ޝާމިރާން ޚާމިސްއަކީ 13 ފެބްރުއަރީ 1995 އޮސްޓްރޭލިއާގެ ސިޑްނީއަށް އުފަން ފުޓްބޯޅަ ކުޅުންތެރިއެކެވެ. އަންހެނުންގެ ފުޓުބޯޅައިގައި ފާހަގަ ކުރެވޭ ގޯލްކީޕަރެކެވެ.
ކްލަބުގެ މަޢުލޫމާތު
މިހާރުގެ ޓީމު ވެސްޓަރން ސިޑްނީ ވޮންޑަރާސް
ނަންބަރު 20
ސީނިއާ ކެރިއަރ
އަހަރުތަކުގެ ޓީމް އެޕްސް (ޖީއެލްއެސް)
2011–2014 ސިޑްނީ އެފްސީ 10
2014–2015 ހުޅަނގު ސިޑްނީ ވަންޑަރސް 2
2015–2018 ސިޑްނީ އެފްސީ 18
2018–2020 ކެންބަރާ ޔުނައިޓެޑް 24
2020 → މެލްބަން ވިކްޓަރީ (ލޯނު) 0
2020–2021 މެކާތަރ ރެމްސް
2021– ހުޅަނގު ސިޑްނީ ވަންޑަރސް 1
އޭނާ މިހާރު ކުޅެމުން އަންނަނީ ވެސްޓަރން ސިޑްނީ ވޮންޑަރާސް އަށެވެ. މީގެ ކުރިން އޭނާ ވަނީ އޮސްޓްރޭލިއާގެ ޑަބްލިއު ލީގުގައި ސިޑްނީ އެފްސީ، ވެސްޓަރން ސިޑްނީ ވޮންޑަރާސް، ކެންބަރާ ޔުނައިޓެޑް، އަދި މެލްބަން ވިކްޓަރީ އަށް ކުޅެފަ އެވެ.
ޚާމިސް ޕްރޮފެޝަނަލް މެޗުގައި ސިޑްނީ އެފްސީއަށް ކުޅެން ނުކުތީ 2011-12 ވަނަ އަހަރުގެ ޑަބްލިއު ލީގު ސީޒަންގަ އެވެ. ހާމިސްވަނީ 2012-13 ވަނަ އަހަރުގެ ޑަބްލިއު ލީގު ޗެމްޕިއަންޝިޕް ކާމިޔާބުކޮށްފައެވެ.
ޚާމިސް ވަނީ 2014-15 ވަނަ އަހަރުގެ ސީޒަނަށް ވެސްޓަން ސިޑްނީ ވޮންޑަރާސް އަށް ސޮއިކޮށްފަ އެވެ. ވޮންޑަރާސް އަށް އެއް ސީޒަނަށް ފަހު އެނބުރި ސިޑްނީ އެފްސީ އަށް ދިޔައިރު ތިން ސީޒަނަށް ވެސް އޭނާ ކުޅުނެވެ. ޚާމިސް ވަނީ 2018-19 ވަނަ އަހަރުގެ ޑަބްލިއު ލީގު ސީޒަނަށް ކެންބަރާ ޔުނައިޓެޑާއެކު ސޮއިކޮށްފައެވެ
