ސައްޔިދާ ނަފީސާ އުފަންވެ ވަޑައިގަތީ މ. 208 ހިޖުރައިން އަހަރެވެ. އަދި މީލާދީން 830 ވަނަ އަހަރެވެ. ފުރިހަމަ ނަންފުޅަކީ އައް-ސައްޔިދާ ނަފީސާ ބިންތު އަމީރުލް މުޢުމިނީން އަލް-ޙަސަން އަލް-އަންވަރު ބިން ޒައިދު އަލް-ޢަބްލާޖް އެވެ. ސުންނީ އިމާމު މުޙައްމަދު ބިން އިދްރީސް އަޝް-ޝާފިޢީއަށް އުނގަންނައިދެއްވާފައިވާ ގޮތުގައި އެކަމަނާއަކީ މިޞްރުގައި އެންމެ ބޮޑަށް މަޝްހޫރު އަންހެން ޙަދީޘް ޢިލްމުވެރިޔާއެވެ.
އެކަމަނާ އުފަންވެވަޑައިގަތީ މައްކާއަށެވެ. މުޙައްމަދުގެ ކާފަދަރިކަލުން އަލްޙަސަންގެ ދަރިކަލުން ޒައިދުލް އަބްލާޖުގެ ދަރިކަލުން އަލްޙަސަން އަލް އަންވަރު އަށެވެ. އެކަމަނާގެ ފަހުގެ ޙަޔާތް ހޭދަކުރެއްވީ ޤާހިރާގައި ކަމަށާއި، އެތަނުގައި އެކަމަނާގެ ނަންފުޅު ޖަހާފައިވާ މިސްކިތެއް ހުރެއެވެ.
އެކަމަނާ ކައިވެނި ކުރެއްވީ ޚުދު މުޙައްމަދުގެފާނުގެ ދަރިފަސްކޮޅެއް ކަމުގައިވާ ޖަޢުފަރުލް ޞާދިޤްގެ ދަރިކަލުން އިސްޙާޤް އަލްމުޢުތަމީން (إِسْحَاق ٱلْمُؤْتَمِن) އާއެވެ. އެކަމަނާ އޭނާއާއެކު ޙިޖާޒުން މިޞްރަށް ހިޖުރަކުރެއްވިއެވެ. އެކަމަނާއަށް 'ޤާސިމް' ކިޔާ ފިރިހެން ދަރިކަލަކާއި 'އުމް ކުލްތޫމް' ކިޔާ އަންހެން ދަރިކަނބަލަކު ލިބިވަޑައިގެންނެވިއެވެ.
އެކަމަނާގެ ދަރިވަރުން އައީ ދުރު ތަންތަނުން ކަމަށާއި، އޭގެ ތެރޭގައި ސުންނީ ފިޤުހުގެ ޝާފިޢީ މަދަރުސާގެ އަލްޝާފިޢީވެސް ހިމެނިވަޑައިގަންނަވައެވެ. އެކަމަނާ އަލްޝާފިޢީއަށްޓަކައި ތަޢުލީމު ދެއްވުމުގެ ގޮތުން މާލީ އެހީތެރިކަން ފޯރުކޮށްދެއްވިއެވެ.
އެކަމަނާއަކީ މުއްސަނދި އަންހެން ކަނބަލެކެވެ. ރައްޔިތުންނަށް، ޚާއްޞަކޮށް ޕެރަލައިޒްވެފައިވާ މީހުންނާއި، ބޮޑެތި ބަލިތަކެއް ހުރި މީހުންނާއި، އަދި އެހެން ހުރިހާ ބަލި މީހުންނަށް ވަރަށް ގިނަ ހެޔޮއެދުންތައް ކުރެއްވި ބޭފުޅެކެވެ. އެކަމަނާއަކީ ދީންވެރި، ޒިކުރުވެރި، އަދި ގިނަ ހެޔޮ ސިފަތަކެއް ލިބިފައިވާ ޚުލްގުހެޔޮ ބޭކަނބަލެކެވެ. އިމާމު އަލް ޝާފިޢީ މިޞްރަށް ވަޑައިގަތުމުން އެކަމަނާ އެކަލޭގެފާނަށް އެހީތެރިވެވަޑައިގަންނަވާއިރު ބައެއް ފަހަރު ރަމަޟާން މަހު ނަމާދުތަކުގައި ޝާފިޢީ އިސްވެ ހުންނަވައެވެ.
އަލްޝާފިޢީ އާލާސްކަންފުޅާ އުޅުއްވިއިރު އަދި އޭގެ ފަހުން އަވަހާރަވުން ކައިރިވަމުންދާކަން އިޙްސާސް ކުރެވުމުން، ވަގުތުން ވަޞިއްޔަތް ލިޔުއްވައި، ނާފިޞާއަށް ޝަރަފުވެރިކަމާއެކު ޖަނާޒާގައި ދުޢާ ކިޔުމަށް އުންމީދު ކުރެވޭ ކަމަށް ފާހަގަކުރެއްވި ވަޞިއްޔަތް ލިޔުއްވިއެވެ. އިމާމް އަވަހާރަވުމަށްފަހު ހަށިގަނޑު އެކަމަނާގެ ގެއަށް ގެންގޮސް އެކަމަނާ ނަމާދުކުރެއްވިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ނަފީސާ ގެންދެވީ ދީލަތި ދިރިއުޅުމެކެވެ.
