ޗެލްސީ އަށް އުނދަގޫ މޮޅެއް!

ޕްރެމިއަރ ލީގު؛ ލީގުގެ ހަވަނަ މެޗު ހަފުތާގައި ޗެލްސީ އަމިއްލަ ދަނޑުގައި ވެސްހަމް އާއި ވާދަ ކުރި މެޗު ވަރަށް އުނދަގުން 2-1 ކުން ކާމިޔާބު ކޮށް ލީގުގެ ފަސްވަނަ އަށް ޖެހިލައިފިއެވެ. ލީގު ފެށުނު ފަހުން ވެސް ހަމަ އަކަށް ނޭޅި ޗެލްސީ ގެ ފޯމު ދައްވެފައިވާ މިދަނޑިވަޅުގައި މިއީ ވަރަށް ވެސް މުހިއްމު މޮޅެކެވެ. ވެސްޓްހަމް އިން މެޗު ފެށީއްސުރެ ނިމެންދެން ކުޅެމުން ދިޔަ ޑިފެންސިވް ސިސްޓަމުގެ ސަބަބުން ޗެލްސީއަށް ގޯލު ޖަހަން މާގިނަ ފުރުސަތެއް ލިބިފައެއް ނުވެއެވެ. ނަތީޖާ އަކަށްވީ ފުރަތަމަ ހާފުގައި އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވުމެވެ.

ދެވަނަ ހާފުގައި ކައުންޓަރ އެޓޭކް ކުރަމުންދިޔަ ވެސްހަމް ވަނީ މެޗުގެ 63 ވަނަ މިނެޓު ގައި ލަނޑު ޖަހައި ލީޑު ނަގާފައެވެ. މިއީ ކޯނަރަކުން ތަނަވަސް ކުރި ފުރުސަތަކުން އެންޓޯނިއޯ ކާމިޔާބު ކުރި ލަނޑެކެވެ. ޗެލްސީން އިތުރަށް މަސައްކަތް ކޮށް 76 ވަނަ މިނެޓުގައި ވަނީ ނަތީޖާ އެއްވަރު ކޮށް ފައެވެ. ޗިލްވެލް މިގޯލު ޖެހުމަށް ފަހު 88 ވަނަ މިނެޓުގައި ފުރުސަތަކުން ޗެލްސީ މޮޅުވި ލަނޑު ކާމިޔާބު ކޮށްދިނީ ކައި ހަވަޓްޒް އެވެ. ވެސްޓްހަމް އިން 90 ވަނަ މިނެޓުގައި ފައުލް ކޮށް ފައި، ލަނޑެ ޖެހި ނަމަވެސް ވީއޭ އާރ އިން ބެލުމަށް ފަހު ރެފްރީ ވަނީ ލަނޑެއް ކަމަށް ބަލައި ނުގަނެފައެވެ.

މިފަހަރުގެ ޓްރާންސްފަރ އަލަށް ޓީމަށް ގުޅުނު ކުޅުންތެރިންނާއި އެކު ޓީމު ވަރުގަދަ ވާނެކަމުގެ ޔަގީން ކަން ކޯޗް ވަނީ ސަޕޯޓަރުންނަށް ދީފައެވެ.

ލީގުގައި ކުޅުނު އިތުރު މެޗުތަކަށް ބަލާއިރު ސިޓީ އާއި އެސްޓަން ވިލާ ކުޅުނު މެޗު ވަނީ 1-1 ކުން އެއް ވަރުވެ ލިވަޕޫލް އާއި އެވަޓަން ކުޅުނު މެޗު އެއްވެސް ލަނޑެއް ނުޖެހި އެއްވަރު ވެފައެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *