އިސްލާމީ އަންހެން ޝަޚްޞިއްޔަތު – ޕަރީ ޚާން ޚާނޫމް

ޕަރީ ޚާން ޚާނޫމް އުފަންވެވަޑައިގަތީ 1548–12 ފެބްރުއަރީ ގައެވެ. އެކަމަނާއަކީ ސަފާވީ ރަސްގެފާނު، (ޝާޙް) ތަޙްމަސްޕް (1524 – 1576) ގެ ދަރިކަނބަލުންނެވެ. ސަފާވީ ދައުލަތުގެ ނުފޫޒުގަދަ ބޭފުޅެއް ކަމުގައިވާ ޕަރީ ޚާން ޚާނުމް އަކީ ފިޤުހު ފަދަ ސަގާފީ އިސްލާމީ ޢިލްމުތަކުގެ ތެރެއިން ރަނގަޅަށް ތަޢުލީމު ޙާޞިލުކުރެއްވި ޢިލްމުވެރި އަދި ކުޅަދާނަ ޅެންވެރިއެކެވެ.

އެކަމަނާގެ ބޭބެ އިސްމާޢީލް ދެވަނަ (1576–1577) ސަފާވީ ތަޚުތަށް ވަޑައިގަތުން ކަށަވަރުކޮށްދެއްވުމުގައި އެކަމަނާ ވަރަށް މުހިއްމު ދައުރެއް އަދާކުރެއްވިއެވެ. އިސްމާޢީލްގެ ކުރު ވެރިކަމުގައި އެކަމަނާގެ ނުފޫޒު ކުޑަވި ނަމަވެސް، އޭގެ ފަހުން އިސްމާޢީލްގެ ވަލީއަހުދު މުހައްމަދު ޚުދާބަންޑާ (1578–1587) ގެ ވެރިކަމުގައި އެކަމަނާގެ ނުފޫޒު ގަދަވެ ކުރު މުއްދަތަކަށް ސަފާވީ ދައުލަތުގެ ހަގީގީ ހިންގުންތެރިއަކަށްވެސް ވެވަޑައިގެންނެވި އެވެ.

ސަވާދީގެ ޕްރިންސް ބަހްރަމް 1557 ވަނަ އަހަރު ސިސްތާންގެ ގަވަރުނަރަކަށް އައްޔަން ކުރައްވައި، ޕަރީ ޚާން ޚާނޫމްގެ އުމުރުން 10 އަހަރުގައި ބަހްރަމްގެ ކައިވެންޏަށް ހުށަހެޅުއްވުމުން، އެކަން އެކަމަނާ ޤަބޫލުކުރެއްވިއެވެ. ނަމަވެސް އެކަމަނާއަކީ ރަސްގެފާނު އެންމެ ގަޔާވާ އަންހެން ދަރިއަކަށް ވުމުން، ސިސްތާނަށް ވަޑައިގަތުމަކީ އެކަމަނާއަށް މަނާ ކަމެކެވެ.

ސަފާވީ ދައުލަތުގެ ކަންކަމުގައި ޕަރީ ޚާން ޚާނޫމް ބައިވެރިވެވަޑައިގަންނަވަން ފެއްޓެވީ ތަހުމަސްޕުގެ ވެރިކަމުގެ އެންމެ ފަހު އަހަރުތަކުގައެވެ. ބިއުރޯކްރެޓިކް ދިރިއުޅުމާ މެދު ހިތްހަމަ ޖެހިވަޑައިނުގެން، ފަހުން ވެރިކަމަށް ވަޑައިގަތުމަށް ބާރުލިބޭފަދަ ގާނޫނީ ހައިސިއްޔަތު ބައްޕާފުޅު ދެއްވި އެވެ. ބައްޕާފުޅުގެ ވެރިކަމުގެ އެންމެ ފަހު އަހަރުތަކުގައި އީރާނުގައި ވާޗުއަލްކޮށް ވެރިކަން ކުރެއްވި އަދި ބޭބެ އިސްމާއީލް މިރްޒާ ވެރިކަމަށް ގެންނެވުމުގައި މުހިންމު ދައުރެއް އަދާކުރެއްވީ ޕަރީ ޚާން ޚާނުމް ​​އެވެ.

