭއިރު  “އެއީ ބިރުވެރި ކަމެއް” ނުވަތަ “އަހަރެން ވަރަށް ދެރަވޭ އެކަން ދިމާވި” ފަދަ އެއްޗެއް ބުނަން މަސައްކަތް ކުރެވިދާނެއެވެ.

ފުރާވަރުގެ ކުދިން ބައެއް ފަހަރު ކަންބޮޑުވަނީ އެމީހުންގެ ޖަޒުބާތުތައް އެހާ ބާރުގަދަ ވެދާނެތީ އެމީހުންގެ އިހުސާސްތަކުގައި ކޮންމެވެސް ގޯހެއް ހުރި ކަމަށް ބުނެ އެވެ. ފުރާވަރުގެ ކުއްޖާގެ ވަރަށް އަވަހަށް ދެރަވާ ބައިހުރެއެވެ. އެހެންކަމުން ކުއްޖާ ދެރަވަނީ އަސްލު ކޮންކަމަކާތޯ ޔަގީން ކުރާށެވެ.

ބޮޑެތި މީހުން ބުނާބުނުންތަކުން ފުރާވަރުގެ ކުދިންނަށް ލިބޭ ވަރަށް ބޮޑު އަރާމެއްވެއެވެ. ދަރިފުޅުގެ އިހުސާސްތައް މާނަ ކުރެވޭ ކަމަށާއި ދަރިފުޅު ތަފާތު ގޮތްގޮތަށް އަމަލުކުރަނީ ކީއްވެގެންކަން ވިސްނޭ ކަމަށް ބުނުމުން އެކުދިންނަށް ހަމަޖެހުން ލިބެއެވެ. އެކަމާ އެހާ ދެރަވަނީ ކީއްވެގެން ތޯ ނާހާށެވެ. ތިބާއަށް ވުރެ މާ ބޮޑަށް ތަހައްމަލުކުރާ މީހުން އެބަތިބި ނޫންހެއްޔޭ ފަދަ ބަސްތައް ނުބުނާށެވެ. އޭރުން  އެމީހުންނަށް ކުށްވެރިކަން އިހުސާސް ކުރެވެއެވެ. އެހެން ގޮތަކަށް ބުނާނަމަ، ފުރާވަރުގެ މީހެއްގެ ނަޒަރިއްޔާތު ބަދަލުކުރަން މަސައްކަތް ކުރުމަކީ އަބަދުވެސް މައިންބަފައިން އުންމީދުކުރާ އެކަމަކު އެހީތެރިކަމެއް ނުލިބޭނެ ކަމެކެވެ.

އަދި ފުރާވަރުގެ ކުދިންނަށް އަމިއްލައަށް އެމީހުންގެ ނަފުސަށް އަރާމު ދިނުމަށް އެހީތެރިވެދޭށެވެ. ފުންކޮށް އަދި މަޑުމަޑުން ނޭވާލުމުގެ ޕޮއިންޓެއް ކަނޑައެޅުން ފަދަ އަމިއްލައަށް ރަނގަޅު އިހުސާސެއް ކުރުމަށްޓަކައި ކުރެވިދާނެ އުފެއްދުންތެރި ކަންތައްތަކާ ބެހޭގޮތުން ފުރާވަރުގެ ކުއްޖާއާ ވާހަކަ ދައްކާށެވެ. އެކުދިންނަށް ކުރެވިދާނެ ތަފާތު ކަސްރަތުތައް ހޯދާށެވެ.

މައްސަލަތައް އަޑުއަހައި ސައްހަކޮށް ޚިޔާލު ހުށަހެޅި ނަމަވެސް އަދިވެސް ކުއްޖާ ދެރަވާނަމަ ދެން އޮތް ފިޔަވަޅަކީ މައްސަލަ ހައްލު ކުރަން މަސައްކަތް ކުރުމުގައި އެހީތެރިކަން ބޭނުންވޭތޯ ބެލުމެވެ. ހަމައެކަނި ލަފާ ދިނުމާ ޚިލާފަށް ސަޕޯޓް ދިނުމުގެ ހުއްދައަށް އެދުމަކީ ފުރާވަރުގެ ކުއްޖަކާ ވާހަކަ ކުރިއަށް ގެންދިއުމަށް އެހީތެރިވެދޭނެ ކަމެކެވެ. ބައެއް ފަހަރު ފުރާވަރުގެ ކުދިން ސަޕޯޓް ބޭނުން ނުވާ ކަމަށް ބުނާނަމަ އެމީހުން ދެއްކި ވާހަކަ އަޑުއެހުމުން އެމީހުންނަށް ބޭނުންވާ ވަރަށް ސަޕޯޓް ލިބޭ ކަމުގެ ޔަގީންކަން އިހުސާސް ކުރެވޭނެއެވެ. އަދި އެމީހުން އާނއެކޭ ބުނާނަމަ، އެމީހުން ބޮޑެތި މީހުންގެ ޙިކުމަތަށް ވަރަށް ބޮޑަށް ބަލައިގަންނަން ފަށައެވެ.

މައްސަލަ ހައްލުކުރުމުގައި ދަރިފުޅު ތިބާގެ އެހީތެރިކަން ގަބޫލުކުރާނަމަ ދެން އެމީހުންނަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ދެ ބަޔަކަށް ބަހާލުމަކީ ބޭނުންތެރި ކަމެއް ކަމަށް ވެދާނެ އެވެ. އެގޮތުން ބަދަލުވެދާނެ ކަންކަމާއި ބަދަލު ނުކުރެވޭނެ ކަންކަން ހުންނާނެކަން ވިސްނައިދީ ފަށާށެވެ. މާނަހުރި ބަދަލުތަކެއް ގެނެވޭނެ މައްސަލަތަކަށް ހައްލު ހޯދުމަށް އެމީހުންގެ ސަމާލުކަމާއި ވިސްނުން ބޭނުންކުރުމަށް އެހީތެރިވެދޭށެވެ. އަދި ތިމާގެ ކޮންޓުރޯލް ދަށުގައި ނުވާ ކަންކަން ނުވަތަ ފަސޭހައިން ހައްލު ނުކުރެވޭ މައްސަލަތައް ގަބޫލުކުރުމަށް ކުރެވެން ހުރި ކަންކަން ކުރުމަށް ފުރާވަރުގެ ކުއްޖާއަށް ތާއީދު ކުރާށެވެ. ޒުވާނުންނަށް ބަލައިގަތުމަށް އެހީތެރިވެދެވޭނެ އެއް ގޮތަކީ އެމީހުންގެ ކިބައިގައި ހުރި ހަކަތަގެ ގޮތުން އެކަމާ ބެހޭގޮތުން ވާހަކަ ދެއްކުމެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *