ސްޓްރޯބެރީ ގޭތެރޭގައިވެސް ހެއްދިދާނެ

ސްޓްރޯބެރީ އަކީ އެންމެންވެސް ގަޔާވާ އެހެންނަމަވެސް އަގުބޮޑު މޭވާއެކެވެ. އަދި އެއީ މޫސުމީ މޭވާއެކެވެ. ހައިޑްރޯޕޮނިކް ސިސްޓަމަކުން މުޅި އަހަރުދުވަހު ބޭނުންކުރުމަށްޓަކައި ސްޓްރޯބެރީ ހެއްދިދާނެއެވެ.

މި ގަހުގެ މޫތައް ރަނގަޅަށް ހެދެން ހުންނާނެ ގޮތަކަށް ގިނަ އަދަދެއްގެ ނިއުޓްރިއެންޓް ސޮލިއުޝަން ފެނަށް ޕަމްޕްކޮށްގެން ގަސް ފުރިހަމަ ސިއްޙަތެއްގައި ބޮޑުކުރެވޭނެއެވެ.

ގަސްހެއްދުމަށްޓަކައި ބޭނުންވާ މުހިއްމު ނިއުޓްރިއެންޓްސް  ތެރޭގައި ނައިޓްރޯޖަން، ޕޮޓޭސިއަމް އަދި ފޮސްފަރަސް ހިމެނެއެވެ. މި 3 ނިއުޓްރިއެންޓަކީ ސްޓްރޯބެރީއެއްގެ ދިރިހުރުމަށް ކޮންމެހެން ބޭނުންތެރި އެއްޗެކެވެ. ނައިޓްރޯޖަން އަކީ ސެލްތައް ބިނާކުރުމަށް އެހީތެރިވެދޭ އަދި ގަހުގެ ފަތާއި ގަސްގަނޑު ބޮޑުވުމަށް އެހީތެރިވެދޭނެ އެއްޗެކެވެ. އަދި ފޮސްފަރަސް އަކީ ދުޅަހެޔޮ މޫތަކަކަށް ވަރަށް މުހިންމު އެއްޗަކަށްވާއިރު ޕޮޓޭސިއަމްގެ ސަބަބުން ފޮޓޯސިންތެސިސް ކުރިއަށް ގެންދިއުމަށް އެހީތެރިވެދެއެވެ. މެންގަނީޒް، ކޮޕަރ، އަޔަން، ކޯބަލްޓް، ކްލޮރިން، ޒިންކް ފޯރުކޮއްދީގެން ގަހުގެ ސިއްޙަތު ރަނގަޅުކުރަން ޖެހެއެވެ.

ސްޓްރޯބެރީ ރޭގަނޑު ގާތްގަނޑަކަށް 45 ޑިގްރީ ފަރެންހައިޓްގައި އަދި ދުވާލު ގަޑީގައި 75 ޑިގްރީ ފަރެންހައިޓްގައި ބަހައްޓާށެވެ. ލައިޓެއް ބޭނުންކޮށްގެންނަމަވެސް ދުވާލަކު މަދުވެގެން ހަ ގަޑިއިރު އަލި ލިބޭނެ ގޮތް ހަދާށެވެ. ގޭތެރޭގައިވެސް އޭރުން ސްޓްރޯބެރީ ހެއްދިދާނެއެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *