ޙަޟްރަތު ޙަސަން އަލްބަޞްރީ އެއްފަހަރަކު ބަލިވެ އުޅުއްވިއެވެ. އޭނާގެ އަވަށްޓެރިޔާއަކީ އިސްލާމްދީން ގަބޫލުކުރާ މީހެއް ނޫނެެވެ. ނަމަވެސް އެ ކާފަރު މީހާ އޭނާއަށް ޒިޔާރަތް ކުރަން އައެވެ. ގޭތެރެއަށް ވަދެވުމާއިއެކު އޭނާގެ ވާހަކަ ފެށިއެވެ.
"އޭ އިމާމް، އަހަރެންނަށް މިގެއިން ނުބައި ވަހެއް ދުވާކަން ފާހަގަ ކުރެވޭ." އޭނާ ހީނގަތެވެ.
"އެއީ ބަލިވެ އުޅޭތީ ވެގެން އުޅޭގޮތެއްކަންނޭނގެ." އިމާމު ވިދާޅުވިއެވެ.
"އެއީ ބަލީގެސަބަބުން ގެއަށް ފެތުރިފައިވާ ވަހެއް ނޫން. އެއީ ނަޖިހެއްގެ ވަސް. ކަލޭގެފާނުގެ ކަލާނގެ، الله ގެ ލޯތްބަށްޓަކައި އެއީ ކޮން އެއްޗެއްކަން އަހަންނަށް ކިޔައިދީބަލަ!" އަވަށްޓެރިޔާ ގަދައަޅައި ބުނަމުން ދިޔައެވެ.
ކާފަރު އަވައްޓެރިޔާގެ ގެއިން އިމާމުގެ ގެއަށް ނަޖިސް ލީކުވަމުންދާކަން އިމާމު އެއްވެސް އިރެއްގައި ފާހަގަކޮށްފައެއް ނުވެއެވެ. ވީމާ އެ އަވައްޓެރިއާއަށް މިކަން ނޭނގެއެވެ. އެންމެ ފަހުން އަވަށްޓެރިޔާ އިމާމުގެ ގައިގާ ހިފައިގެންފައި އަނެއްކާވެސް އެސުވާލު ހަމަ އެސުވާލު ކުރިއެވެ.
"ދުވަސްތަކެއްވެއްޖެ ކަލޭގެފާނުގެ ގޭގެ ޖަންކްޝަނުގެ މައްސަލަޖެހި އަހަރެމެންގެ ގެއަށް އެ ނަޖިހުގެ ވަހުން އުނދަގޫވަމުން ދާތާ. އަހަރެން އެކަން ރަނގަޅު ކުރަން މަސައްކަތް ކުރިން، އެކަމަކު ކާމިޔާބެއް ނުވި." އިމާމު ވިދާޅުވިއެވެ.
"ކުރިން އިމާމު އެވާހަކަ ނުބުނުއްވީ ކީއްވެ؟" އަވަށްޓެރިޔާ ސުވާލުކުރިއެވެ.
"އަހަރެންދެކެ ކަލޭގެފާނު ރުޅިއައިސްފައި ހުރެދާނެތީ." ޢިއްޒަތްތެރި އިމާމު ވިދާޅުވިއެވެ.
ކާފަރު މީހާއަށް އިމާމުގެ މި އަޚްލާޤީ ރިވެތިސިފައިން ވަރަށްބޮޑަށް އަސަރުކުރިއެވެ. އިމާމުގެ މި ހަގީގީ ޢަޤީދާއިން އޭނާއަށް ފެނިގެން ދިޔައީ އިމާމްގެ އަޚްލާޤަކީ އިސްލާމްދީނުގެ ރިވެތިކަމެވެ. އިސްލާމްދީނުގައި އަވައްޓެރިންނަށް ކަމޭހިތާ މިންވަރެވެ.
