އޭޝިއަން އިންޑޯ އެތުލެޓިކްސް ގައި އަހްނާ އާއި ރޫޔާ

އޭޝިއަން އިންޑޯ އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި ރާއްޖެ ތަމްސީލުކުރާ އެތްލީޓުންގެ ގޮތުގައި މަރިޔަމް ރޫޔާ ޢަލީ އާއި އަހްނާ ނިޒާރު ހޮވިއްޖެ އެވެ.

ކަޒަކިސްތާންގެ ނޫރު ސުލްތާންގައި އޮންނަ 10 ވަނަ އޭޝިއަން ީނދޮޮރ އިންޑޯ އެތުލެޓިކްސް ޗެމްޕިއަންޝިޕް އޮންނާނީ މި އަހަރުގެ ފެބްރުއަރީ މަހުގެ 11-13 އަށެވެ. އެންމެ ފުރަތަމަ މި މުބާރާތް ބާއްވަން މަސައްކަތްކުރީ 2022 ގައެވެ. ނަމަވެސް ކޮވިޑުގެ ހާލަތާއި ގުޅިގެން މިއަހަރަށް އެ މުބާރާތް ފަސްކުރީ އެވެ.

މި މުބާރާތުގައި ވާދަކުރާ އެތްލީޓުން ހޮވާފައިވަނީ ޓައިމް ޓްރަޔަލް ތަކެއް ބާއްވާ، އެސޯސިއޭޝަނުން ކަނޑައަޅާފައި އޮތް ކްރައިޓީރިއާ އަށް ފެތޭ އެތްލީޓުންނަށް މުބާރާތުން ޖާގަ ދޭ ގޮތަށެވެ.

އެސޯސިއޭޝަނުން ކުރިއަށް ގެންދިޔަ ޓްރަޔަލް ގައި ކުރި ހޯދީ މިދިޔަ އަހަރުގެ ގައުމީ ގްރޯން ޕްރީގެ އަންހެން އެއް ވަނަ އެތުލީޓް ރޫޔާ އާއި މަކިޓާ ޖޫނިއާ ޗެމްޕިއަންޝީޕްގެ އަންހެން އެއް ވަނަ އެތުލީޓަކަށް ހޮވުނު ހދ. ކުޅުދުއްފުށީ އަހުނާ އެވެ.

ރޫޔާ ވަނީ މިދިޔަ އަހަރު ރަނގަޅު ނަތީޖާތަކެއް ހޯދާފައެވެ. އެގޮތުން މިދިޔަ އަހަރުގެ ކޮމަންވެލްތް ގޭމްސްގައި ލިބުނު އަނިޔާއަށްފަހު ތިން މަސްދުވަހު ކުޅުމާ ދުރުގަ ހުރުމަށްފަހު އެނބުރި އައިސް އޭނާ ވަނީ ތިން މުބާރާތެއްގައި ވާދަކޮށް ޤައުމީ ރެކޯޑާއި ރަނގަޅު ޓައިމިންތަކެއް ހޯދާފައެވެ.

މިދިޔަ އަހަރުގެ މަކިޓާ ޖޫނިއާ ޗެމްޕިއަންޝިޕްގެ އެއް ވަނަ އަންހެން އެތުލީޓަކަށް ހޮވުނު ހދ. ކުޅުދުއްފުށީ އަހުނާ ނިޒާރު ވަނީ މިދިޔަ އަހަރު ޤައުމީ ލެވެލްގެ ގިނަ މުބާރާތްތަކެއްގައި ބޮޑު ކުރިއެރުންތަކެއް ހޯދާފައެވެ. އޭޝިއަން އިންޑޯ ގޭމްސް އަކީ އަހްނާ ބައިނަލްއަގުވާމީ މުބާރާތެއްގައި ވާދަކުރާނެ ފުރަތަމަ ފަހަރެވެ.

ރޫޔާ އާއި އަހުނާ ވެސް ތަމްރީނުތައް ފުރިހަމަ ކުރަމުން ގެންދަނީ ރާއްޖޭގަ އެވެ. ރޫޔާގެ ފަރިތަކުރުންތައް މާލޭގައި ކުރިއަށް ދާއިރު، އަހުނާގެ ފަރިތަކުރުންތައް ކުރިއަށް ގެންދަނީ ކުޅުދުއްފުށީގަ އެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *