ދިރާސާއަކުން ދައްކާ ގޮތުގައި ކުރީގެ ޖީލުތަކަށްވުރެ ބޮޑަށް މިހާރުގެ ކުދިންނަށް ބެލެނިވެރިންގެ ޕްރެޝަރު ކުރިމަތިވެއެވެ. މައިންބަފައިން މިކަންކުރަނީ އެކުދިންނަށް ހެޔޮއެދިގެން ކަމަށްވިޔަސް ގިނަފަހަރު މާބޮޑަށް ކުދިންނަށް ކަންކަމުގައި ބާރުއެޅޭނަމަ އެކުދިންނަށް އުނދަގޫވެއެވެ. އެއީ އެމީހުންގެ ނަފްސާނީ ދުޅަހެޔޮކަމަށް އުމުގެ ފަހުގެ ދުވަސްތަކުގައިވެސް އަސަރުކުރުން އެކަށީގެންވާ ކަންކަމެވެ.
ކަންކަން ކުރުމުގައި ކުއްޖާ އެންމެ ފުރިހަމަވުމަށް އަބަދުވެސް ބެލެނިވެރިންނަށް މަސައްކަތް ކުރެވޭތީ ކުއްޖާއަށް ދަސްވަނީ ފުރިހަމަވުމަށެވެ. ވީމާ ކުއްޖާގެ ކިބައިން އުފެއްދުންތެރިކަމާއި ނަތީޖާ ނެރުމާއި އާގޮތްގޮތަށް ކަންކަން ކުރަން ހުރަސް އެޅެއެވެ.
މިކަމުގެ ސަބަބުން ހުރިހާ ކުށެއް ބެލެނިވެރިންގެ މައްޗަށް ކަނޑާލެވޭކަށްވެސް ނެތެވެ. ގިނަފަހަރަށް މިއީ މިއީ މުޖުތަމަޢަށް އައިސްފައިވާ ބަދަލެއްގެ ސަބަބުން މުޖުތަމަޢުގައި ވާދަވެރިކަން އުފެދިފައިވާތީ ވާގޮތެކެވެ. މައްސަލައަކީ ފުރިހަމަ ކަންކަމަށް ލޯބިކުރާ މީހުން ގިނަ ފަހަރަށް މަތީ މިންގަނޑުތަކެއްގައި ހިފަހައްޓާނެ ކަމާއި، އެމީހުން ނާކާމިޔާބުވުމުން ގިނަ ފަހަރަށް އަމިއްލައަށް މާބޮޑަށް ފާޑުކިޔާ ކަމެވެ. މިކަމުގެ ސަބަބުން އަމިއްލަ ނަފްސަށް އިޙްތިރާމް ކުރުމަށް ގެއްލުން ލިބި، ނަފްސާނީ ސިއްޙަތުގެ އެހެން ގިނަ އުނދަގޫތަކެއް ކުރިމަތިވެދާނެއެވެ.
މައިންބަފައިން ރުއްސުމުގެ ގޮތުން ދަރިން އެމީހުންގެ ބޭނުންތައް އެއްފަރާތްކޮށް މައިންބަފައިން ކުރާ ޕްރެޝަރަށް އެއްބަސްވެއެވެ. މީގެ މާނައަކީ މައިންބަފައިން ކުދިންގެ ކިބައިން ކަމެއް އުންމީދު ކުރާއިރު، ނުވަތަ ވަކި މިންގަނޑަކަށް އުންމީދު ކުރާއިރު، ކާމިޔާބު ހޯދުމަށް އެކުދިން އަމިއްލައަށް ބާރުއަޅަން ތައްޔާރަށް ތިބޭ ކަމަށެވެ. މިއީ އެމީހުންގެ ނަފްސާނީ ދުޅަހެޔޮކަމާއި އަސަރުކުރާ ކަމެއްް ކަމުގައި ވިޔަސްމެއެވެ.
ވީމާ ކޮންމެކަމެއްވެސް ކުއްޖާލައްވާ ކުރުވާއިރު ކުއްޖާ އެކަމާއި ގުޅޭގޮތުން ދެކޭގޮތާއި ބޭނުންވާގޮތްވެސް އޮޅުންފިލުވާށެވެ. ކުއްޖާއަށް އިތުބާރުކޮށް އެކުއްޖާއަމިއްލައަށް ކަންކަން ކުރަން ފުރުސަތުވެސް ހޯދައިދޭށެވެ. ކުއްޖާގެ ކަންކަމުގައި ގޮތްފާޑުކިޔައިދޭން އަބަދު މަންމައާއި ބައްޕަ ނުހުންނާނެކަމާއި ހަޔާތުގައި ދިމާވާކަންކަމުގައި އަމިއްލައަށް ކުރިމަތިލާ މައްސަލަ ހައްލުކުރަން ދަސްކޮށްދޭށެވެ.

ކިޔުންތެރިންގެ ޚިޔާލުތައް
ފުރިހަމަ ލިޔުމެއް. މުޖިތަމައުގައި މިހާރު ކަންތައްތައް ހިނގާގޮތް