ކެތްތެރިވާން ކުދިންނަށް ދަސްކޮށްދިނުން.

ކެތްތެރިކަން ހުންނަ ކުދިން ނާކާމިޔާބީތަކުގައި ހިތްވަރުކޮށްފައި ކަންކަމާއި ކުރިމަތިލާ ކާމިޔާބު ކުރެއެވެ. އެމީހުން ގަބޫލުކުރާ ގޮތުގައި އެމީހުންގެ މަސައްކަތުގެ ނަތީޖާ ލިބޭނެއެވެ. އެހެންކަމުން އެއްވެސް ހުރަހެއް ކުރިމަތިވިޔަސް، ބުރަކޮށް މަސައްކަތްކޮށް، ކުރަންފެށި މަސައްކަތް ނިންމުމަށްޓަކައި ހިތްހަމަޖައްސާލައިގެން ތިބެއެވެ.

ކުއްޖަކު ކަމެއް ހާސިލްކުރުމަށްޓަކައި މަސައްކަތެއް ކުރުމަށްފަހު އެކަމުން ނާކާމިޔާބު ވުމުން އޭނާގެ ޢަމަލުތަކަށް ފާރަވެރިވާށެވެ. އަދި ދަރިފުޅު ވަރުބަލިވާނެކަމަށާއި އޭނާއަށް އަރާމު ކޮށްލުމަށް ވިސްނައިދޭށެވެ. ގަވާއިދުން ނިދުމުގެ އުސޫލުތަކުގައި ހިފަހައްޓައިގެން ދަރިފުޅުގެ ކޮންސެންޓްރޭޝަން ޤާބިލުކުރާށެވެ. ނިދުމުގެ އެއްގަޑިއިރު ކުރިން ސްކްރީންތަކާއި ހޮޅިބުރިތައް ނިއްވާލާށެވެ. އެންމެ ރަނގަޅުގޮތަކީ ނިދާކޮޓަރީގެ ބޭރުގައި ސްކްރީންތައް، ޓީވީ ނުވަތަ ކޮންޕިއުޓަރތައް ބެހެއްޓުމެވެ. ކުއްޖާ ކަމެއްގައި ކާމިޔާބު ހޯދުމަށް ކުރާ މަސައްކަތުގައި ބެލެނިވެރިންގެ ޕްރެޝަރުގެ އަންނަކަން އިހުސާސްތައް ކުރެވިދާނެއެވެ. ދަރިފުޅުގެ ލޯތްބަކީ އެމީހުންގެ ކާމިޔާބީއަށް ބިނާވެފައިވާ ލޯތްބެއް ނޫންކަން ދަރިފުޅަށް ހާމަކުރާށެވެ. ކުއްޖާއަށް ހާސްވުމަށް ފުރުސަތު ނުދޭށެވެ. އެމީހުންގެ މަސައްކަތަށް ތައުރީފު ކުރާށެވެ. ތައުރީފް ކުރަންވީ ހަމައެކަނި އެމީހުންގެ ނަތީޖާއަކަށް ނޫނެވެ.

ދަރިފުޅުގެ ހުނަރުގެ ފެންވަރަށްވުރެ ކުޑަކޮށް މަތީގައި އުންމީދުތައް ކަނޑައަޅާށެވެ. ކަންކަމުގައި މާބޮޑަށް އުއްމީދު ކުރުމުން ހާސްކަން ކުރިމަތިވާއިރު، މާ ދަށް އުންމީދުތަކުން ކުދިން ފޫހިވުން ފަދަ ކަންކަން މެދުވެރި ވެދާނެއެވެ. ވީމާ އަބަދުވެސް ކުއްޖާގެ ޤާބިލުކަމާ އެއްގޮތް ވާވަރަށް އުންމީދުތައް ކުރާށެވެ.

ނާކާމިޔާބުވުމަކީ ކުރިއެރުމަށް ލިބުނު ފުރުސަތުތަކެއްކަން ކުދިންނަށް ދަސްކޮށްދޭށެވެ. ކުދިން ހީކުރި ގޮތަށް ހާލަތެއް ނުދިޔަ ނަމަވެސް ކަމެއްގައި ނާކާމިޔާބުވުމަކީ އޭގައި ހެޔޮ ކަމެއް އޮވެދާނެކަމެއްކަން ކުދިންނަށް ހަނދާން ކޮށްދޭށެވެ.

ކުދިންނާއި މައިންބަފައިން އެކުގައި ކުދިކުދި ކާމިޔާބީތައް ފާހަގަކުރާށެވެ. ތަކުރާރުކޮށް ނާކާމިޔާބުވުމަކީ ކެތްތެރިކަން ކޮޅުންލާ ކަމެއް ނަމަވެސް އެންމެ ކުޑަ ކާމިޔާބީއަކީ ކުއްޖަކު ކުރިއަށް ދިއުމަށް ހިތްވަރު ލިބިދާނެ ކަމެއް ކަމުން އެމީހުންނަށް ލިބޭ ކުދިކުދި ކާމިޔާބީތައް ދެނެގަތުމަށް އެހީތެރިވެދޭށެވެ.

ކުއްޖާއަށް ގާބިލްކުއްޖެއްކަން އިހުސާސްކުރެވުމަށްޓަކައި ދަރިފުޅަށް ތަޢުރީފް ކުރާށެވެ. އެއީ ހަމައެކަނި އޭނާ ހޯދާ ނަތީޖާއަކަށް ނޫނެވެ. ނަމަވެސް ދަރިފުޅު ނަތީޖާ ހޯދަންކުރި މަސައްކަތަށްވެސް  ތަޢުރީފު ކުރާށެވެ. އަމާޒަކީ އެމީހުންނަށް އިތުރު ހިތްހަމަޖެހުމާއި ކާމިޔާބު ހޯދުމަށް މޯޓިވޭޓް ކުރުމެވެ.

ބެލެނިވެރިން ކުދިންނަށް ކަންކަން ދަސްކޮށްދެން ޖެހެއެވެ. ބައެއްފަހަރު މައިންބަފައިން ފަހަތަށް ޖެހިލާފައި އެމީހުންނަށް ކަންކަން ކުރަން ދޫކޮށްލާށެވެ. އެންމެ ރަނގަޅު އުސޫލަކީ ދަރިންނަށް އަމިއްލައަށް ކުރެވޭނެކަންކަން މައިންބަފައިން ނުކުރުމެވެ. އޭރުން ދަރިފުޅުގެ ގޯސްތައް ރަނގަޅުކުރާ ކޮންމެ ފަހަރަކު ނުވަތަ އެއަށްޓަކައި ކަމެއް ކުރާ ކޮންމެ ފަހަރަކު ދަރިފުޅަށް ކަންކަމަށް ބަރޯސާވާން ދަސްވާ މިންވަރު އިތުރުވަމުންދެއެވެ. އޭރުން ކުދިން ދާނީ ކެތްތެރިކަން ތަރައްޤީ ކުރުމުގެ ފުރުޞަތު އިތުރުކުރަމުންނެވެ. ދަރިފުޅަށް އެކަނި މަސައްކަތެއް ފުރިހަމަ ކުރެވޭނެކަން އެނގުމުން ފަހަތަށް ފިޔަވަޅެއް އަޅާށެވެ. އެމީހުންނަށް އެ ކާމިޔާބީގެ އިހުސާސް ބަލައިގަތުމަށް ފުރުޞަތުދޭށެވެ. ކުދިންނަކީ މައިންބަފައިންނާއި ނުލާވެސް އުޅެންޖެހޭނެ ބައެއްކަންދެކި އެކުދިންނަށް ދިރިއުޅެން ދަސްކޮށްދޭށެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *