ފީފާ ވޯލްޑް ކަޕް 2022 ގައި މަޝްހޫރު 10 ކުޅުންތެރިން ނުފެންނާނެ

ވޯލްޑް ކަޕަކީ ދުނިޔޭގައި ބާއްވާ ފުޓްބޯޅައިގެ އެންމެ ބޮޑު ޝޯކޭސް އިވެންޓެވެ.  މި ކުޅިވަރުގައި ކުޅުންތެރިން އެމީހުންގެ އެންމެ މޮޅު ކުޅުންދައްކާ ޓީމުތަކަށް އާ އުސްމިންތަކަކަށް ވާސިލްވުމަށް އެހީތެރިވެދެއެވެ.

އެހެން ނަމަވެސް މި މަހު 20 ގައި ގަތަރުގައި ފަށާ ފީފާ ވޯލްޑް ކަޕް ގައި ދުނިޔޭގެ ބައެއް ބޮޑެތި މަޝްހޫރު ފުޓްބޯޅަ ކުޅުން ތެރިން ނުކުޅޭނޭ ކަމަށްވަނީ އިޢުލާން ކޮށްފައެވެ.

މިފަހަރުގެ ވޯލްޑް ކަޕުން 10 ކުޅުންތެރިންނަށް ނުކުޅެވޭނެ ކަމަށްވަނީ އެ ޓީމުތައް މުބާރާތުން ކޮލިފައިނުވުމުގެ ސަބަބުންނެވެ. ކޮލިފައި ނުވި ޓީމުތަކުގެ ތެރޭގައި ނޯވޭ، މިސްރު އަދި އިޓަލީ ހިމެނޭތީ އެރްލިންގް ހާލަންޑް، މުހައްމަދު ސަލާހު އަދި ޖިއަންލޫއިޖީ ޑޮނަރޫމާ ފަދަ ކުޅުންތެރިންނަށް ހިތްދަތިކަން ކުރިމަތިވި އެވެ.

ފީފާގެ މެމްބަރު 211 ގައުމުގެ ތެރެއިން ވޯލްޑް ކަޕް 2022، 2022 ގައި ޖާގައެއް ބުކް ކުރެވުނީ 32 ޤައުމަށްވާއިރު ޓީމުތައް ކޮލިފައި ނުވުމުގެ ސަބަބުން މިފަހަރުގެ ވޯލްޑް ކަޕްގައި ނުކުޅޭވޭނެ ކަމަށް ބުނާ އިތުރު ކުޅުންތެރިންނަކީ ދުނިޔޭގެ މިހާރުގެ އެންމެ މޮޅު ޒުވާން ފޯވާޑް ހާލަންޑަރ، މިސްރުގެ ކުޅުންތެރިޔާ މުހައްމަދު ސަލާހު، އޮސްޓްރިއާގެ ޑޭވިޑް އަލަބާ، އަލްޖީރިއާގެ ރިޔާދު މަހްރޭޒް، ނޯވޭގެ މާޓިން އޮޑެގާޑް، އިޓަލީގެ ޖިއަންލޫއިޖީ އާއި އައިވަރީ ކޯސްޓްގެ ފްރެންކް ކެސީ ގެ އިތުރުން ކޮލަމްބިއާގެ ލުއިސް ޑިއާޒް އާއި ނައިޖީރިއާގެ ވިކްޓަރ އޮސިމްހެން އެވެ.

މީގެ އިތުރުން އަނިޔާވުމުގެ ސަބަބުން ފްރާންސްގެ ތަޖުރިބާކާރު މިޑްފީލްޑަރ ޕޯލް ޕޮގްބާ އަށްވެސް ނުކުޅޭވޭނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.

އިޓަލީގެ ބައެއް މީޑިއާތަކުން ހާމަކުރާ ގޮތުގައި ޕޮގްބާގެ ފައިގެ ފަލަމަސްގަނޑަށް ލިބިފައިވާ އަނިޔާގެ ސަބަބުން ކޮށްފައިވާ ސާޖަރީން ރަނގަޅުވާން އަދިވެސް ވަގުތު ބޭނުން ވާނެ ކަމަށާއި އެހެން ކަމުން އޭނާ ޓީމާ ގުޅުމަކީ ވަރަށް ނާދިރު ކަމެއް ކަމަށެވެ.

މި އަހަރުގެ ވޯލްޑް ކަޕު ގަތަރުގައި ބާއްވާއިރު، ގަތަރުން އަންނަނީ ސަޕޯޓަރުންގެ އިތުރުން ކުޅުންތެރިންނަށް ލުއި ފަސޭހަ ވާނޭ ގޮތަށް ކަންކަން އިންތިޒާމް ކުރަމުންނެވެ.

ދުނިޔޭގެ ނިސްބަތުން އެންމެ މުއްސަނދި އެއް ގައުމު ކަމަށްވާ ގަތަރަށް މިއަހަރުގެ ވޯލްޑް ކަޕް ބެލުމަށް އެއް މިލިއަނަށް ވުރެ ގިނަ ބިދޭސީން ޒިޔާރާތް ކުރާނެ ކަމަށް ލަފާކުރެވެއެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *