ބައިވެރިޔާގެ ކަންތައް މާބޮޑީ!

ބައިވެރިޔާއާއި ލޯބީގެ ގޮތުން ގުޅެން ފެށެނީ ފުދޭވަރަކަށް މައުސޫމް ގޮތަކަށެވެ. ރައްޓެއްސެއް މެދުވެރިވެގެން ދިމާވެގެންނެވެ. ނުވަތަ ކޮފީއަކުންނުނެވެ. ނޫނީ ސޯޝަލް މީޑިޔާގެ ޒަރީޢާއިންނެވެ. އެކުގައި ވާހަކަދައްކާލާ ހަދާލުމުން އެކަކުއަނެކަކުގެ މިޒާޖު ދަސްވެ އެކަކު އަނެކަކު ދެކެ ގަޔާވެވެނީއެވެ. އެމީހަކާއިއެކުގައިވާ ވަގުތުތަކުގައި ވަގުތުތައް އުދުހިގެންދާހާ އަވަސްހެން ހީވާއިރު މަދު މަސްކޮޅަކަށްފަހު ތިބާގެ ހަގީގީ ހަޔާތުގެ ބައިވެރިޔާ  އަތުވެއްޖެކަން ތިބާއަށް ޔަޤީން ކުރެވެއެވެ. އެއީ ތިމާއަށް އިޙްސާސް ކުރެވޭ ޖަޒުބާތުތައް ވަރުގަދަކުމުން ނިންމޭ މުހިއްމު ނިންމުމަކަށް ވަނީއެވެ. ދެން އެކަކު އަނެކަކާއި މެދުގައި ވަރުގަދަ ގުޅުމެއް އުފެދި ސޯޝަލް މީޑިޔާގައި ލޯބީގެ ޝުޢޫރުތައް ހިއްސާކުރެވި ދެ މީހުންގެ ރައްޓެހިންނަށް ތަޢާރަފުވެދެއެވެ. މިއީ ތިމާއަށް ލިބުނު ނިޢުމަތެއްކަމަށް ވިސްނަން ފެށައެވެ. ސިކުންތަކަށްވެސް އެ އިޙްސާސް ނިމުމަކަށް އަންނަކަން ތަޞައްވުރު ނުކުރެވި، އެ ބާވަތުގެ އުންމީދާއެކު ތިމާގެ ކައިވެނީގެ ގޮށްޖަހާލެވި ހުރިހާ ސާމާނުތަކާއި  އެކުގައި ދެމީހުން އެއް ގެއަކަށް ބަދަލުވެއެވެ.

ދެން އެއްދުވަހަކު ހެނދުނު ހޭލައިގެން ވިސްނާލާއިރު ތިމާ އަބަދަށްޓަކައިވީ ލޯބި، ހަގީގަތުގައި އެއީ ހަގީގީ ލޯތްބެއް ނޫންހެން ހީވާ ކަންކަން ފަށައެވެ. ދެން އަމިއްލަ ނަފްސަށް ތަފާތު ވިސްނުންތައް ވިސްނައިދޭން ފެށެއެވެ. މި ކުރެވުނީ ކޮންކަހަލަ މޮޔަކަމެއްބާއޭވެސް ހިތަށް އަރައެވެ. އެފަދަ ޚިޔާލުތައް ތެރޭގައި ބައިވެރިޔާ އަބަދުވެސް ކަންކަން ނިންމުމަށް އެންމެ ފަހު ވަގުތާ ހަމައަށް މަޑުކުރާހެން ހީވެއެވެ. އެއީ ފަރުވާކުޑަ މީހެކޭ ހިތަށް އަރައެވެ. އޭނާ އަބަދުވެސް ތަންތަނަށް ނުވަތަ މަސައްކަތަށް ލަސްވާތީ އެއްގޮތަކަށްވެސް ކަންބޮޑުވާހެނެއް ހިޔެއް ނުވެއެވެ. މޭވާ ކެއުމުގެ ކުރިން މޭވާ ނުދޮވެއެވެ. ސައިކަލު ދުއްވަން ވެސް ފަރިތައެއް ނޫން ކަހަލައެވެ. އޭނާ ފައިސާ ހޭދަކުރަނީ އެއްވެސް ބަޖެޓެއް ހެދުމެއްނެތި އަދި އެއްވެސް ވިސްނުމެއް ނެތިއެވެ.  އަދި ދުވަހަކުވެސް މުސްތަގުބަލާ މެދު ކަންބޮޑުވާހެނެއް ހިޔެއް ނުވެއެވެ. އެމީހުންގެ ވިސްނުމުގައި މީހުންނާދޭތެރޭ އެއްވެސް ވަރަކަށް އިޙްސާސެއް ނެތެވެ.

ތިމާއަކީ އަބަދުވެސް ކަންކަމާދޭތެރޭ ފުންކޮށްވިސްނާ ކުރިމަގުގެ ޕްލޭންތަކާއިމެދު ފިޔަވަޅުތައް އަޅާ ކަންކަން ވަކިތަރުތީބަކުން ގެންދާމީހެކެވެ.  އެހެންކަމުން އެމީހުންގެ ހަރުދަނާކަމެއްނެތް އާދަތަކެއްގައި އުޅެމުންދާތަން ފެނުމުން، ތމާއާއި އޭނާގެ ގުޅުމަށް އަސަރެއް ކޮށްފާނެތީ ކަންބޮޑުވެއެވެ. އަބަދުވެސް ތިމާއަކީ ދީލަތި، ހިތްހެޔޮ، އަދި އޯގާތެރި މީހެއް ކަމަށްވެފައިވާތީ ބައިވެރިޔާއަކީވެސް އެފަދަ ރަނގަޅު މީހަކަށް ހެދުމަށް އެހީތެރިވުމަށް މަސައްކަތްފެށެއެވެ.

އެއަށްފަހު، ކެތްތެރިކަމާއެކު އެކި ގޮތްގޮތަށް އިޚްތިޔާރު ކުރުމަށް ހިތްވަރު ދެއެވެ. ވަރަށް އަވަހަށް ތިމާގެ ގިނަ ޖުމްލަތައް ފެށެނީ “ހަނދާންނެތުނީތަ؟” ނުވަތަ “ތިބާ އެބަޖެހޭ މިވެނިކަމެއް ނުވަތަ އެވެނިކަމެއް." ފަދައިންނެވެ. އިމާ އެމަސައްކަތް ފެށީ ވަރަށް ކެތްތެރިކަމާއެކު ނަމަވެސް އެއްވެސް މަސައްކަތެއް ކާމިޔާބު ނުވާތަން ފެންނަން ފަށައެވެ.  ބައިވެރިޔާ އަދިވެސް ކުރަނީ ހަމަ އެ އުނދަގޫވާ ކަންތައްތަކެވެ. ދެން  ތިމާއަށް ރުޅިިއާދެވި އެ ރުޅި އިތުރަށް ގަދަވެއެވެ. ދެން ތިމާ މާޔޫސްވާން ފަށައެވެ. އެއީ އެމީހުންނަށް އެހީތެރިވާން އުޅޭ މިންވަރު އެމީހުންނަށް އަގު ނުކުރެވޭހެން ހީވާތީއެވެ. ކޮންމެއަކަސް ލޯތްބަކީ އެއީކީ ނޫންހެއްޔެވެ؟ އަޅުގަނޑުމެންގެ ބައިވެރިންނަށް ކަންކަން ދަސްށްދީ، އެހީތެރިވެދީ އަދި އެމީހުން އަމިއްލައަށް ރަނގަޅު ބަޔަކަށް ވުމަށް މަގުފަހި ކޮށްދިނުމެއް ނޫންހެއްޔެވެ؟

އާއެކެވެ. ލޯތްބަކީ އެއެއްނޫނެވެ.

