ކުޑަކުދިންގެ އުމުރުން 6 އަހަރާއި 8 އަހަރަކީ ކުޑަކުއްޖެއްގެ ދިރިއުޅުމަށް އެތައް ބަދަލުތަކެއް އަންނަ ދުވަސްވަރެކެވެ. މި ދުވަސްވަރުގައި ހަމައެކަނި އަތް ބޭނުންކޮށްގެން ކުރެވޭ މަސައްކަތްތައް ކުދިންނަށް ކުރަން ފަސޭހަވާނެއެވެ. އެގޮތުން ކުދިންނަށް ހެދުން އަޅަން ދަސްވުމާއި، ފަސޭހައިން ބޯޅަހިފުމާއި، އަދި ބޫޓުގެ ނާޑުވާ އެއްސޭނެ ފަދަ ކަންކަން ކުރެވޭނެއެވެ.
މިދުވަސްވަރުގައި ކުދިންނަށް ކުރެވޭނެ ކަންކަން ކުރުމަށް އާއިލާގެ ކިބައިން މިނިވަންކަން ލިބުމަކީ ވަރަށް މުހިންމު ކަމެކެވެ. ސްކޫލްގެ އިވެންޓްތަކުގެ ސަބަބުން މި އުމުރުގެ ކުދިން ގަވާއިދުން ދުނިޔެއާ ގުޅުވައިދެއެވެ. އެހެންކުދިންނާއި އެކުވެރިކަން އުފައްދާ، ދުވަހެއް ދުވަހަކަށް އެކުވެރިން މުހިއްމުވަމުން ދެއެވެ. ޖިސްމާނީ، އިޖުތިމާޢީ، އަދި ނަފްސާނީ ހުނަރުތައް މި ވަގުތު ވަރަށް އަވަހަށް ތަރައްގީވެއެވެ. މިއީ ރައްޓެހިންނާއި، ސްކޫލް މަސައްކަތްތަކާއި، ކުޅިވަރުތަކުގެ ތެރެއިން ފަދަ ދިރިއުޅުމުގެ ހުރިހާ ދާއިރާއަކުން ކުދިންނަށް އިތުބާރު އުފެއްދުމަށް މުހިންމު ވަގުތެކެވެ.
ޖަޒުބާތީ/އިޖުތިމާޢީ ބަދަލުތައް
މިއުމުރުގައި މައިންބަފައިންނާއި އާއިލާގެ ކިބައިން އިތުރު މިނިވަންކަން ދައްކާށެވެ.
މުސްތަޤްބަލާމެދު ކުދިން ވިސްނަން ފަށާނެއެވެ.
ދުނިޔޭގައި އޭނާގެ ދައުރާ ބެހޭ ގޮތުން އިތުރަށް ވިސްނާށެވެ.
އެކުވެރިކަމާއި ޓީމް ވޯކް އަށް އިތުރަށް ސަމާލުކަން ދޭށެވެ.
ރައްޓެހިންގެ ފަރާތުން ކަމުދިއުމާއި އަދި ބަލައިގަތުމަށް ބޭނުންވާނެއެވެ.
ވިސްނުމާއި އުނގެނުން ތަރައްގީ ވާނެއެވެ
ނަފްސާނީ ހުނަރުތައް ހަލުވިކަމާއެކު ތަރައްގީވާން ފަށާނެއެވެ.
ތަޖުރިބާތައް ބަޔާންކޮށް، ޚިޔާލުތަކާއި އިޙްސާސްތަކުގެ ވާހަކަ ދެއްކުމަށް ރަނގަޅު ގޮތްތައް ދަސްކުރާނެއެވެ.
އަމިއްލަ ނަފްސަށް ފޯކަސް މަދުވެ، އެހެން މީހުންނާ މެދު ކަންބޮޑުވުން ބޮޑުވާނެއެވެ.
