ގޭގައި ކުރާ ބައެއް އާދައިގެ ކަމަކުންވެސް ހައިރާން ކުރުވަނިވި ފައިދާތަކާއެކު ހަމުގެ ރީތިކަން އިތުރުކޮށްދެއެވެ.
ނިދުން
ޝައްކެއްވެސް ނެތްގޮތުގައި ހަންގަޑަށް އޮތް އެންމެ ރަނގަޅު ފަރުވާއަކީ ގަވާއިދުން އަރާމުކޮށް ނިދުމެވެ. މިޒަމާނުގައި އަހަރެމެންނަށް އުނދަގުލެއް ނެތި ފުރިހަމަ ނިދި ލިބެނީ ކިރިޔާއެވެ. ހަމަޖެހުމެއް ނެތި ނިދުމާއި، މަދު ގަޑިއިރުކޮޅަކަށް ނިދުމުން އަސަރު ކުރަނީ ހަމައެކަނި ހަންގަނޑަށެވެ. ނިދާއިރު ސެލްތަކުން ދުވާލު ގަޑީގައި އުފެދޭ ވިހަ މާއްދާތައް ފޮހެލުމުގެ ޤާބިލުކަން ލިބިގެންދެއެވެ. ރަނގަޅަށް ނިދައިފިނަމަ ހޭލެވޭނީ ތާޒާ އަދި ދުޅަހެޔޮ ހަންގަނޑަކާއެކުކަން އެއީ ކަށަވަރުކޮށްދޭ ކަމެކެވެ. ނިދުމުގެ ތަޖުރިބާކާރުން ލަފާދެނީ ސިކުނޑި އެންމެ ރަނގަޅަށް މަސައްކަތްކުރުމަށްޓަކައި ކޮންމެ ދުވަހަކު 7 – 8 ގަޑިއިރު ނިދުމަށެވެ.
ފެންބޯށެވެ.
ހަންގަނޑު ރީތިކޮށް ބެހެއްޓުމަށް ކުރާ މުހިންމު އަނެއް ހަރަކާތަކީ މުޅި ދުވަހު އެކަށީގެންވާ ވަރަށް ފެން ބޮއެގެން ހުރުމެވެ. ދުޅަހެޔޮ ސިއްހަތެއްގައި ރީތި ހަންގަނޑަކަށް ރަނގަޅަށް ފެން ދިނުމަކީ ކޮންމެހެން ބޭނުންތެރި އެއްޗަކަށް ވާތީ، ފެންނޫނަސް އެހެން ބުއިންތަކުގެ އިތުރަށް ދުވާލަކު މަދުވެގެން 2 ލީޓަރުގެ ފެން ބޯން މަސައްކަތް ކުރާށެވެ.
ގަވާއިދުން ކަސްރަތު ކުރާށެވެ
ކޮންމެ ދުވަހަކުވެސް ގަވައިދުން ކަސްރަތު ކުރުމަކީ ހަމުގެ ހާލަތު އިތުރު ކުރުމަށް ވަރަށް ބޮޑު ދައުރެއް އަދާކުރާ ކަމެކެވެ. އެއީ ފިޓްކޮށް ހުރުމަށް އެހީތެރިވެދީ، ހިތުގެ ސިއްހަތާއި ލޭގެ ދައުރުވުން އިތުރުކޮށްދޭ އަދި ޖުމްލަ ދުޅަހެޔޮ ހަށިގަނޑެއް ދެމެހެއްޓުމަށް ވަރަށް މުހިންމު އެއްޗެކެވެ. ހަންގަނޑަކީ ހަށިގަނޑުގައި ހުންނަ އެންމެ ބޮޑު އަދި އެންމެ ނިއުޓްރިއެންޓް ބޭނުންވާ ގުނަވަން ކަމުން، މި ހަރަކާތްތަކުގެ ސަބަބުން އެ ގުނަވަން ރަނގަޅަށް ބެލެހެއްޓުމަށް އެހީތެރިވެދޭނެ އެވެ! މި ގުދުރަތީ ފަރުވާތަކަކީ ވަކިވަކިންނާއި އެކުގައި ވެސް ފައިދާހުރި ފަރުވާތަކެކެވެ.
