ޕްރެމިއަރ ލީގު؛ އާސެނަލް އާއި ޔުނައިޓެޑު ލީގުގައި ބައްދަލު ކުރި ފޯރިގަދަ މެޗު 3-1 ކުން ޔުނައިޓެޑް ކާމިޔާބު ކޮށް އާސެނަލް ހަމަ ބިމަށް ތިރިކޮށްފިއެވެ. ލީގުގައި އެއްވެސް މެޗަކުން ބަލިނުވެ ދަމަހައްޓަމުން އައި ރިކޯޑް ނިމުމަކަށް ގެނައުމުގައި ތަރިއަކަށްވީ ދެ ލަނޑު ޖެހި ރަޝްފޯޑް އެވެ. މެޗުގެ 12 ވަނަ މިނެޓުގައި އާސެނަލް އިން ގޯލް އެއް ޖެހި ނަމަވެސް ފައުލް ކޮށްފައި އޮތުމުން ރެފްރީ ވަނީ ގޯލު ކެންސަލް ކޮށްފައެވެ. ޔުނައިޓެޑުން 35 ވަނަ މިގެޓުގައި ފުރަތަމަ ފަހަރަށް މެޗުގެ ލީޑު ނެގީ ސަންތޯސް ކާމިޔާބު ކުރި ގޯލުންނެވެ.
ދެވަނަ ހާފުގެ 60 ވަނަ މިނެޓުގައި ސަކާ ގޯލެއް ޖަހާ ނަތީޖާ އެއްވަރު ކުރިނަމަވެސް ހަ މިނެޓް ފަހުން ރަޝްފޯޑް ވަނީ އަލުން ޔުނައިޓެޑް އަށް ލީޑު ހޯދާ ދީފައެވެ. އޭގެ އިތުރުން 77 ވަނަ މިނެޓުގައި އޭނާގެ ދެވަނަ ގޯލު ޖަހައި މެޗުން 3 ޕޮއިންޓް ކަށަވަރު ކުރިއެވެ. މި މޮޅާއި އެކު ޔުނައިޓެޑުން ވަނީ 12 ޕޮއިންޓާއި އެކު ތާވަލުގެ 5 ވަނައަށް ޖެހިލާފައެވެ. މެޗުން ބަލިވި ނަމަވެސް އަދިވެސް 15 ޕޮއިންޓާއި އެކު ތާވަލުގެ ކުރީގައި އޮތީ އާސެނަލް އެވެ.