މައިންބަފައިން ވިސްނަންވީ ކަންތައްތައް
ތިރީގައި މިވަނީ މި ދުވަސްވަރު ދަރިފުޅަށް އެހީތެރިވުމަށް ބެލެނިވެރިއެއްގެ ގޮތުގައި ކުރެވިދާނެ ބައެއް ކަންކަމެވެ.
1. ދަރިފުޅަށް އެކުދިންދެކެ ލޯބިވާކަން ދައްކާށެވެ. އޭނާގެ ކާމިޔާބީތައް ދެނެގަންނާށެވެ.
2. ދަރިފުޅަށް ޒިންމާދާރުކަމުގެ އިހުސާސް އުފެއްދުމަށް އެހީތެރިވެދޭށެވެ. އެގޮތުން ގޭތެރޭގެ މަސައްކަތްތަކުގައި މޭޒުމަތި ބެލެހެއްޓުން ފަދަ އެ އުމުރުގެ ކުދިންނަށް ކުރެވޭނެ ކަންކަމުގައި އެހީތެރިވުމަށް އެދޭށެވެ.
3. ދަރިފުޅާއެކު ސްކޫލާއި، ރައްޓެހިންނާއި، ކުރިއަށް އޮތްތަނުގައި އޭނާ އިންތިޒާރުކުރާ ކަންކަމާ ބެހޭގޮތުން ވާހަކަ ދައްކާށެވެ.
4. އެހެން މީހުންނަށް އިޙްތިރާމް ކުރުމާ ބެހޭގޮތުން ދަރިފުޅާ ވާހަކަ ދައްކާށެވެ. ހާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިވުމަށް ހިތްވަރު ދޭށެވެ.
5. ދަރިފުޅު އަމިއްލައަށް ހާސިލްކުރެވޭނެ ލަނޑުދަނޑިތައް ކަނޑައެޅުމަށް އެހީތެރިވެދޭށެވެ. އޭރުން އަމިއްލައަށް ފަޚުރުވެރިވާން ދަސްވާނެއެވެ. އަދި އެހެން މީހުންގެ ރުހުން ނުވަތަ އިނާމަށް ބަރޯސާވުން މަދުވާނެއެވެ.
6. ފުރަތަމަ ކުއްޖާގެ ތަޖުރިބާ އިތުރުކުރުމަށްޓަކައި އެހެން މީހުންނާއެކު ވުމަށް ދޫކޮށްލާށެވެ. އަދި ކުޅެން ނުކުތުމުގެ ކުރިން މަސައްކަތެއް ނިންމައިގެން ކެތްތެރިކަން ދަސްކުރުމަށް ދަރިފުޅަށް އެހީތެރިވެދޭށެވެ. ޢަމަލު ކުރުމުގެ ކުރިން ކުރިމަތިވެދާނެ ނަތީޖާތަކާ މެދު ވިސްނުމަށް ހިތްވަރު ދޭށެވެ.
7. ދަރިފުޅަށް ޓީވީ ބަލަން ކިހާ ދުވަހަކު ނުވަތަ ނިދަން ޖެހޭ ވަގުތު ފަދަ ސާފު އުސޫލުތަކެއް ހަދައި އެ ގަވާއިދުތަކުގައި ހިފަހައްޓާށެވެ. ކޮން ސުލޫކެއް ރަނގަޅުކަމާއި ނުރަގަޅު ސުލޫކެއް ވާކަން ސާފުކޮށްދޭށެވެ.
8. އާއިލާއެއްގެ ގޮތުގައި އެކުގައި މަޖާ ކަންތައްތައް ކުރާއިރު، ގޭމް ކުޅުމާއި، ކިޔެވުމާއި، ތިމާގެ މުޖުތަމަޢުގައި ބާއްވާ އިވެންޓްތަކަށް ދިއުން ފަދަ ކަންކަން ކުރުވާށެވެ.