18 އޮކްޓޯބަރ 1574 ގައި ތަހުމަސްޕް އާލާސްކަންފުޅަކާއި ކުރިމަތިވެވަޑައިގަތީ ވެރިކަން ވާރުތަވާނެ ފަރާތެއް ނުނިންމަވަނީހެވެ. ރަސްގެފާނު އާލާސްކަންފުޅާ އުޅުއްވާ  ދުވަސްވަރު ޕަރީ ޚާން ޚާނޫމް ބައްޕާފުޅުގެ މަސައްކަތްތައް ބަލަހައްޓަވާ އެކިއެކި ކަންކަމުގައި އެހީތެރިވެވަޑައިގަތެވެ.

ރަސްގެފާނު އަވަހާރަވުމުން ޤިޒިލްބާޝްގެ މައި ވެރިންވަނީ ދެން ވެރިއަކަށް ވާންވީ ކޮންބައެއްތޯ މަޝްވަރާކޮށް ސަފާވީ އާއިލާއާ ގުޅުންހުރި ތަހުމާސްޕްގެ ދަރިކަލުން ހައިދަރު މިރްޒާ ސަފާވީއަށް ވެރިކަން ދިނުމަށް އެއްބަސްވެފައެވެ. ހައިދަރު މިރްޒާގެ މަންމައަކީ ޖޯޖިއާގެ މީހަކަށް ވާތީ ޖޯޖިއާ މީހުން ވެސް އޭނާއަށް ތާއީދުކުރި އެވެ.

ރުމްލޫ، އަފްޝާރު، އަދި ޤަޖަރު ދަރިކޮޅުގެ މީހުން އިސްމާޢީލް މިރްޒާ ސަފާވީ، ޤަޙްޤާޙް ގަނޑުވަރުގައި ޖަލުގައި ބަންދުކޮށްފައި ހުރި ހައިދަރުގެ ދޮށީ ބޭބެ އިސްމާޢީލް މިރްޒާ ސަފާވީއަށް ތާއީދުކުރިއެވެ. ޕަރީ ޚާން ޚާނޫމް ވެސް އިސްމާޢީލް މިރްޒާއަށް ތާއީދު ކުރެއްވިއިރު، އެކަމަނާއަށް ސަރކަސިއަނުންގެ ތާއީދު ލިބިވަޑައިގެންނެވިއެވެ. ތަހުމަސްޕް އަވަހާރަނުވާއިރު ހައިދަރު މިރްޒާއަށް ތާއީދުކުރާ މީހުން ޚަލީފާ އަންސާރު ޤަރަދުޣލޫއަށް މެސެޖެއް ފޮނުވައި އިސްމާޢީލް މިރްޒާ އަވަހާރަކޮށްލުމަށް އެދުނެވެ. ނަމަވެސް ޕަރީ ޚާން ޚާނުމް ​​ވަނީ އެ ޕްލޮޓް ފަޅާއަރުވާލައި އެވާހަކަ ރަސްގެފާނު ތަހުމަސްޕަށް ކިޔައިދެއްވާފައެވެ.

ހައިދަރު މިރްޒާ އަކީ ތަހުމަސްޕު އަވަހާރަވިއިރު އަރިހުގައި ހުންނެވި ހަމައެކަނި ދަރިފުޅެވެ. ޖެހިގެން އައި ދުވަހު އޭނާ އާ ޝާހު ނުވަތަ ރަސްގެފާނުގެ ގޮތުގައި އިއުލާން ކުރިއެވެ.

ހައިދަރު މިރްޒާއަށް އޭނާގެ އަމިއްލަ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ޕަރީ ޚާން ޚާނުމް ​​ހައްޔަރުކުރިއެވެ. އެކަމަނާ ޙައިދަރު މިރްޒާއަށް އާދޭސް ކުރެއްވީ، އެކަމަނާގެ ވަފާތެރިކަން ޤަބޫލުކުރެއްވުމަށެވެ. އަދި ވަރަށް އާދޭސްކުރެއްވިއެވެ. އެންމެ ފުރަތަމަ ހައިދަރު މިރްޒާވެރިކަމަށް ގެނައުމަށް އިޢުތިރާފުވި ބޭފުޅާ ކަމަށް އެކަމަނާ އިޢުލާންކުރެއްވިއެވެ.

ހައިދަރު މިރްޒާ އޭނާގެ އެދުން ޤަބޫލުކޮށް، ގަނޑުވަރުން ނުކުތުމުގެ ހުއްދަ ދެއްވި ނަމަވެސް، ފަހުން އެކަމަނާ ޚިޔާނާތްތެރިވެ، ގަނޑުވަރުގެ ގޭޓުގެ ތަޅުދަނޑި ޝަމްޚަލް ސުލްޠާނަށް ދެއްވިއެވެ. ހައިދަރު މިރްޒާގެ ސަޕޯޓަރުން އޭނާ ސަލާމަތް ކުރުމަށްޓަކައި އޭނާގެ ގަނޑުވަރަށް އަވަސްވެގަތް ނަމަވެސް، ހައިދަރު މިރްޒާއަށް ގަނޑުވަރުގެ ގާޑުން ގޭޓްތައް ބަންދުކުރިއެވެ.

އިސްމާޢީލް މިރްޒާގެ ސަޕޯޓަރުން ގަނޑުވަރަށް ވަދެގެންގޮސް އޭގެ އެންމެ އެތެރޭ ބަޔަށް ދިޔައެވެ. އިސްމާޢީލް މިރްޒާގެ ސަޕޯޓަރުން ޝާހީ ޙަރަމްގައި އަންހެނެއްގެ ހެދުން އަޅައިގެން ހުރި ހައިދަރު މިރްޒާ ހޯދައި އޭނާގެ ބޯ ކަނޑާލިއެވެ. އެއަށްފަހު އޭނާގެ ބޯ ހައިދަރު މިރްޒާގެ ސަޕޯޓަރުންނަށް ތިރިއަށް އެއްލާލިއެވެ. މިހެން ވުމުން އިސްމާޢީލް މިރްޒާއަށް އިސްމާޢީލް ދެވަނަގެ ގޮތުގައި ތަޚުތަށް އެރުމުގެ ފުރުސަތުލިބިވަޑައިގަތެވެ. މި ހުރިހާކަމެއްގެ ފަހަތުގައި ޕަރީ ޚާން ޚާނުމް ހުންނެވިއެވެ.

ހައިދަރު މިރްޒާ އާއި އިސްމާޢީލް މިރްޒާގެ މެދުގައި ހިނގި ދަރިކޮޅުގެ ހަނގުރާމައިގެ ދުވަސްވަރު، ޕަރީ ޚާން ޚާނޫމް ވެގެން ދިޔައީ ދައުލަތުގެ ވެރިއަކަށެވެ. ޤަޒްވީންގެ މައި މިސްކިތަށް އެއްވުމަށް އެ ޤައުމުގެ ހުރިހާ ރަސްރަސްކަލުންނާއި މަތީ ދަރަޖައިގެ މެންބަރުން އެއްވުމަށް އަމުރު ކުރެއްވީ އެކަމަނާއެވެ. މެއި 1576 ގައި ޢިއްޒަތްތެރި ދީނީ އިލްމުވެރިޔާ މީރު މަޚްދުމް ޝަރީފީ ޝިރާޒީ އިސްމާޢީލް މިރްޒާގެ ނަމުގައި ޚުތުބާ ކިޔައި، ސަފާވީ ދަރިކޮޅުގެ އާ ޝާހެއްގެ ގޮތުގައި އެކަމަނާ ކަށަވަރުކޮށްދެއްވިއެވެ.

ކިޒިލްބާޝް ދަރިކޮޅުތަކުގެ ވެރިން ކޮންމެ ދުވަހަކުވެސް ޕަރީ ޚާން ޚާނޫމްގެ ގަނޑުވަރަށް ޒިޔާރަތްކޮށް ހަދައެވެ. މާލީ ގޮތުން ވިޔަސް ނުވަތަ އެދުވަސްވަރުގެ ސިޔާސީ ކަންކަމާ ގުޅުން ހުރި ކަމެއް ވިޔަސް އެކަމަނާގެ އަމުރަށް ނުކިޔަމަންތެރިވާން މީހުންނަކަށް ނުކެރެއެވެ.

ޝާހުގެ ލަގަބު އިސްމާއިލް މިރްޒާއަށް ލިބިވަޑައިގެންނެވި ނަމަވެސް، ކިޒިލްބާޝްގެ ގިނަ އޮފިސަރުންނާއި ދައުލަތުގެ މަތީ މަގާމުތަކުގައި ތިއްބެވި ބޭފުޅުން ޕަރީ ޚާން ޚާނުމްގެ ގަނޑުވަރަށް ޒިޔާރަތް ކުރައްވަމުން ގެންދެވި އެވެ.

ވީމާ އިސްމާއިލް މިރްޒާ އިއުލާން ކުރެއްވީ ކިޒިލްބާޝްގެ ވެރިންނާއި އޮފިސަރުންނާއި މަތީ މަގާމުތަކުގައި ތިއްބެވި ބޭފުޅުން ޕަރީ ޚާން ޚާނުމްގެ ގަނޑުވަރަށް ވަނުން މަނާކަމަށެވެ. އޭރު އޭނާ ވަނީ އެކަމަނާގެ ވޯޑުންނާއި އެކަމަނާގެ ކޯޓުގެ މުވައްޒަފުންގެ ވާޖިބުތައް އުވާލައި، އެކަމަނާއަށް ނިސްބަތްވާ ގިނަ އަދަދެއްގެ މުދަލެއް އަތުލައިގެންފަ އެވެ.

ސަފާވީ ދަރިކޮޅުގެ ޝާހަކަށް ހެދުމަށްޓަކައި އެހާ ބުރަކޮށް ހަނގުރާމަކުރެއްވި ޕަރީ ޚާން ޚާނޫމްއާ މެދު އިސްމާޢީލް ދެވަނަ ޝުކުރުވެރި ނުވުމުން، އޭނާއާމެދު ޢަދާވާތްތެރިކަން އުފެދި ސީދާ ބަދަލު ހިފުމަށް ބާރުއެޅިގެން ދިޔައެވެ. 25 ނޮވެމްބަރ 1577 ގައި އިސްމާޢީލް ދެވަނަ ސިއްޙަތު ގޯސްވުމުގެ އެއްވެސް އަލާމާތެއް ނެތި ކުއްލިއަކަށް އަވަހާރަވިއެވެ. ޗެކްކުރި ކޯޓުގެ ޑޮކްޓަރުން ލަފާކޮށްފައި ވަނީ އިސްމާޢީލް ދެވަނަ އަވަހާރަވެފައިވަނީ ވިހަވެގެން ކަމަށެވެ. އާންމު އެއްބަސްވުމަކީ ޕަރީ ޚާން ޚާނޫމް އޭނާއާ މެދު ގެންގުޅުނު ނުބައި ސުލޫކުގެ ބަދަލު ހިފުމުގެ ގޮތުން ހަރަމް ގެތެރޭގައިވާ ބައެއްގެ އެހީތެރިކަމާއެކު އޭނާ ވިހަ ދިނުމަށް އަޒުމް ކަނޑައަޅާފައިވާ ކަމެވެ.

އިސްމާޢީލް ދެވަނަ މަގުން ބޭރުވުމާއެކު، ޕަރީ ޚާން ޚާނުމްގެ ބާރާއި ކޮންޓްރޯލް އަލުން ހޯއްދެވިއެވެ. ދައުލަތުގެ ގްރޭންޑީންނާއި، ގިންތީގެ ވެރިންނާއި، އޮފިސަރުންނާއި، އޮފިޝަލުން އެކަމަނާގެ ނައިބުން ދެއްވި އަމުރުތައް ތަންފީޒުކޮށް، އެކަމަނާގެ ބަސްފުޅާ އެއްގޮތަށް ޚިދުމަތް ކުރެއްވިއެވެ.

ދެން ވެރިކަމަށް އިސްކުރެވުނު މުހައްމަދު ޚޯދަބަންޑާ އައްޔަން ކުރެއްވުމަށް ތާއީދު ކުރައްވައި ރުހުން ދެއްވީ ޕަރީ ޚާން ޚާނޫމް އަކީ މުސްކުޅި އުމުރުގައި ގާތްގަނޑަކަށް ލޯފަން މީހެއް ކަމުންނެވެ. މުޙައްމަދު ޚޯދަބަންދާއަށް ޝާހުގެ ތާޖު އަޅުއްވިއިރު، ސަފާވީ އާރިސްޓޮކްރެސީއާއި އޮފިސަރުންނާއި އަތޮޅު ގަވަރުނަރުން ބޭނުންވީ އޭނާއަށް ތަހުނިޔާގެ ޒިޔާރަތެއް ދިނުމަށްޓަކައި ޕަރީ ޚާން ޚާނޫމްގެ ރުހުން ހޯދުމަށެވެ.

އެކަމަނާގެ ނުފޫޒާއި ބާރަކީ ޤިޒިލްބާޝް އަށް ނުރައްކާތެރި ކަމަކަށް ވުމުން 12 ފެބްރުއަރީ 1578 ގައި ޤަޒްވީންގައި އެކަމަނާ އަވަހާރަކޮށްލެވުނެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *