ބޭނުންވާ ތަކެތި:
6 މުރަނގަ ތޮޅި (ބުރިބުރިކޮށްފައި)
2 ގަނޑު ވަޅޯމަސް (ކޮށާފައި)
3 ޖޯޑު ފެން
1/3 ޖޯޑު ބޯކިރު
1 ޖޯޑު ފެން ކިރު
1 ބޮޑު ފިޔާ (ތުނިކޮށް ކޮށާފައި)
2 ލޮނުމެދު (ތުނިކޮށް ކޮށާފައި)
½ އިންޗީގެ އިނގުރު (ގާނާފައި)
15 ހިކަނދިފަތް
½ ގިތެޔޮ މިރުސް (ނޫނީ ބޭނުން ވަރަކަށް)
6 އިންޗީގެ ރާނބާފަތް
3 ބިލަމަގު
ރީނދޫ ކޮޅެއް
ލޮނު ކޮޅެއް
ތައްޔާރުކުރާނެ ގޮތް:
މުރަނގަތޮޅިކޮޅާއި ފެނާއި ލޮނު ތެއްޔަކަށް އަޅާށެވެ. މެދުމިނެއްގައި ގިނި ބަހައްޓައިގެން މުރަނގަތޮޅިކޮޅު މަޑުވަންދެން ކައްކާށެވެ. މަޑުކޮށްފައިވާ މުރަނގަތޮޅިތައް ކައްކަން ބޭނުންވާ ތެއްޔަށް އަޅާށެވެ. ދެން އޭގެތެރެއަށް މި ރެސިޕީއަށް ބޭނުންވާ ހުރިހާ އެއްޗެއް އަޅާ ރަނގަޅަށް އެއްކޮށްލާފައި ތެލީގެ މަތި ޖަހާށެވެ. ދެން ފިޔާ ކޮޅު މަޑުވަންދެން މަޑު ގިނީގައި ކައްކާށެވެ. ދެން ތެއްޔަށް ބޯކިރު އަޅާފައި ރަނގަޅަށް އެއްކޮށްލާށެވެ. ބިލަމަގުގެ އަޅާނީ އެންމެ ފަހުންނެވެ. ދެން ރަހަ ބަލާލާފައި ބޭނުން ގޮތަކަށް ރަހަ ހެޔޮވަރު ކޮށްލާށެވެ.
