ބޭނުންވާ ތަކެތި
ސްމޫތީއަށް:
1/2 ދޮންކެޔޮ (ފިނިކޮށް ގަނޑުކޮށްފައި)
3/4 ތަށި މާމުއި
1 އޮރެންޖް (ފަޅާފައި)
2 ސްޓްރޯބެރީ
ޕުޑިންގ އަށް:
1/4 ތަށި އިސްބަގުލު (ފެނުއަޅާފައި)
1 ޖޯޑު ކިރު
ތައްޔާރުކުރާނެގޮތް:
ކިރާއި އިސްބަގުލު އެއްކޮށް ބޯތައްޓެއްގައި އެއްކޮށްލާށެވެ. ދެން މަދުވެގެން 30 މިނެޓް ވަންދެން ފުރިޖްގައި ބަހައްޓާށެވެ. ދެން ސްމޫތީއަށް ބޭނުންވާ ހުރިހާ އެއްޗެއް އެއްކޮށް މިކްސަރަކުން މުގުރާށެވެ. ކުރިން ތައްޔާރުކުރި ޕުޑިންގެ މައްޗަށް ސްމޫތީ ލޭޔަރކޮށް، މަތީގައި އިތުރު މޭވާއެއް ޖަހައި، ބޭނުންވާ ގޮތަށް ރީތި ކޮށްލާށެވެ.