9. ދަރިފުޅުގެ ސްކޫލާ ގުޅިގެން އުޅޭށެވެ. ޓީޗަރުންނާއި މުވައްޒަފުންނާ ބައްދަލުކޮށް، އެމީހުންގެ އުނގެނުމުގެ ލަނޑުދަނޑިތަކާއި، ތިމާއާއި ސްކޫލުން ގުޅިގެން ދަރިފުޅު ރަނގަޅަށް ކުރިއަށް ގެންދިއުމަށް އެހީތެރިވެދެވޭނެ ގޮތްތައް ވިސްނައިދޭށެވެ. އަދި ދަރިފުޅުގެ ކިޔެވުން ކުރިއަށް ގެންދާށެވެ.
10. ދަރިފުޅުގެ އަމިއްލަ ނަފްސާއި މެދު ދެރަ ގޮތެއް ހެދުމުގެ އަދަބު ދިނުމުގެ ބަދަލުގައި، ދަރިފުޅަށް މަގުދައްކައިދީ ރައްކާތެރި ކުރުމަށް ޑިސިޕްލިން ބޭނުން ކުރާށެވެ. ނުކުރަންވީ ކަންކަމާ ބެހޭ އެއްވެސް މަޝްވަރާއެއްކޮށް ޢަމަލުކުރުމުގެ ކުރީން ކުރާނެ ކަންކަމާ ބެހޭގޮތުން ކުއްޖާއާއި މަޝްވަރާކުރާށެވެ.
11. ދަރިފުޅުގެ ރަނގަޅު ސުލޫކަށް ދަރިފުޅަށް ތައުރީފު ކުރާށެވެ.
އާ ގޮންޖެހުންތަކާ ކުރިމަތިލުމަށް ދަރިފުޅަށް އެހީތެރިވާށެވެ. އެހެން ކުއްޖަކާ ޚިޔާލުތަފާތުވުން ފަދަ މައްސަލަތައް އަމިއްލައަށް ހައްލުކުރުމަށް ހިތްވަރު ދޭށެވެ. ޓީމް ސްޕޯޓްސް ފަދަ ސްކޫލާއި މުޖުތަމައުގެ ގްރޫޕްތަކާ ގުޅުމަށް ނުވަތަ ވޮލަންޓިއަރ ފުރުސަތުތަކުގެ ބޭނުން ހިފުމަށް ދަރިފުޅު ހިތްވަރު ދޭށެވެ.
12. އެންމެފުރަތަމަ ސަމާލުކަންދޭނީ ކުއްޖާގެ ރައްކާތެރިކަމަށެވެ.
ކުއްޖާގެ ޖިސްމާނީ ގާބިލްކަން އިތުރުވުމާއި މިނިވަންކަން އިތުރުވުމަކީ އަނިޔާތަކަށް ހުށަހެޅޭކަމެކެވެ. އެގޮތުން ވެއްޓުމާއި އެހެނިހެން އެކްސިޑެންޓްތަކުގެ ސަބަބުން ކުދިންނަށް ލިބޭ އަނިޔާތަކުގެ ނުރައްކާ މި އުމުރުގައި ބޮޑެވެ. މޮޓޯ ވެހިކަލް އެކްސިޑެންޓްތަކަކީ މި އުމުރުގެ ކުދިންގެ ތެރޭގައި ގަސްތުގައި އަނިޔާއެއް ލިބުމުން އެންމެ ގިނައިން މަރުވާ ސަބަބެވެ. ސްކޫލަށް ހިނގާފައި ދާއިރު، ބައިސްކަލުގައި ދުއްވާއިރު، އަދި ބޭރުގައި ކުޅޭއިރު ޓްރެފިކަށް ސަމާލުވުމަށް ދަރިފުޅަށް ދަސްކޮށްދީ، ރައްކާތެރިކަމާއެކު އުޅެވޭނެ ގޮތްތައް ދަސްކޮށްދޭށެވެ. ދަރިފުޅަށް ފެނުގެ ރައްކާތެރިކަން ވިސްނޭތޯ ޔަގީންކޮށް، ފެންގަނޑުގައި ފަތާއިރު ނުވަތަ ކުޅެންއުޅޭއިރު އަބަދުވެސް ސުޕަވައިޒް ކުރާށެވެ. ދަރިފުޅު އުސްފަސްގަނޑަށް އެރުވުން ފަދަ ނުރައްކާތެރި ހަރަކާތްތަކުގައި އުޅޭއިރު ސުޕަވައިޒް ކުރާށެވެ.
13. ދަރިފުޅު އެހީތެރިކަން ބޭނުންވާ ވަގުތު އެހީއަށް އެދޭނެ ގޮތަކާ ބެހޭގޮތުން ދަރިފުޅާ ވާހަކަ ދައްކާށެވެ. ގޭތެރޭގައި ބޭނުންކުރާ ގެއްލުން ލިބިދާނެ އުފެއްދުންތަކާއި، އާލާތްތަކާއި، ސާމާނާއި، ތަކެތި ދަރިފުޅުގެ އަތްފޯރާފަށުގައި ބަހައްޓާއިރުވެސް ސަމާލުވާށެވެ.
14. ދުޅަހެޔޮ ހަށިގަނޑެއް ލިބުމަށް މަސައްކަތް ކުރާށެވެ.
ސްކޫލްތައް ދުޅަހެޔޮ ސިއްހަތެއްގައި ހެދުމަށް ބެލެނިވެރިންނަށް އެހީތެރިވެދެވިދާނެ އެވެ. ސްކޫލް ލަންޗް ޕްރޮގްރާމްގެ ބޭރުން ގަނެވޭނެ ހަކުރު، ސޮލިޑް ފެޓް، އަދި ލޮނު އިތުރުކޮށްފައިވާ ކާނާއާއި ބުއިންތައް ލިބުން ހަނިކުރުމަށް ދަރިފުޅުގެ ސްކޫލާ ގުޅިގެން މަސައްކަތް ކުރާށެވެ. ކޮންމެ ދުވަހަކު 1 ގަޑިއިރު ނުވަތަ އެއަށްވުރެ ގިނައިރު ޖިސްމާނީ ހަރަކާތްތެރިކަން ދަރިފުޅު ކުރާކަން ޔަގީން ކުރަންވާނެއެވެ. ދުޅަހެޔޮ ކާނާ ކެއުމުގެ އާދަތަކާއި ހީވާގިވާކަހަލަ ކުޅިވަރުތައް ކުޅުމަށް ހިތްވަރުދީ ޖިސްމާނީ ދުޅަހެޔޮކަމަށް އެހީތެރިވެދޭށެވެ. އާއިލީ ކެއުމުގެ ވަގުތުތަކުގައި ދުޅަހެޔޮ ކާނާ ކެއުމާއި ހީވާގި ދިރިއުޅުމެއް އުޅެގެން ނަމޫނާއަކަށް ބެލެނިވެރިން ވާށެވެ.
15. ދަރިފުޅުގެ ކޮޓަރިން ބޭރުގައި ޓީވީ ސެޓްތައް ބެހައްޓާށެވެ.
ގޭގައި، ސްކޫލުގައި، ނުވަތަ ސްކޫލަށްފަހު ބެލެހެއްޓުމުގައި ދަރިފުޅު ސްކްރީން ޓައިމް އަށް ލިމިޓްތަކެއް ކަނޑައަޅައި އާއިލާއަށް މީޑިއާ ޔޫސް ޕްލޭނެއް އެކުލަވާލާށެވެ. އަދި ކޮންމެ ރެއަކު ދަރިފުޅަށް ލަފާދީފައިވާ މިންވަރަށް ނިދާކަން ޔަގީންކުރާށެވެ. އެގޮތުން ސްކޫލް އުމުރުގެ ކުދިންނަށް 6-12 އަހަރުގެ ކުދިންނަށް، 24 ގަޑިއިރުގެ ތެރޭގައި 9-12 ގަޑިއިރު ނިދަންޖެހޭނެއެވެ.
