ލިވަރޕޫލުން އަޔެކްސް މައްޗަށް ކުރިހޯދައިފި

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ލިވަޕޫލުން 2-1 އިން އަޔެކްސްގެ މައްޗަށް ކުރި ހޯދައިފިއެވެ.

ޑިއޯގޯ ޖޮޓާ ދިން ޕާހަކުން މުހައްމަދު ސަލާހު ލިވަޕޫލަށް ލީޑު ނަގައިދީފައި މެޗުގެ 17 ވަނަ މިނިޓުގައެވެ. އޭގެ 10 މިނިޓު ފަހުން އަޔެކްސް އިން ގާނާ މިޑްފީލްޑަރު މުހައްމަދު ކުޑޫސް ވަނީ ނަތީޖާ ހަމަހަމަ ކޮށްދީފައެވެ.

ފުރަތަމަ ހާފުގައި ލިވަޕޫލުން ގިނަ ހަމަލާތަކެއް އަޔެކްސްގެ ގޯލަށް ފޮނުވާލި ނަމަވެސް، ޖޮޓާ އާއި ލުއިސް ޑިއާޒް ފޮނުވާލި ހަމަލާތައް ގޯލާ އަމާޒެއް ނުވި އެވެ. އަދި ޓްރެންޓް އެލެކްޒެންޑާ އާނޯލްޑް އާއި ވާޖިލް ވެން ޑައިކް ފޮނުވާލި ހަމަލާތައް އަޔެކްސްގެ ކީޕަރު ރެމްކޯ ޕަސްވީރު، 38، ދިފާއު ކުރި އެވެ.

ލިވަޕޫލުން މޮޅުވި ލަނޑު ޖެހީ ފަހު ހާފުގެ 89 ވަނަ މިނެޓުގައެވެ. އެއީ، މެޗު ނިމެން މިނެޓަކަށް ވެފައި ވަނިކޮށެވެ. މި ލަނޑު ލިވަޕޫލަށް ކާމިޔާބުކޮށް ދިނީ ކޮސްޓާސް ސިމިކާސް ނަގައިދިން ކޯނަރެއް ބޮލުން ޖަހައިގެން ޖޮއެލް މަޓިޕްއެވެ.

ގްރޫޕް އޭގެ ނަތީޖާތަކަށް ބަލާއިރު، އެއް މެޗު ކުޅެގެން ތިން ޕޮއިންޓާއެކު އެއްވަނައިގައި މިހާރު އޮތީ ނަޕޯލީއެވެ. ކުޅުނު ދެ މެޗުން ތިން ޕޮއިންޓް ހޯދައިގެން ލިވަޕޫލަށް ލިބެނީ ދެވަނަ އެވެ. ދެ މެޗު ކުޅެފައިވާ އަޔެކްސް ވެސް ތިން ޕޮއިންޓާއެކު 3 ވަނަގައި އޮތީ ލަނޑުގެ ތަފާތުންނެވެ. ތާވަލްގެ ފުލުގައި އެއްވެސް ޕޮއިންޓެއް ނުލިބިއޮތް ރޭންޖާސްއެވެ.  ރޭންޖާސް އާއި ނަޕޯލީ މިރޭ ނުކުންނާނެއެވެ.

ގްރޫޕް ސީ އަށް ބަލާ އިރު، ބަޔާން އޮތީ އެއް ވަނައިގައި ހަ ޕޮއިންޓާއެކުގައެވެ. ކުޅުނު ދެ މެޗުން މޮޅުވެގެންނެވެ. ބާސެލޯނާ އޮތީ ކުޅުނު ދެ މެޗުން ތިން ޕޮއިންޓް ހޯދައިގެން ދެވަނައިގައެވެ. އިންޓަ މިލާން އަ|ށް 3 ވަނަ ލިބެނީ ކުޅުނު ދެ މެޗުން ތިން ޕޮއިންޓް ހޯދައިގެންނެވެ. ދެ މެޗުން ބަލިވެ، ޕޮއިންޓް ނުލިބި ފުލުގައި އޮތީ ވިކްޓްރިއާ ޕްލެޒަންއެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *