ގޯތިތެރޭގައި ހައްދަން އެންމެ ހިތްގައިމު ގަސްތައް

ދިވެހިރާއްޖޭގެ ގިނަރަށްތަކުގައި ރީތި ގަސްތައް ހައްދާލެވޭވަރުގެ ޖާގައެއް އޮވެއެވެ. ގިނައިން މާއަޅާ ގަސްހެއްދުމަކީ ގޭގެޒީނަތްތެރިވުމުގެ އިތުރަށް ތިމާގެ އުފާވެރިކަމަށާއި ސިއްޙަތަށްވެސް ފައިދާވާނެ ކަމެކެވެ. އެހެން ކަމުން ތިރީގައި މި ހިމަނާލަނީ ގޯތިތެރޭގައި ފަސޭހައިން ހެއްދިދާނެ ރީތި ގަސްތަކެވެ.

ބޯގަންވިލާ

ބޯގަންވިލާއަކީ ތަފާތު ކުލަތައް ހިމެނޭ ރާއްޖޭގައިވެސް ހައްދަން ފަސޭހަގަހެކެވެ. ގިނައިން މާއަޅާ މި ވައްތަރުގެގަސް ބަހައްޓަން އެންމެ ރަނގަޅީ ގޭގެ ކުރިމަތީގައި ގޭގެ ޒީނަތްތެރިކަން ހާމަ ކުރަން ބޭނުންވާ ސަރަހައްދުގައެވެ. ބޯގަންވިލާއަކީ ޚަރަދުކުޑަކޮށް ކޮންމެ މޫސުމެއްގައިވެސް ހެއްދޭނެ ފަސޭހަ އަދި އެހާމެ ރީތި ގަހެކެވެ.

ފިނިފެންމާ

ފިނިފެންމަލަކީ ޒަމާނުއްސުރެ ރާއްޖޭގައި ހެއްދޭ މާ އަޅާގަހެކެވެ. ތަފާތު ކުލަކުލައިގެ ފިނިފެންމާ ހުންނައިރު ތަފާތު ބައްޓަމަށް ހުންނަ ފިނިފެންމާ ގަސްވެސް ހުރެއެވެ. ރާއްޖޭގެ މޫސުމާ ނުހަނު ފަރިތަ މި ވައްތަރުގެ ގަސް ބަހައްޓަން އެންމެ ރަނގަޅީ ގޯތިތެރޭގައި ވަންނައިރު ފެންނަން ހުންނަ ހިސާބުގައި ހެއްދުމެވެ. ފިނިފެންމާ ގަސް ބަހައްޓަންވާނީ ފުދޭވަރެއްގެ އަވިލިބޭ ތަނެއްގައެވެ. ގަހަށް ރަނގަޅަށް ފެންދޭން ވާނެއެވެ.

ލެވެންޑަރ

ލެވެންޑަރއަކީ އެއްފޫޓު އުހަށްހެދޭ ވަރަށް މީރުވަސްދުވާ ދަނބުކުލައިގެ މަލެއްއަޅާ ރީތި ގަހެކެވެ. މާ ގަދައަވި ބޭނުންނުވާ މި ރީތިގަސް ރާއްޖޭގައިވެސް ހެއްދިދާނެއެވެ. ގޯތިތެރޭގައި މީގެ ގަސްހެއްދުމުން ވަރަށް ރީތިވެފައި މީރުވަސްދުވުމުގެ އިތުރުން ކޮކާލާއި މާބުރު ގޯތިތެރެއިން ފެންނާނެއެވެ.

ޗެރީ ލޯރެލް

ގޯތިތެރޭގެ ޚާއްސަ ސަރަހައްދުތަކުގައި ހައްދަން ޗެރީ ލޯރެލްއަކީ ވަރަށް ހިތްގައިމު ގަހެކެވެ. ރީންދޫކުލައިގެ ބޮޑު މާގަނޑެއް ހުންނަ މިގަހަކީ ވަރަށް އަވަހަށް ހެއްދޭ އަދި ރާއްޖޭގައިވެސް ހެއްދޭނެ ގަހެކެވެ. އުނދޯލިގެއާއި ޖޯލިފަތިތައް ފަދަ އިށީނދެލާ ކޮފީ ބޯލަން ތިބޭ ޚާއްސަ ތަންތަނުގައި މިގަސް ހެއްދިދާނެއެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *