ބަނގުރާ ވިއްކުން މަނާކުރުމަށް ގަތަރުން ނިންމި ނިންމުމަށް ފީފާގެ ރައީސްގެ ތާއީދު

ވޯލްޑް ކަޕް ސްޓޭޑިއަމް ސަރަހައްދުގައި ބަނގުރާ ވިއްކުން މަނާކުރުމަށް ގަތަރުން ނިންމި ނިންމުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ތާއީދު ކުރައްވައިފިއެވެ.

ގަތަރުގެ ވެރިރަށް ދޯހާގައި މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަމުން، އިންފަންޓީނޯ ވިދާޅުވީ ސްޓޭޑިއަމަށް ބިޔަރު ހިފައިގެން ވަނުމަކީ ޔޫރަޕްގެ ފްރާންސާއި ސްޕެއިން އަދި ޕޯޗުގަލްގެ އިތުރުން ސްކޮޓްލޭންޑްގައި ވެސް މަނާ ކަމެއް ކަމަށެވެ. ގަތަރު ވޯލްޑް ކަޕް ސްޓޭޑިއަމްގައި ރާ މަނާކުރުމަށް ތާއީދު ކުރައްވައި ވިދާޅުވީ ދުވާލަކު ތިން ގަޑިއިރު ބިޔަރު ނުބޮއެ ވެސް ސަލާމަތްވާނެ ކަމަށެވެ.

ވޯލްޑް ކަޕް މުބާރާތް ފެށުމުގެ ދެ ދުވަސް ކުރިން ފީފާގެ ސްޓޭޑިއަމްތަކުގައި ބިޔަރު ވިއްކުން މަނާކުރުމާ ގުޅިގެން ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވަނީ ވޯލްޑް ކަޕް ހޯސްޓް ގަތަރަށް ޔޫރަޕްގެ ފާޑުކިޔުންތައް އަމާޒުވިއެވެ. ފާޑު ކިޔުންތަކުގެ ރައްދުގައި ގަތަރުން ބުނެފައިވަނީ، 28 ދުވަހަށް އެ ޤައުމުގެ ޘަޤާފަތާއި އާދަކާދައާއި ދީން ދޫކޮށްނުލެވޭނެ ކަމަށެވެ.

އިއްޔެ ގަތަރުގެ ޝާހީ އާއިލާއިން ވަނީ ފީފާއިން ބަޑްވައިޒަރާއެކު 63 މިލިއަން ޕައުންޑުގެ ސްޕޮންސާޝިޕް އެއްބަސްވުމެއް ހަދާފައިވީ ނަމަވެސް މުބާރާތުގެ ސްޓޭޑިއަމްތަކުގެ ތެރޭގައި ރާ ނުވިއްކުމަށް ގޮވާލާފައެވެ. އަދި އޭގެ ފަހުން ގަތަރުން ވަނީ ފީފާއެކު އެފަދަ އެއްބަސްވުމެއް ހަދާފައެވެ.

އިންފަންޓީނޯ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިތުރަށް ވިދާޅުވީ، ޔޫރަޕްގެ މީހުންނާއި ހުޅަނގުގެ ގައުމުތަކުން އޭނާއަށް ގިނަ ފިލާވަޅުތަކެއް ދަސްކޮށްދީފައިވާ ކަމަށެވެ. އޭނާއަކީ ޔޫރަޕަށް އުފަން މީހެއްކަން ފާހަގަކުރައްވައި، ވިދާޅުވީ، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި 3،000 އަހަރު ވަންދެން ހުޅަނގުގެ މީހުން ކުރަމުން އައި ކަންކަމަށްޓަކައި، އެހެން ގައުމަކަށް ފިލާވަޅުތައް ދިނުމުގެ ކުރިން، ކުރިއަށް އޮތް 3،000 އަހަރު މާފަށް އެދެންޖެހޭ ކަމަށެވެ.

އިންފަންޓީނޯ ވިދާޅުވި ގޮތުގައި ބިދޭސީންނާ މެދު ހުޅަނގުން ހަމްދަރުދީ ވާނަމަ އެމީހުންނަށް ހުޅަނގުގެ ގައުމުތަކަށް ގޮސް މަސައްކަތް ކުރެވެން އޮތް ގާނޫނީ ހުރަސްތައް ނައްތާލަައި ޤަތަރު ފަދައިން އެފުރުސަތު ދޭންޖެހެއެވެ. އޭނާ ވަނީ 2016 ވަނަ އަހަރުން ފެށިގެން އެޤައުމަށް އައިސްފައިވާ ކުރިއެރުންތައް ހުޅަނގުގެ މީހުން ނުދެނެގަންނަނީ ކީއްވެތޯ ސުވާލު އުފައްދާފައެވެ.

ގަތަރުން ވޯލްޑް ކަޕް ބާއްވަމުން އަންނަނީ ފޯރީގައި ކަމަށާއި މިފަހަރުގެ ވޯލްޑްކަޕް ވެގެންދާނީ ހަނދާނުން ފޮހެލަން ދަތި މުބާރާތަކަށް ކަމަށެވެ.

ވޯލްޑް ކަޕް ފުރަތަމަ މެޗުގައި މާދަމާ ރޭ ރާއްޖޭ ގަޑިން 9 ޖަހާއިރު ނުކުންނާނީ ގަތަރާއި އިކުއެޑޯ އެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *