ޗެމްޕިއަންސްލީގު؛ މި ސީޒަންގެ ޗެމްޕިއަންސް ލީގު މުބާރާތުގެ މެޗު ތައް ރާއްޖެ ގަޑިން ރޭގަނޑު 9:45 ގައި ފަށާނެއެވެ. އެގަޑީގައި ކުޅޭ ދެމެޗުގައި ބައްދަލު ކުރާނީ 2012 އަދި 2022 މުބާރާތުގެ ޗެމްޕިއަން ޗެލްސީ އާއި ކްރޮއޭޝިއާ ގެ ޑައިނަމޯ ޒަގްރެބް އަދި ޖަރުމަނުގެ ޑޯޓްމަންޑް އާއި ޑެންމާކް ގެ އެފްސީ ކޯޕެންހޭގަން އެވެ. ޗެލްސީ މެޗު ޑައިނަމޯ ޒަގްރެބް ދަނޑުގައި ކުޅޭ އިރު ޑޯޓްމަންޑް ކުޅޭނީ އަމިއްލަ ދަނޑުގައެވެ.
މުބާރާތުގެ އިތުރު މެޗުތައް ކުޅޭނީ ރާއްޖެ ގަޑިން މިރޭ ބާރަ ޖަހާއިރު އެވެ. އާސިޒަނަށް މުބާރާތް ފަށާއިރު ވެތުވެދިޔަ އަހަރު ތަކުގައި އެންމެ ވިދާލި ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ގެ ކުޅުން މުބާރާތުގައި ނުފެނުމަކީ ސަޕޯޓަރުން މަޔޫސް ވާނެ ކަމެކެވެ. އަދި ވާދަވެރި މެސީގެ އަމާޒަކީ ޕީއެސްޖީ އަށް ފުރަތަމަ ފަހަރަށް ޗެމްޕިއަންސް ލީގު ކާމިޔާބު ކޮށްދިނުމެވެ. ސިޓީ އާއި ބަޔާން ވެސް ތަށްޓަށް ވާދަ ކުރާއިރު ލިވަޕޫލު ވެސް ވަނީ ތަށްޓަށް ވާދަ ކުރާނެ ޓިމަކަށެވެ. ސިޓީގައި ހާލަންޑް އަދި ބާސެލޯނާގައި ލެވަންޑޯސްކީ ހުރި ފޯމަށް ބަލާއިރު ލަނޑު ލިސްޓުގެ ކުރި ފޯދުމުގެ ރޭސް ވެސް ފޯރި ގަދަވާ ނެއެވެ. މާނޭ ބަޔާން އަށް ބަދަލުވެ ޖަހާ ގޯލު ތަކުން ސަޕޯޓަރުން ކުރާ އުއްމީދުވެސް ކުޑައެއް ނޫނެވެ.
