ކެތްތެރިކަމުގެ ދަރުމަ 2

މަތިވެރި الله ސުބުހާނަހޫ ވަތަޢާލާ ދެކެ ލޯބިވާ މީހަކަށް ކެތްތެރިވެ، ކެތްތެރިވުމަށް ވަރަށް ފަސޭހަވެގެންދެއެވެ. އެއީ އެމީހަކަށް ހުރިހާ ކަމެއް ﷲ ސުބުހާނަހޫ ވަތަޢާލާގެ ޙަޟްރަތުން އަންނަ ކަމުގައި ދެކެވޭތީއެވެ. އަދި އެއީ الله ސުބުހާނަހޫ ވަތަޢާލާގެ ޙަޟްރަތުން އަންނަ އެއްޗެއް ނަމަ އެކަމަށް ސަބަބެއް އޮންނަން ޖެހޭނެކަން ގަބޫލުކުރާތީއެވެ. ލޯބިވާ މީހަކު ބޭނުންވަނީ އެމީހަކު ލޯބިވާ އެންމެމާތް ރަސްކަލާނގެއަށް އޭނާ އެންމެ ރަނގަޅު ޙާލަތުގައި ވާތަން އެކަލާންގެ ދެކެވޮޑިގަތުން ކަމުގައިވާތީއެވެ. އެހެންކަމުން އޭނާ ސާބިތުކޮށްދެނީ ކެތްތެރިކަމުގެ އެންމެ ރަނގަޅު ކަމެވެ. ކެތްތެރިކަމަކީ، ކޮންމެ މީހަކަށްވެސް އޭނާ އެދޭ ޝަރަފުވެރި ލަނޑުދަނޑިތަކާ ދިމާއަށް ވާސިލްވުމަށާއި އަދި ކުރިއަށް ދިއުމަށް މަގުފަހިކޮށްދޭ ހެޔޮ ސިފައެކެވެ.

ވަރަށް ގިނަ ފަހަރު އަޅުގަނޑުމެންގެ ދިރިއުޅުމުގައި އަޅުގަނޑުމެންނަށް އެތައް ކަމެއް ދިމާވެއެވެ. ކަމެއް ދިމާވުމުން މިއީ އަޅުގަނޑުމެންނަށް ދިމާވެދާނެ އެންމެ ނުބައި ކަމެއް ކަމަށް އަޅުގަނޑުމެންނަށް ބައެއްފަހަރު އިޙްސާސް ކުރެވެއެވެ. އެކަމަކު ދެން ﷲ ސުބުހާނަހޫ ވަތަޢާލާއަށް ވަކީލުކޮށް ކެތްތެރިކަން އިސްކުރުމުން ލުއި ފަސޭހަކަން ލިބެއެއެވެ.  އަޅުގަނޑުމެންނަށް އޭގެ އެންމެ ރަނގަޅުގޮތް ވިސްނެއެވެ. ދަތި އުނދަގޫ ވަގުތުތައް ދިމާވެފައި އޮތީ، ހެޔޮގޮތް މިންވަރުގައި އޮތީމާކަން ގަބޫލުކުރެވެއެވެ. ފަހެ، މުއުމިނުން ކެތްތެރިވެ، ﷲ ސުބުހާނަހޫ ވަތަޢާލާއަކީ އަޅުގަނޑުމެންގެ ހުރިހާ ކަމެއްގެ އެންމެ ރަނގަޅު އިންތިޒާމަކުން ތަރުތީބުކޮށްދެއްވާ  ފަރާތްކަން އެނގުން މުހިންމެވެ. އެކަލާނގެ އަޅުގަނޑުމެންނަށް މި ޙަޔާތުގައިވެސް އަދި އާޚިރަތުގައިވެސް ހެޔޮކަންތައްތަކަށް މަގުދައްކައިދޭނެއެވެ.

ދުނިޔޭގައި ކެތްތެރިވިކަމުގެ ދަރުމަ އަޅުގަނޑުމެންނަށް ނުލިބިއްޖެނަމަ، ދުވަހަކުވެސް ނިމުމެއް ނެތް އާޚިރަތަށްޓަކައި އެ ހެޔޮ ޘަވާބާއި ދަރުމަ މާތްالله ސުބުހާނަހޫ ވަތަޢާލާ އަޅުގަނޑުމެންނަށް ދެއްވާނެކަން ޔަޤީނެވެ.

ކެތްތެރިކަމުގެ ފައިދާތައް

ކެތްތެރިކަމަކީ އެކަމުގެ ސަބަބުން ނުހަނު ގިނަ ހެޔޮކަމާއި ދަރުމަ ލިބޭ ކަމެއްކަމާއި އެއީ އެހާމެ މުހިންމުކަން އަޅުގަނޑުމެންނަށް އެނގޭނީ އޭގެ ސަބަބުން ލިބޭ ދަރުމަޔާއި ޘަވާބާއި އަދި ފައިދާތަކަކާއެކުގައެވެ. މީގެތެރެއިން ބައެއް  މަންފާތަކަކީ ވަގުތީ ގޮތުން ލިބޭ ބައެއް ކަމުގައިވާއިރު އަނެއްބައި ދަރުމައާއި ފައިދާތަކަކީ ދިގު މުއްދަތަކަށް ލިބޭ ފައިދާތަކެކެވެ. ޤުރުއާނާއި ސުންނަތުގައި ކެތްތެރިވުމުގެ އެތައް ފައިދާތަކެއްގެ ތެރޭގައި ތިރީގައި މިވާ ކަންތައްތައް ހިމެނެއެވެ.

ކީރިތި ޤުރުއާނަށް ކެތްތެރިވުން

ކީރިތި ޤުރުއާނުގައި ނުވަދިހައަށް ވުރެ ގިނަ އާޔަތް ވަނީ ކެތްތެރިކަމުގެ ހެޔޮ ސިފަތަކާއި ފައިދާތަކާ ބެހޭ ގޮތުން ބަޔާންކުރެވިފައެވެ. އޭގެ ތެރެއިން ބައެއް ކަންތައްތައް ތިރީގައި މިވަނީއެވެ.

وَجَعَلْنَا مِنْهُمْ أَئِمَّةً يَهْدُونَ بِأَمْرِنَا لَمَّا صَبَرُوا ۖ وَكَانُوا بِآيَاتِنَا يُوقِنُونَ

އަދި އެއުރެން ކެތްތެރިވީހިނދު، ތިމަންރަސްކަލާނގެ أمر ފުޅަށް ތެދުމަގު ދައްކަވާ إمام ންތަކެއް ތިމަންރަސްކަލާނގެ އެއުރެންގެ ތެރެއިން ލެއްވީމެވެ. އަދި ތިމަންރަސްކަލާނގެ آية ތަކާމެދު يقين ކުރާ ކަމުގައި އެއުރެން ވޫއެވެ.

(ޤުރުއާން، 32:24)

وَإِنْ عَاقَبْتُمْ فَعَاقِبُوا بِمِثْلِ مَا عُوقِبْتُم بِهِ ۖ وَلَئِن صَبَرْتُمْ لَهُوَ خَيْرٌ لِّلصَّابِرِينَ

އަދި ތިޔަބައިމީހުން، عقوبات ދޭނަމަ، ތިޔަބައިމީހުންނަށް عقوبات ލިބުނު ފަދަޔަކުން، ފަހެ، ތިޔަބައިމީހުން عقوبات ދޭށެވެ! އަދި ހަމަކަށަވަރުން، ތިޔަބައިމީހުން ކެތްކޮށްފިނަމަ، އެ ގޮތް، ކެތްތެރިންނަށް ހެޔޮކަން ބޮޑުވެގެންވާކަން ކަށަވަރެވެ.

ޤުރުއާން 16:126)

لْ يَا عِبَادِ الَّذِينَ آمَنُوا اتَّقُوا رَبَّكُمْ ۚ لِلَّذِينَ أَحْسَنُوا فِي هَٰذِهِ الدُّنْيَا حَسَنَةٌ ۗ وَأَرْضُ اللَّهِ وَاسِعَةٌ ۗ إِنَّمَا يُوَفَّى الصَّابِرُونَ أَجْرَهُم بِغَيْرِ حِسَابٍ

ކަލޭގެފާނު ވިދާޅުވާށެވެ! އޭ إيمان ވި، ތިމަންރަސްކަލާނގެ އަޅުތަކުންނޭވެ! ތިޔަބައިމީހުންގެ ވެރިރަސްކަލާނގެއަށް ތިޔަބައިމީހުން تقوى ވެރިވާށެވެ! މިދުނިޔޭގައި ހެޔޮކޮށް ކަންތައްކުޅަމީހުންނަށް ހެޔޮދަރުމަހުށްޓެވެ. އަދި اللَّه ގެ ބިންވަނީ ތަނަވަސްވެގެންނެވެ. ކެތްތެރިންނަށް އެއުރެންގެ ދަރުމަ ދެއްވާހުށިކަން ކަށަވަރީ حساب އެއްނެތިއެވެ.

(ޤުރުއާން، 39:10)

وَأَطِيعُوا اللَّهَ وَرَسُولَهُ وَلَا تَنَازَعُوا فَتَفْشَلُوا وَتَذْهَبَ رِيحُكُمْ ۖ وَاصْبِرُوا ۚ إِنَّ اللَّهَ مَعَ الصَّابِرِينَ

އަދި اللَّه އަށާއި، އެކަލާނގެ رسول އާއަށް ތިޔަބައިމީހުން ކިޔަމަންވާށެވެ! އަދި ތިޔަބައިމީހުން ދެބަސްވެ އަރާރުންނުވާށެވެ! (ދެބަސްވެ އަރާރުންވާނަމަ) ތިޔަބައިމީހުން ފިނޑިވެ، ތިޔަބައިމީހުންގެ ބާރުނެތި ހިނގައިދާނެއެވެ. އަދި ތިޔަބައިމީހުން ކެތްތެރިވާށެވެ! ހަމަކަށަވަރުން، اللَّه ވޮޑިގެންވަނީ، ކެތްތެރިންނާ އެކުގައެވެ. (ޤުރުއާން،8:46 )

وَلَمَن صَبَرَ وَغَفَرَ إِنَّ ذَٰلِكَ لَمِنْ عَزْمِ الْأُمُورِ

އަދި ހަމަކަށަވަރުން، ކެތްތެރިވެ، عفو ކުރިމީހާ (ދަންނާށެވެ!) ހަމަކަށަވަރުން، އެކަންކަންވަނީ، عزم ކަނޑައަޅަންޖެހޭ ކަންތައްތަކުގެ ތެރެއިންކަން ކަށަވަރެވެ. (ޤުރުއާން، 42:43)

وَيَوْمَ تَشَقَّقُ السَّمَاءُ بِالْغَمَامِ وَنُزِّلَ الْمَلَائِكَةُ تَنزِيلًا

ވިލާތަކާއެކު އުޑު ފަޅަފަޅައިގެންދާ ދުވަސް ހަނދުމަކުރާށެވެ! އަދި ގިނަ عدد އަކަށް އެދުވަހު ملائكة ން ބާވައިލައްވާނެތެވެ.

(ޤުރުއާން، 25:75)

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *