މިއަހަރު އިންޑިއާގައި ބޭއްވި ވިމެންސް އޭޝިއަން ކަޕް ގެ ޗެމްޕިއަން ޗައިނާ

ވިމެންސް އޭޝިއަން ކަޕް ބާއްވަން ސަޢޫދީ ޢަރަބިއްޔާ ބޭނުންވޭ.

2026 ގައި އޮންނަ ވިމެންސް އޭޝިއަން ކަޕް ބާއްވަން ސަޢޫދީ ޢަރަބިއްޔާއިން ޝައުގުވެރިކަން ފާޅުކޮށްފިއެވެ. މިކަން ކަށަވަރު ކޮށްދެމުން މި މުބާރާތުގައި އޮސްޓްރޭލިއާ، ޖޯޑަން، ސަޢޫދީ ޢަރަބިއްޔާ އަދި އުޒްބެކިސްތާނުން 2026 ވަނަ އަހަރުގެ އަންހެން އޭޝިއަން ކަޕް ބާއްވަން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް އޭޝިއަން ފުޓްބޯޅަ ކޮންފެޑެރޭޝަނުން ވަނީ އެއްބަސްވެފައެވެ.

އޭއެފްސީން ހުރިހާ ބިޑިން މެމްބަރު އެސޯސިއޭޝަންތަކާ ގުޅިގެން ބިޑިން ޕްރޮސެސްއާ އެއްގޮތަށް ބިޑް ކުރުމަށް ބޭނުންވާ ލިޔެކިޔުންތައް ފޯރުކޮށްދިނުމުގައި މިހާރު މަސައްކަތް ކުރަމުންދާކަމަށް އޭޝިއަން ފުޓްބޯޅަ ކޮންފެޑެރޭޝަނުން ފާހަގަ ކުރެއެވެ.

މުބާރާތުގެ ބިޑް ކާމިޔާބު ކުރާފަރާތް އަންނަ އަހަރު އިއުލާން ކުރާއިރު އޭއެފްސީން ވަނީ މުބާރާތުގެ މަގުބޫލުކަން އިތުރުވަމުންދާތީ އެކަމަށް ތަޢުރީފުވެސްކޮށްފަ އެވެ. އިންޑިއާގައި 2022 ވަނަ އަހަރު ބޭއްވި އަންހެން އޭޝިއަން ކަޕް ޗައިނާއިން ކާމިޔާބު ކުރިއިރު ޖުމްލަ  12 ޓީމަކުން ބައިވެރިވިއެވެ.

ފަހަކަށްއައިސް ސަޢޫދީ ޢަރަބިއްޔާއިން ވަނީ އަންހެނުންގެ ހަރަކާތްތަކުގައި ބައިވެރިކުރުމަށް އެގައުމުން ގެންގުޅޭ ވިސްނުން މަޑުމަޑުން ބަދަލުކޮށް އަންހެނުންނަށް ތަފާތު ލުއިތައް ދެމުންނެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *