ފަރުބަދަތަކާއި ސަހަރާތަކުގައި ދަތުރުކުރަމުން ދިޔަ ދަތުރުވެރިއެކެވެ. އެއްފަހަރަކު ފަރުބަދަމަތީން ހިނގަމުން ދަނިކޮށް ލޯފަންވެފައިވާ މީހަކު ވިއެވެ. އެއީ މުޅި ހަށިގަނޑުގައި އެކި ބަލިތައް ޖެހިފައިވާ އަސަރުތައް ފެންނަ މުސްކުޅިއެކެވެ. އެއީ އެއްވެސް ބޭނުމެއްނެތް ބޭކާރު މީހެއްހެން ހީވެއެވެ. އަދި ވާވެފައިވުމުގެ ސަބަބުން އޭނާއަށް އިށީނދެގެން އިންނަން މަޖުބޫރު ވެފައިވިއެވެ. ދަތުރުވެރިޔާއަށް މި މުސްކުޅި މީހާ ފެނުމުން އޭނާގެ ހާލަތު ރަނގަޅުކަމުން ﷲ މަތިން ހަނދުމަވިއެވެ.
"އެންމެހާ ޙަމްދެއް ހުރީ ﷲ ސުބުހާނަހޫ ވަތަޢާލާއަށް. އެކަލާނގެ ޚަލްޤުކުރެއްވި ގިނަ ބަޔަކު އިމްތިޙާނު ކުރެއްވި ބަލިތަކުން އަހަރެން ސަލާމަތް ކުރެއްވީ الله" ދަތުރުވެރިޔާއަށް ބުނެވުނެވެ.
" ބޭބެ!" ދަތުރުވެރިޔާ ގޮވާލިއެވެ.
" އަޅުގަނޑަށް ހީވަނީ الله ގެ ޙަޟްރަތުން ބޭބެއަށް ކޮންމެވެސް ބާވަތެއްގެ ބައްޔަކުން ތަޙައްމަލު ކުރަންޖެހިފައިވާހެން." ދަތުރުވެރިޔާ ބުންޏެވެ.
"އަހަރެންނާއި ދުރަށް ދޭ." މުސްކުޅިޔާ ބޯ އުފުލާލަމުން ބުނެލިއެވެ.
"އަހަންނަށް އަދިވެސް އެކަލާނގެ އެއްކައުވަންތަކަން ކިޔާދެވޭ. އަދި ކޮންމެ ހިނދުކޮޅަކުން އެކަލާނގެ މަތިން ހަނދާންކޮށްލެވޭނެ ދުލެއް އަހަރެންގެ އަނގައިގާވޭ. އަދިވެސް އެކަލާނގެ ދެނެގަނެވޭނެ ހިތެއް އަހަރެންގެ އަތުގައި އެބަވޭ." މުސްކުޅިޔާ އަނެއްކާވެސް ބުންޏެވެ.
މުސްކުޅި މީހާގެ މި ބަސްތަކުން ދަތުރުވެރިޔާގެ ހިތުގެ އެންމެ ފުނަށް އަސަރުކުރުވިއެވެ. ދެން އޭނާގެ ފާފަތަކަށް ﷲ ގެ ޙަޟްރަތުގައި ތައުބާވެ، އެކަލާނގެ ޙަޟްރަތުން ފާފަފުއްސެވުމަށް އެދި ދެންނެވިއެވެ.
އަބަދުވެސް ހަނދާން ކުރަންވީ ތިމާއަށްވުރެ ގިނަ މައްސަލަތަކުގައި އެހެން މީހުން އުޅެމުން ދާކަމެވެ.
