އަންހެން ޝަޚްޞިއްޔަތު – ހެރިއެޓް ޓަބްމަން

1913ގައި  އެމެރިކާގެ އަޅުވެތިކަމާއި ދެކޮޅަށް މަސައްކަތްކުރި އަދި ސޯޝަލް އެކްޓިވިސްޓް ހެރިއެޓް ޓަބްމަން އުފަންވީ 10 މާރޗް 1922 ގައެވެ. އަޅުވެތިކަމުގެ ތެރެއަށް އުފަންވި ޓަބްމަން ފިލައިގެން ގޮސް، އޭގެ ފަހުން އާއިލާއާއި ރައްޓެހިން ހިމެނޭ ގޮތަށް ގާތްގަނޑަކަށް 70 މީހުންނާއެކު އަޅުވެތިވެތި ކަމުން އެމީހުން ސަލާމަތް ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރިއެވެ.  އެމެރިކާގެ ދާޚިލީ ހަނގުރާމައިގެ ދުވަސްވަރު ޔޫނިއަން ސިފައިންގެ ހަތިޔާރު އެޅި ސްކައުޓަކާއި އަދި ޖާސޫސެއްގެ ގޮތުގައިވެސް މަސައްކަތް ކުރެއްވި އެވެ. ފަހުގެ އަހަރުތަކުގައި ޓަބްމަން އަކީ އަންހެނުންނަށް ވޯޓުލުމުގެ ހައްގު ހޯދައިދިނުމުގެ ހަރަކާތުގައި ހަރަކާތްތެރިވި އެކްޓިވިސްޓެކެވެ.

1849 ވަނަ އަހަރު ޓަބްމަން ފިލަޑެލްފިއާއަށް ފިލައިގެން ދިޔައިރު، އޭގެ މާގިނަ ދުވަހެއް ނުވެ އޭނާގެ އާއިލާ ސަލާމަތް ކުރުމަށް އެނބުރި މެރީލޭންޑަށް ދިޔައެވެ. މަޑުމަޑުން ފަހަރަކު ގްރޫޕަކުން ގާތްތިމާގެ މީހުން އޭރުގެ އެމެރިކާގެ ސަރުކާރުގެ ނުފޫޒު ނުފޯރާ ހިސާބަށް ގެނެސް އަޅުވެތިވެފައިވާ މީހުންނަށް މިނިވަންކަމަށް މަގުދައްކައިދިނެވެ. ސިއްރިއްޔާތުގައި ރޭގަނޑު އަނދިރިކަމުގައި ދަތުރުކުރަމުން އުތުރު އެމެރިކާ ނުވަތަ ކެނެޑާއަށް ގެންދިއުމަށް އެހީތެރިވެދިނެވެ. އަދި އަލަށް މިނިވަންވި އަޅުވެތިންނަށް މަސައްކަތް ހޯދުމަށް އެހީތެރިވެދިނެވެ.

ޓަބްމަންއަކީ އެމެރިކާގައި އަޅުވެތިވެފައިވާ މައިންބަފައިންނަށް ލިބުނު އަޅު ކުއްޖެކެވެ. އޭނާގެ ބައްޕަގެ ވެރިފަރާތަކީ މެރީ ޕެޓިސަން ބްރޮޑެސް އަދި ފަހުން އޭނާގެ ދަރިފުޅު އެޑްވާޑް އެވެ. އެމެރިކާގައި އެދުވަސްވަރު އުޅުނު ގިނަ އަޅުންނެކޭ އެއްފަދައިން، އޭނާގެ މަންމައަކީ  ބްރޮޑެސް އާއިލާގެ ކައްކާއެކެވެ. ބައްޕައަކީ  ލަކުޑި މަސައްކަތްތައް ބެލެހެއްޓި ހުނަރުވެރި ވަޑާންކުރާމީހެކެވެ. އެދެމީހުންނަށް އެކުގައި ނުވަ ދަރިން ލިބިނުއިރު ޓަބްމަންއަކީ އެކަކެވެ.