ބައިވެރިޔާ ތަރުބިއްޔަތު ކުރަނީ ކީއްވެ ހެއްޔެވެ؟

އަޅުގަނޑުމެން އެންމެންވެސް ގުޅުންތަކުގައި އާދެވޭނީ އަޅުގަނޑުމެންގެ އަމިއްލަ ތަޖުރިބާތަކާއި ތަރުބިއްޔަތުން އުފަންވާ ވަކި ޢަޤީދާތަކާއި، ނަޒަރިއްޔާތަކާއި، އަދި ގަބޫލުކުރާ ކުރުންތަކާއި އެކުގައެވެ.  އެއްވެސް ދެމީހަކު ދުވަހަކުވެސް އެއްގޮތް ނުވާއިރު، ގުޅުމެއްގައި ފެންނަ ގޮތަކީ ބައިވެރިޔާ ލޮލަށް ބަލާލާފައި ދުނިޔެ ތަންކޮޅެއް އަވަހަށް އެނބުރޭ ގޮތް ހެދުން ކަހަލަ ކަމެކެވެ.

އަބަދުވެސް ބައިވެރިޔާ “ތަރުބިއްޔަތު” ކުރުމުގެ އުސޫލަކަށް ފުންމާލާނަމަ، ފަހަރެއްގައި މައިންބަފައިންގެ މެދުގައި އޮތް ގުޅުމުގައި ވެސް ހަމަ އެ އެ މިސާލު ކުޅެމުން ދިޔަތަން ފެނިދާނެ ކަމަށް ވިސްނާށެވެ. ކުޑައިރުގެ ހުރިހާ ދުވަހަކަށް ތިބާއަށް މޮޑެލް ކުރެވިފައިވާތީ، އެކަކު އަނެކަކު ދެކެ ލޯބިވާ ދެމީހެއްގެ މެދުގައި އޮންނަ އާދައިގެ، ދުޅަހެޔޮ ކަމުގެ ގުޅުމެއްގެ ގޮތުގައި ރަޖިސްޓްރީ ވެފައި އޮވެދާނެ އެވެ.

މިކަހަލަ ކަންކަން ހިނގުމުން ރައްޓެހިންނާއި އާއިލާގެ މެމްބަރުންނާ މަޝްވަރާ ކުރެވެން ފަށައެވެ. އެމީހުންގެ ފަރާތުން ތަކުރާރުކޮށް ރަނގަޅު ނިޔަތެއްގައި ނަސޭހަތް ލިބިދާނެ އެވެ. ކައިވެނީގެ ކުރީކޮޅު ބައެއްކަންކަމާއި މާޔޫސްވެގެން ވާހަކަ ދެއްކުމުން  ރައްޓެހިން ބުނެއުޅެއެވެ. “ހާސްނުވޭ، ތިކަމުގައި ބޭނުންވަނީ ހަމައެކަނި އޭނަ ޓްރެއިން ކުރަން.” ނަމަވެސް ހަގީގަތަކީ ކައިވެނި ކުރެވުނީ އިންސާނަކާއެވެ. ކައިވެނި ކުރީ ރޮބަޓަކާއި ނޫންކަމެވެ.

ބައިވެރިޔާއާއިމެދު ހިތްހަމނުޖެހޭ އަނެއް ސަބަބަކީ ބައިވެރިޔާ ދުނިޔޭގައި ވުޖޫދުގައި އުޅޭ ގޮތުގެ ސަބަބުން ހަގީގަތުގައި ތިބާއަށް ވަރަށް ބޮޑު އުނދަގުލެއް ކުރިމަތިވުމެވެ. ސަބަބަކީ އެއީ ތިމާ އަމިއްލައަށް ދިރިއުޅެން އިޚްތިޔާރުކުރި ގޮތާ ތަފާތު ގޮތަކަށް އޭނާގެ ދިރިއުޅުމުގައި ތަފާތު ކަމެއް ހުރުމެވެ. އެހެންކަމުން ބައިވެރިޔާއަށް “އެހީތެރިވުމަށް”، އެމީހުން ތަމްރީނުކޮށް، އަމިއްލަ ގަބޫލުކުރާ ގޮތާއި ދުނިޔޭގެ ނަޒަރިއްޔާތަށް ބަދަލުކުރުމަށް މަސައްކަތްކުރާއިރު، ފަހަރެއްގައި ތިމާ ގަބޫލުކުރާ ގޮތާ ހިލާފު ކަންތައްތަކެއް ހުރުމުން އަމިއްލަ ނުތަނަވަސްކަން ކުޑަކުރަން މަސައްކަތް ކުރެވެނީއެވެ.

ހަމައެކަނި އަމިއްލަ ނަފްސަށް ފޯކަސް ކުރުމަށްވުރެ އެހެން މީހަކަށް ފޯކަސް ކުރުމަކީ ފަސޭހަ އަދި ރައްކާތެރި ކަމެއް ކަމަށް ވެދާނެއެވެ. ތިމާ ގަބޫލުނުކުރާ ބައެއް އެއްޗެހި ނުވަތަ ތިމާ ކުރިމަތިލާން ބޭނުން ނުވާ ބައެއް ހަރުކަށި ހަގީގަތްތައް ހުރިކަން ދެނެގަންނަން ފުރުސަތު އެބައޮތެވެ.  ބައިވެރިޔާގެ ކަންކަމަށް މާބޮޑަށް ސަމާލުކަން ދިނުމަކީ އުނދަގޫ އިހުސާސެއް ނުކުރެވޭ އަދި އެއީ ރަނގަޅު ސްޓްރެޓެޖީއެއް ކަމުގައި ހީވެއެވެ.

ހަގީގަތަކީ ބައިވެރިޔާއަކީ ފުރިހަމަމީހަކަށް ވެފައިވާތަން ފެންނަން އެދެވޭ އެދުމަށްވުރެ އޭނާގެ ކިބައިގާ ކުޑަ ރަނގަޅު ކަމެއް ހުރުމަކީވެސް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ގަބޫލުކުރެވެނީއެވެ. ބޭނުންވަނީ ހުރިހާ ކަމެއްގައިވެސް ބައިވެރިޔާ ފުރިހަމަ ވުމަށެވެ. ގަބޫލުކުރަންވީ އެއްވެސް މީހަކީ ފުރިހަމަ މީހެއް ނޫންކަމެވެ. އޭނާގެ ގޮތުގައި އޭނާ ބަލައިގަތުމަށެވެ. ގުޅުން ރަނގަޅުކުރުމަށްޓަކައި ތިރީގައި މިވާ ކަންކަމަށް ވިސްނާށެވެ.

އަމިއްލަ ނަފްސަށް ފޯކަސް ކުރާށެވެ:

ބައިވެރިޔާގެ އާދަތަކަށް ފޯކަސް ކުރުމުގެ ބަދަލުގައި އެނބުރި އަމިއްލަ ގުޅުމުގެ އުންމީދުތަކާއި ނަޒަރިއްޔާތުތައް ހޯދުމަށް ހޭލުންތެރިކަމާއެކު މަސައްކަތް ކުރާށެވެ. ތެރަޕިސްޓަކާއެކު މަސައްކަތް ކުރުމަކީ ފަހަރެއްގައި ބަދަލުކުރަން ބޭނުންވާ ގަދަފަދަ އުސޫލުތައް ދެނެގަނެ ވިސްނައިދިނުމާއި، އަމިއްލަ ނަފްސާއި/ނުވަތަ ދުވަހަކުވެސް ހަގީގަތުގައި ޚިދުމަތް ނުކުރާ ގުޅުންތަކާ ބެހޭ ދުވަސްވީ ގަބޫލުކުރުންތަކަށް ގޮންޖަހާލެވޭނެ ކަމެކެވެ.

ކޮންޓްރޯލް ދޫކޮށްލާށެވެ.

މިއީ ފަސޭހަ ކަމެއް ނޫނެވެ. ސަބަބަކީ ކޮންޓްރޯލް އޮތުމަކީ އަބަދުވެސް ތިމާގެ ރައްކާތެރިކަމާއި ރައްކާތެރިކަން އިހުސާސް ކުރެވޭނެ ގޮތް ކަމަށް ވެދާނެއެވެ. ނުވަތަ މިއީ ލޯބި ފާޅުކުރަން ދަސްކުރި ގޮތް ކަމަށް ވެދާނެ އެވެ. ކޮންމެ ސަބަބަކާހުރެ ނަމަވެސް އަދި ތިމާގެ ފަސޭހަނުވިޔަސް ތިމާގެ ކޮންޓުރޯލުން ބައިވެރިޔާ ވީއްލުމަކީ ބިރުވެރި ކަމެއް ކަމުގައި ހީވެދާނެއެވެ.  ނުވަތަ އެއީ މުޅިން މާ ބޮޑު މަސައްކަތެއް ކަމުގައި ހީވެދާނެ އެވެ.

ތިއީ ޓީމެކެވެ.

ބައިވެރިން ވާންޖެހޭނީ އެހީތެރިންނަށެވެ. އެއް ޓީމަކަށެވެ. ދުޝްމަނުންނަކަށް ނޫނެވެ.  ބައިވެރިޔާއަށް އެކަމަށް ތައްޔާރުވެއްޖެނަމަ ދެމަފިރިންގެ ތެރަޕިސްޓެއް ހޯދާށެވެ. ބައެއް ފަހަރު ބައިވެރިޔާއަކީ މައްސަލަ ކަމަށް ހީކޮށްގެން ނުވަތަ ފަހަރެއްގައި އެމީހުންނަށް ތިމާއަކީ މައްސަލަ ކަމަށް ހީކޮށް މަޅިއަކަށް ވެއްޓިދާނެ އެވެ. ތިބާއާއި އެމީހުންނަކީވެސް މައްސަލައެއް ނޫންކަން ދެނެގަތުމަށް ތެރަޕިސްޓަކު އެހީތެރިވެދެވިދާނެއެވެ. އޭރުން މައްސަލައެއް އޮތްކަން ދެނެގަނެވޭނެއެވެ.އެކަން ހައްލުކުރެވޭނީ އެކުގައި މަސައްކަތްކޮށްގެން ކަމަށެވެ.

މީހަކާ ވާހަކަ ދެއްކުމަކީ ކޮންމެހެން ގުޅުން ނިމުމަކަށް އަންނަ ކަމަކަށް ވާކަށް ނުޖެހެއެވެ. އެކަކު އަނެކަކު ރަނގަޅަށް ދެނެގަތުމަށް މަސައްކަތް ކުރަން ބޭނުންވާ ދެމަފިރިންނަށްވާށެވެ. އެމީހުން ކޯޅުންތަކާއި ގޮންޖެހުންތައް ހައްލުކުރާ ގޮތް ރަނގަޅު ކުރަން ބޭނުންވާ ދެމަފިރިންނަށް ވާށެވެ.

ނިންމުން

ދެމަފިރިންގެ ގުޅުންތަކުގައި ކިތަންމެ ގޮތަކަށް ފެނިގެން ދިޔަޔަސް، އެއީ ޙުކުމް ކުރަންޖެހޭ ކަމެއް ނޫންކަން ދެނެގަންނާށެވެ. ބައިވެރިޔާއަކީ ކާކުކަން ގަބޫލުކުރާށެވެ. އޭނާގެ އުފާތަކާއި ކަންބޮޑުވުންތައްވެސް ދެނެގަންނާށެވެ. ކޮންމެފަހަރަކު ކަންތައްތައް ނިމެންވާނީ ތިމާ ބޭނުންވާ ގޮތަށް ނޫންކަން އަމިއްލައަށް ގަބޫލުކުރާށެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *