ބޭނުންވާނެ ތަކެތި
ކްރަސްޓް ހެދުމަށް:
3/4 ތަށި ފުށް
1/4 ސައިސަމުސާ ލޮނު
2 މޭޒުމަތީ ސަމުސާ ހަކުރު
1/4 ތަށި ބަޓަރު
ފަޅޯ މިކްސް ހެދުމަށް:
1 1/2 މޭޒުމަތީ ސަމުސާ ފުށް
1/4 ސައިސަމުސާ ލޮނު
*3/4 ތަށި ރަތް ފަޅޯ(މުގުރާފައި)
2 ބިސް
2 ސައިސަމުސާ ލުނބޯ ޖޫސް
2 މޭޒުމަތީ ސަމުސާ މާމުއި
ތައްޔާރު ކުރާނެގޮތް
އަވަން 150 ޑިގްރީއަށް ހޫނުކުރާށެވެ.
ފުށް، ބަޓަރ، ލޮނު އަދި ހަކުރު އަޅާ ރަނގަޅަށް ކުރަސްޓް ތައްޔާރުކުރާށެވެ. ދެން 15 ވަރަކަށް މިނިޓް ވަންދެން ފިހެލާށެވެ. ތަށްޓަކަށް ހަކުރު، ފުށް އަދި ލޮނު އަޅާފައި އެއްކޮށްލާށެވެ. ފަޅޯ، ބިސް، ލުނބޯ ޖޫސް އަދި މާމުއި އެއްކޮށްލާށެވެ.
ހޫނު ކްރަސްޓްގެ މައްޗަށް އެއްކުރި ފަޅޯތައް ކްރަސްޓްގެ މައްޗަށް އަޅާފައި 20-25 މިނެޓް ފިހާށެވެ.
