ނޮޓިންހަމް ފޮރެސްޓުން ލިވަޕޫލް ބަލިކޮށްފި

ނޮޓިންހަމް ފޮރެސްޓުން އަމިއްލަ ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުން ލިވަޕޫލް ބަލިކޮށްފިއެވެ.  ނޮޓިންހަމް މެޗް ކާމިޔާބު ކުރީ 0-1 ގެ ނަތީޖާއަކުންނެވެ.

ލިވަޕޫލް އޮތީ 11 މެޗު ކުޅެގެން ލިބުނު 16 ޕޮއިންޓާއެކު ތާވަލުގެ ހަތް ވަނައިގައެވެ. ތާވަލުގެ 20 ވަނައިގައި އޮތް ނޮޓިންހަމް، މި މެޗުން މޮޅުވުމާއެކު ތާވަލުގެ 19 ވަނައަށް ވަނީ ޖެހިލައިފައެވެ.

މިއަދު ހަވީރު ކުޅުނު މެޗު ފަށައިގެން ލިވަޕޫލުން އައީ ބޯޅަ ހިފެހެއްޓުމުގެ ބަދަލުގައި އެޓޭކް ކުރެވޭތޯ މަސައްކަތް ކުރަމުންނެވެ. މިއަދުގެ މެޗުގައި އެންމެ ފުރަތަމަ ލީޑު ނަގަން ފުރުސަތު ލިބުނީ ލިވަޕޫލަށެވެ. މި މެޗުގެ 20 ވަނަ މިނެޓުގައި ލިވަޕޫލްގެ ކާޓިސް ޖޯންސްގެ އެހީތެރިކަމާއެކު އެޓީމުގެ މުހައްމަދު ސަލާހު ފޮނުވާލި ހަމަލާ ފޮރެސްޓު މެކް ކެންނާ ވަނީ ބްލޮކްކޮށްފައެވެ.

މި ސީޒަންގައި ޕްރިމިއާ ލީގަށް ޕްރޮމޯޓްވި ނޮޓިންހަމް ފޮރެސްޓުން ލިވަޕޫލް ކޮޅަށް ޖެހި ހަމައެކަނި ލަނޑު 55 ވަނަ މިނިޓުގައި ޖަހައިދިނީ، މި ސީޒަންގައި އެޓީމަށް ގެނައި ނައިޖީރިއާގެ ފޯވާޑް ޓައިވޯ އޮވޮނިޔީ އެވެ. އޭނާ ގޯލު ޖެހީ ފޮނުވާލި ފުރަތަމަ ހަމަލާ ގޯލު ދަނޑީގައި ޖެހިފައި ކުޅުމުގެ ތެރެއަށް އައި ވަގުތު އެ ބޯޅަ ގޯލަށް ފޮނުވާލައިގެންނެވެ. މި ގޯލު ޖެހުމުން ލިވަޕޫލުން ކުޅުން ރަނގަޅުކޮށް ގޯލާ އަމާޒުކޮށް ގިނަ ހަމަލާތަކެއް އެޓީމުގެ އިތުބާރު ހިފޭ ސަލާހު ވަނީ އުފައްދާފައެވެ. ނަމަވެސް ފޮރެސްޓުގެ ކީޕަރު ޑީން ހެންޑާސަން ވަނީ ދިފާއު ކޮށްފައެވެ.

ލިވަޕޫލަށް ގޯލު ޖަހަން ފުރަތަމަ ހާފުގައި ލިބުނު އެންމެ ހުސް ފުރުސަތުގައި ޑިފެންޑަރު ވާޖިލް ވެން ޑައިކަށް ލިބުނު ފުރުސަތުގައި ބޭނުމެއް ނުކުރެވުނެވެ. އަދި މެޗުގެ އިތުރު ވަގުތުގައި ލިވަޕޫލަށް އެއްވަރު ކޮށްދޭން ވެން ޑައިކް ފޮނުވާލި ހަމަލާ ދިފާއު ކުރީ ކީޕަރު ޑީން ހެންޑަސަން އެވެ.

މިއަދުގެ މެޗުން ނޮޓިންހަމް އަށް ލިބުނު މޮޅާއެކު، މިއީ 23 އަހަރަށް ފަހު އިނގިރޭސި ޕްރިމިއާ ލީގުގައި ވާދަކުރާ އެ ޓީމަށް ލީގުގެ ވަރުގަދަ ޓީމެއް އަތުން ލިބުނު ފުރަތަމަ މޮޅެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *