މަނިޝް މަލްހޯތުރާގެ ދިވާލީ ޕާޓީގައި ކުރީގެ މަޝްހޫރު ހިންދީ އަންހެން ފިލްމް ސްޓާރުންވަނީ އެއްތާކުން ބައްދަލުވެފައެވެ. މަދޫރީ ވަނީ އޭނާއާއިއެކު ކާޖަލް، އައިޝްވާރިޔާ ރާއީ، އަބިޝެކް ބައްޗަން، ތާޕްސީ ޕަންނޫ، ކަރީޝްމާ ކަޕޫރު އަދި އަދިތީ ރާއޯ ހައިދާރީ ފަދަ މަޝްހޫރު ފަރާތްތަކާ އެކު ފޮޓޯތައް ޕޯސްޓްކޮށްފަ އެވެ.
އެކްޓަރު ރަވީނާ ޓަންޑޮން ވަނީ ޑިޒައިނަރު މަނިޝް މަލްހޯތުރާގެ ދިވާލީ ޕާޓީން އައިޝްވާރިޔާ ރާއީ، އަބިޝެކް ބައްޗަން، މަދޫރީ ޑިކްސިޓް އަދި އޭނާގެ ފިރިމީހާ ޑރ ޝްރީރަމް ނޭނޭ، ކާޖޮލް، ތާޕްސީ ޕަންނޫ އަދި އަދީތީ ރާއޯ ހައިދާރީއާ އެކު ސިލްސިލާ ފޮޓޯތަކެއް ހިއްސާކޮށްފަ އެވެ. އިންސްޓަގްރާމް ސްޓޯރީސްގައި ރަވީނާ ވަނީ ބުރާސްފަތި ދުވަހުގެ ހަވީރު ބޭއްވިޕާޓީގެ ފޮޓޯތައް ޕޯސްޓްކޮށްފަ އެވެ.
އައިޝްވާރިޔާ ރާއީއާ އެކު ނަގާފައިވާ ސެލްފީއެއް ކަމަށްވާ ފުރަތަމަ ފޮޓޯ ޕޯސްޓް ކުރަމުން ރަވީނާ ވަނީ "އޯލް އަބައުޓް ޓުނައިޓް" ކަމަށް ކެޕްޝަން ދީފަ އެވެ. އޭގެ ތެރެއިން 2001 ވަނަ އަހަރު ކާޖަލްގެ ފިލްމު ކަބީ ޚުޝީ ކަބީ ޣަމްގެ ޔޫ އަރ މައި ސޯނިއާ ލަވައަށް ގްރޫވް ކުރަމުން ދިޔަތަން ފެނިގެން ދިޔައެވެ.
ކަރިޝްމާ ކަޕޫރުވެސްވަނީ އޭނާ އައިޝްވަރިޔާއާއިއެކު ނަގާފާއިވާ ފޮޓޯ އިންސްޓަރ ގްރާމްގައި ޙިއްސާ ކޮށްފައެވެ. އައިޝްވާރިޔާ އަބީޝެކާއި ކައިވެނިކުރިފަހުން އެދެމީހުންނަކީ މީގެ އެކުގައި ބައްދަލުކުރިބައެއް ނޫނެވެ.
