ބޭނުންވާ ތަކެތި:
1.5 ލީޓަރު ފެން
½ މޭޒުމަތީ ސަމުސާ ލޮނު
2 ޖޯޑު ސްޕެގެޓީ (މަޑުކޮށްފައި)
4 ލޮނުމެދު (ތުނިކޮށް ކޮށާފައި)
2 ހިކި މިރުސް (ބުރިކޮށްފައި)
4 ސޮސެޖް (ކޮށާފައި)
½ 1 މޭޒުމަތީ ސަމުސާ ބަޓަރު
½ ސައިސަމުސާ ޑްރައިޑް އޮރެގަނޯ
1/3 ޖޯޑު ކުދިކޮށް ކޮށާފައިހުރި ޗީޒް
ހަދާނެ ގޮތް:
ބޮޑު ތެއްޔެއް އުދުން މައްޗަށް އުދައި ރަނގަޅަށް ހޫނުކޮށްފައި ކުޑަ ތެޔޮކޮޅެއް އަޅާ އޭގެ ތެރެއަށް ސޮސެޖްކޮޅު އަޅާ، ސޮސެޖްކޮޅު ތެލުލާލާށެވެ. ރަނގަޅަށް ތެލުލެވުމުން ތެލީގެ ތެރެއަށް ބަޓަރާއި، ލޮނުމެދާއި، އޮރެގަނޯ އަދި ހިކިމިރުސްކޮޅު އަޅައި ސޮސެޖުތަކާއި އެއްކޮށްލާށެވެ. ބަޓަރުކޮޅު ވިރި ލޮނުމެދުކޮޅު މަޑުވަންދެން ކައްކާލާށެވެ.
ސްޕެގެޓީއަޅާ މަޑު ގިނީގައި ބަހައްޓައިގެން އެއްކުރަމުން ކައްކަމުން ގެންދާށެވެ. ދެތިން މިނިޓެއްގެ ތެރޭގައި އެތަކެތި އޮމާން ސޯސްއަކަށް ބަދަލުވާނެއެވެ. ބޭނުންވަރަކަށް ފެންއަޅާ ސޯސްގަނޑު ހެދިދާނެއެވެ. ބޭނުމިއްޔާ އިތުރަށް ފެންއަޅާ ދިޔާކުރެވިދާނެއެވެ. ކައްކާ ނިމުމުން ހޫނުކަން ނުކެނޑެނީސް ކާލާށެވެ.