އަޅުވެތިކަމުން އެއާއިލާ އޮތްނުރައްކަލުގެ ބިރު އޮތުމުން ބަޓްމަންގެ ބައްޕައަށް އޭނާގެ އާއިލާ އެއްކޮށް ބެލެހެއްޓުމަށް އުނދަގޫވި އެވެ. އެޑްވާޑް ބްރޮޑެސް އޭނާގެ ތިން އަންހެން ދަރިން ކަމަށްވާ ލީނާ، މަރިއާ ރިޓީ، އަދި ސޯފް ވިއްކާލުމަށްފަހު، އެ އަންހެން ދަރިން އަބަދަށްޓަކައި އެ އާއިލާއާ ވަކިކޮށްލިއެވެ. އޭނާވެސް އާއިލާއާއި ވަކިވާންޖެހި ސިއްޙީ މައްސަލަކާއި ކުރިމަތިވިއެވެ. ފަހުން އާއިލާއާއިއެކު ކުޑައިރު އަޅުވެތިކަމުގެ އަނިޔާތަކާއި ސިއްޙީ މައްސަލަތަކާއިވެސް އޭނާ ކުރިމަތިވެވިއެވެ.

ޓަބްމަން އުމުރުން ދުވަސްވެ ވަރުގަދަވަމުން ދިޔަވަރަކަށް ދަނޑުވެރިކަން ކުރުމާއި، ލަކުޑި އުފުލުން ކަހަލަ މަސައްކަތް ވެސް ކުރަންޖެހުނެވެ. ޓަބްމަން ކުޑައިރު އޭނާއަށް ޖިސްމާނީ އަނިޔާކޮށް އަދި އެކިއެކި ސާހިބުން އޭނާގައިގައި ތަޅައި ވަޅިން ހަމަލާދީފައިވެއެވެ. އެމެރިކާގެ ދާޚިލީ ހަނގުރާމަ ފެށުނުއިރު ޓަބްމަން މަސައްކަތް ކުރެއްވީ ޔޫނިއަން ސިފައިންގެތެރޭގައި ފުރަތަމަ ކައްކާއަކާއި ނަރުހެއްގެ ގޮތުގައިއެވެ. ދެން ހަތިޔާރު އެޅި ސްކައުޓަކާއި ޖާސޫސެއްގެ ގޮތުގަ އެވެ. އޭނާއަކީ ހަނގުރާމައިގައި ހަތިޔާރު އެޅި ޖަމާއަތެއް  ލީޑްކުރި ފުރަތަމަ އަންހެން މީހާއެވެ. އަޅުވެތިވެފައިވާ 700 އަށް ވުރެ ގިނަ މީހުން އޭނާ މިނިވަންކުރިއެވެ. ހަނގުރާމައަށްފަހު، މުސްކުޅިވެފައިވާ މައިންބަފައިންނަށް ހެޔޮކޮށް ހިތާ އެމީހުންނަށް އަޅާލިއެވެ. ބަލިވަންދެން އަންހެނުންގެ ވޯޓުލުމުގެ ހަރަކާތުގައި ހަރަކާތްތެރިވެވަޑައިގެންނެވިއެވެ. ޓަބްމަން ވަނީ ޕޯޓް ރޯޔަލްގައި ނަރުހެއްގެ ގޮތުގައި މަސައްކަތްކޮށް، ގަސްގަހާގެހިން ފަރުވާ ތައްޔާރުކޮށް، އަނިޔާ ލިބިފައިވާ ސިފައިންނަށް އެހީތެރިވެދީފަ އެވެ. އޭނާވަނީ އަންހެނުން ވޯޓުލުމުގެ ހައްްގު ހޯދާދިނުމަށް ތަފާތު ގޮންޖެހުން ތަކާއިއެކު ބުރަ މަސައްކަތެއް ކޮށްފައެވެ.

އޭނާގެ އުމުރުގެ ކުރީކޮޅު އޭނާގެ ބޮލަށް ވަރަށްބޮޑު  ޒަޚަމެއް ލިބުނެވެ. އެއީ އޭރު އެމެރިކާގައި އަޅުންގެ ގޮތުގައި މަސައްކަތްކުރާ އެހެން މީހެއްގެ ގައިގައި ޖެހުމުގެ ނިޔަތުގައި އެއްލާލި ދަނގަޑުބުރިއަކުން އޭނާގެ ގައިގައި ޖެހިގެންނެވެ. އެ އަނިޔާގެ ސަބަބުން ބޯއެނބުރުމާއިއެކު ތަފާތު ސިއްޙީ މައްސަލަތައް މުޅި އުމުރުގައި ވެސް ކުރިމަތިވި އެވެ. އޭނާގެ ބޮލަށް ލިބުނު އަނިޔާއަށްފަހު ޓަބްމަންއަށް އާދަޔާ ޚިލާފު ތަޞައްވުރުތަކާއި ދިރުމެއް ހުރި ހުވަފެންތަކެއް ފެންނަން ފެށިއެވެ. އެއީ އަޅުވެތިކަމުން ސަލާމަތްވުމަށް އޭނާ މަސައްކަތްކުރަން ފެށުނުގޮތެވެ.

ޓަބްމަންގެ އަޅުން މިނިވަން ކުރުމަށް ކުރި ނުރައްކާތެރި މަސައްކަތަކީ ވަރަށް ބޮޑު ފިލާވަޅެކެވެ. އަދި އެއީ ހުޝިޔާރު މަސައްކަތެކެވެ. އޭނާ އާންމުކޮށް މަސައްކަތް ކުރަނީ ފިނިމޫސުމުގެ މަސްތަކުގައެވެ. އެއީ  އޭނާ ގޮވައިގެންދާ ގްރޫޕް މީހަކަށް ފެނުމުގެ ފުރުސަތު އެންމެ ކުޑަކުރުމަށްޓަކައެވެ. ޓަބްމަންއަށް ލޯބިކުރާ ފިލައިގެން ފޮރުވަމުން ގެންދާ އަޅުންނާ ގުޅުން ބަދަހިކުރުމަށް ހޮނިހިރު ދުވަހުގެ ހަވީރު އެމީހުން ރަށުން ނިކުމެއެވެ. އެއީ ހޯމަ ދުވަހުގެ ހެނދުނުގެ ނިޔަލަށް ނޫސްތަކުން ފިލައިގެން އުޅޭ ނޫސްވެރިން އޭނާގެ މަސައްކަތް ނޭނގޭނެ ގޮތް ހެދުމަށެވެ.

އަޅުވެތިކަމުގެ ބިމަށް ކުރާ ދަތުރުތަކުން އޭނާއަށް ވަރަށް ބޮޑު ނުރައްކަލެއް ކުރިމަތިވެ، ފާހަގަ ނުކުރެވޭނެ ގޮތަށް ތަފާތު ގޮތްގޮތަށް ކަންތައް ކުރިއެވެ. މޫނު ފޮރުވައިގެން ދިރިހުރި ދެ ކުކުޅު ހިފައިގެން ކުކުޅުގެންގުޅޭ މީހެއްގެ ސިފައިގާވެސް އުޅުނެވެ. އޭނާގެންގުޅުނު ބަޑިއަކުން އަބަދުވެސް އަޅުން ހިފާ މީހުންނާއި ގްރޫޕްގެ ސަލާމަތަށް ނުރައްކާވާނެތީ، އެ ދަތުރުގައި ފަހަތަށް ޖެހެން މަސައްކަތް ކުރާ ކޮންމެ އަޅަކަށް ބަޑިޖަހާނެ ކަމުގެ އިންޒާރު ދީ ހެދިއެވެ.

ޓަބްމަން އަތުލައިގަތުމަށް ގާތްގަނޑަކަށް 40،000 އެމެރިކާ ޑޮލަރު (2021 ވަނަ އަހަރު 1،206،370 ޑޮލަރާ އެއްވަރު) ގެ އިނާމެއް ލިބޭނެ ކަމަށް އިއުލާން ކުރެވުނެވެ. އަޅުވެތިކަމުގެ ނުބައި ޒަމާނެއްގައި އޭނާ ކުރި މަސައްކަތަކީ ފާހަގަ ކުރެވޭ މަސައްކަތެކެވެ. އެއީ ވަރަށް ހިތްވަރުގަދަ މީހަކަށް ނޫނީ ނުކުރެވޭނެ މަސައްކަތްތަކެކެވެ.

ގިނަ ބަޔަކު ދަންނަ އަދި އިޙްތިރާމް ލިބިވަޑައިގެންނެވި ޓަބްމަން ވެގެން ދިޔައީ އޭނާ މަރުވިތާ ފަހު އަހަރުތަކުގައި އެމެރިކާގެ މީހުންގެ މެދުގައި މަގުބޫލު މީހަކަށެވެ. ހަމަހަމަކަމާއި މަދަނީ ހައްގުތަކަށްޓަކައި ހަނގުރާމަކުރާ އެފްރިކަން އެމެރިކާގެ ޖީލުތަކަށް އެކަމަނާ ނަމޫނާ ދެއްކިއެވެ. ސިޔާސީ ދާއިރާގެ އެކި ކަންކޮޅުތަކުގައި ތިބި ލީޑަރުން އެކަމަނާއަށް ތައުރީފު ކުރެއްވިއެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *