ކޮލެޖް އިމްތިހާނުތަކުގައި ދަރިވަރުން "މަކަރުހެދުމާއި ދެކޮޅަށް" ތޮފިތަކެއް އަޅައިގެން ތިބި ތަސްވީރުތައް ފިލިޕީންސްގެ ސޯޝަލް މީޑިއާގައި ވައިރަލް ވެއްޖެއެވެ. އަދި މިއީ މަޖާ ކަމަކަށްވެސް ވަނީ ވެފައެވެ. ފިލިޕީންސްގެ ލެގަޒްޕީ ސިޓީގެ ކޮލެޖެއްގެ ދަރިވަރުންނަށް އަންގާފައި ވަނީ އެހެން ކުދިންގެ އިމްތިހާން ކަރުދާސްތަކަށް ނުބެލޭނެފަދަ ގޮތަށް ބޮލުގައި އަޅާ އެއްޗެއް ހެދުމަށެވެ.
އެގޮތުން ގިނަ ކުދިން ކާޑުބޯޑާއި ބިސް ފޮށިގަނޑާއި އަދި އެހެނިހެން ރީސައިކަލް ކުރެވޭ ތަކެތިން ތަކެތި އުފައްދާ އިމްތިހާން ހޯލަށް ދިޔައެވެ. އަނެއް ބަޔަކު ވަނީ ހެލްމެޓާއި ތަފާތު މާސްކް އަޅައިފަ އެވެ.
އެމީހުންގެ މުދައްރިސް ފާހަގަކުރާ ގޮތުގައި އޭނާގެ ކްލާސްތަކުގައި "ނަޒާހަތްތެރިކަމާއި ތެދުވެރިކަން" ކަށަވަރު ކުރުމަށްޓަކައި "މަޖާ ގޮތެއް" ހޯދަމުން އަންނަ ކަމަށެވެ.
ބިކޯލް ޔުނިވާސިޓީ ކޮލެޖް އޮފް އިންޖިނިއަރިންގެ މެކޭނިކަލް އިންޖިނިއަރިންގެ ޕްރޮފެސަރު މެރީ ޖޯއީ މަންޑޭން-އޮޓިޒް ވިދާޅުވީ އެ ޚިޔާލަކީ "ހަގީގަތުގައި ވެސް ފައިދާހުރި ޚިޔާލެއް" ކަމަށެވެ.
އެއީ ދާދި ފަހުން އޮކްޓޯބަރު މަހުގެ ތިންވަނަ ހަފްތާގައި އެ ކޮލެޖުގައި އެތައް ސަތޭކަ ދަރިވަރުންނެއް އިށީނދެގެން ކުރިއަށް ގެންދިޔަ މިޑްޓާމް އިމްތިހާނުތަކަށް ތަންފީޒު ކުރެވުނު ކަމެކެވެ.
ޕްރޮފެސަރ މަންޑޭން-އޮޓިޒް ވިދާޅުވީ އޭނާގެ ފުރަތަމަ އެދުމަކީ ދަރިވަރުން ކަރުދާހުން "ސާދާ" ޑިޒައިންއެއް ހެދުމަށް އެދިފައިވާ ކަމަށެވެ.
މީގެ ކުރިން ތައިލެންޑްގައިވެސްވަނީ، މިކަހަލަކަމެއް ކޮށްފައެވެ.
