ޕާކިސްތާނުގެ ސުޕްރީމް ކޯޓަށް ފުރަތަމަ އަންހެން ފަނޑިޔާރަކަށް ޢައިޝާ މަލިކު

ޕާކިސްތާނުގެ ސުޕްރީމް ކޯޓްގެ ފަނޑޔާރަކަށް ފުރަތަމަ ފަހަރަށް އަންހެން ފަނޑިޔާރަކު އައްޔަން ކޮށްފިއެވެ. މިމަގާމަށް  އައްޔަން ކުރީ ލާހޯރު ހައި ކޯޓުގެ ފަނޑިޔާރަކަށް ހުރި އައިޝާ މަލިކް އެވެ. ޕާކިސްތާނުގެ ސުޕްރީމް ކޯޓުގައި 17 ފަނޑިޔާރުން ތިއްބަވާއިރު، މިހާތަނަށް އަންހެނަކު ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަން ކޮށްފައެއް ނުވެ އެވެ.

އައިޝާ މަލިކް އެ މަގާމަށް އައްޔަން ކުރީ ސުޕްރީމް ކޯޓަށް ފަނޑިޔާރުން ނޮމިނޭޓްކުރާ ނުވަ މެމްބަރުންގެ ކޮމިޝަންގައި ފަސް މެމްބަރުންގެ ވޯޓުން އޭނާގެ ނަން ފާސްކުރުމުންނެވެ. އޭނާއާ ދެކޮޅަށް ހަތަރު މެމްބަރުންގެ ވޯޓު ދެއްވި އެވެ. އެކަމަކު އޭނާގެ ނަމަށް އެ ގައުމުގެ ރައީސް އާރިފް އަލްވީ ވެސް ރުހުން ދެއްވި އެވެ.

މީގެކުރިން ވެސް އެ މަގާމަށް އައިޝާ އައްޔަން ކުރަން މަސައްކަތް ކުރި އެވެ. މިދިޔަ އަހަރު އޭނާ އެ މަގާމަށް އައްޔަން ކުރަން ފޮނުވުމުން ފަނޑިޔާރުން ނޮމިނޭޓްކުރާ ކޮމިޝަނުން އޭނާގެ ނަން ފާސްނުވީ އެންމެ ވޯޓެއްގެ ތަފާތުންނެވެ.

އައިޝާ އެ މަގާމަށް އައްޔަން ކުރުމުން ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާން ވެސް ވަނީ އޭނާއަށް މަރުހަބާ ވިދާޅުވެފަ އެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *