އަލްމަންޑް ތެލުން އިސްތަށިގަނޑަށް ފައިދާކުރޭ

އިސްތަށިގަނޑަށް ފަރުވާ ދިނުމުގައި އަލްމަންޑް ތެލަކީ ފާހަގަ ކުރެވޭ އެއްޗެއް ކަމުގައި ވެފައި އޮންނަތާ ދުވަސްގަނޑެއް ވެއްޖެއެވެ. މިއީ އިސްތަށިގަނޑު މާބޮޑަށް ތެޔޮ ނުވެ ކާނާ ލިބި، މޮއިސްޗަރައިޒް ކުރާ އެއްޗެކެވެ. އަދި މިއީ އޮމެގާ ފެޓީ އެސިޑްސް އާއި ވިޓަމިން އީ ގެ އިތުރުން އަދި މިނަރަލްސް އިން މުއްސަނދިވެފައިވާ އެއްޗެކެވެ.

އިސްތަށިގަނޑުގެ ވިދުވަރު ގެއްލިފައިވާނަމަ، އަލްމަންޑް ތެލުން އިސްތަށިގަނޑަށް އޮފުކަމެއް ގެނެސްދެއެވެ. އަދި އިސްތަށިގަނޑު މޮއިސްޗަރައިޒް ކުރުމުގައި އެހީތެރިވެދީ، އޮމާން އަދި މަޑު އިސްތަށިގަނޑަކަށް ވެގެންދެއެވެ. މީގެ އިތުރުން އަލްމަންޑް ތެލުން އިސްތަށިގަނޑަށް ތެތްކަމާއި ނިއުޓްރިއެންޓްސް އެކުލެވިގެންވާއިރު، އިސްތަށިގަނޑު ކިފުޅިވުމާއި ނުރަޖެހުމުން ފަދަ ކަންކަމުންވެސް ރައްކާތެރިކޮށްދެއެވެ. އިސްތަށިގަނޑު މާބޮޑަށް ހިކިވުމާއި ފަޅައިގެން ދިއުމާ ދެކޮޅަށް އެންމެ ރަނގަޅު ނަތީޖާއެއް ލިބިފައިވާ އެއްޗެއްގެ ގޮތުގައި އަލްމަންޑް ތެޔޮ ހިމެނެއެވެ.

އަލްމަންޑް ތެލަކީ ހަމުގެ ސިއްހަތަށް ވެސް މޮޅު އެއްޗެއްގެ އިތުރުން އިސްތަށިގަނޑު އަވަހަށް ދިގުވުމަށްވެސް އެހީތެރިވެދެއެވެ.  ސީދާ ބޮލުގެ އިސްތަށިގަނޑުގައި އުނގުޅާލުމުން ހަލާކުވެފައި ހުންނަ އިސްތަށިގަނޑުގެ ބުޑު އަލުން އެކްޓިވޭޓް ކޮށްދެއެވެ. މި ތެލުގައި ގިނަ އަދަދަކަށް ވިޓަމިން ބީ7 ނުވަތަ ބަޔޯޓިން ހިމެނޭތީ މިއީ އިސްތަށީގެ ބުޑު އަލުން އުފެއްދުމަށް އެހީތެރިވެދޭ އެއްޗެކެވެ. އަދި ތުނިވާ އިސްތަށިގަނޑު ތުނިކޮށް ކުޑަކޮށް އިސްތަށިގަނޑު ބޯކުރުމަށްވެސް އެހީތެރިވެދޭނެ އެއްޗެކެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *