އިސްލާމްދީން ކުރިއަރުވާށެވެ.

އިސްލާމްދީނާއިމެދު ނަފުރަތު އެފެއްދުމުގެ ތޫފާން އުފުލިގެންދާއިރު ހީވަނީ އެފަދަ ޢަމަލުތައް އެއްގޮތަކަށްވެސް ނުހުއްޓުވޭނެ ހެންނެވެ.  ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހުރި މިސްކިތްތައް ދަނީ އަންދާލަމުންނެވެ. މަގުމަތިން މުސްލިމުންނަށް ދަނީ ހަމަލާ ދެމުންނެވެ. އިސްލާމްދީނަށް ލޯބިކުރާ މީހުން ދަނީ އެކިއެކި އަދަބުތައް ލިބެމުންނެވެ. ރަސޫލާއަށް ބަދުބަސް ބުނަމުން ދިއުމާއި މުސްލިމުންނާއި އިސްލާމްދީނަށް ބިރުވެރިކަމާއި ނަފްރަތު އުފެއްދުންވަނީ އިންތިހާގައެވެ. އެކަމަކު އަޅުގަނޑުމެންނަށް، މިހުރިހާ ނަފްރަތާއި، ބިރުވެރިކަމާއި، ގޯސް މަޢުލޫމާތެއްގެ އަމާޒުކުރެވިފައިވާއިރު އެއީ މުސްލިމުންނަށް ޖައްސުވާ މަޅިއެއްކަން ވިސްނަންޖެހެއެވެ.

އަޅުގަނޑުމެންނަށް ވިސްނަންޖެހޭ ކަމަކީ، އިސްލާމްދީނަށް ލޯބިކުރާ މީހުން ދުނިޔޭގެ މިސްކިތްތަކުގެ ބޭރުގައި އިސްލާމްދީން ބޭނުންކޮށްގެން ހަތިޔާރު އެޅި މުޒާހަރާތައް އިންތިޒާމުކުރާއިރު، އެމީހުންގެ ނިޔަތަކީ މުސްލިމުން ޢަމަލުކުރާގޮތެއް ހޯދުމެވެ. އަދި އެމީހުން އުއްމީދު ކުރަނީ މުސްލިމުން ޖަޒުބާތުގައި ޖެހި ހަރުކަށި ޢަމަލު ހިންގުމަށެވެ.

އިސްލާމްދީނަށް ލޯބިކުރާ މީހުން މަޅިތަކެއް ތެރެއަށް ފައްތަމުންދާއިރު ބައެއް ފަހަރު އަޅުގަނޑުމެން އެ މަޅިތަކުގައި ހަގީގަތުގައިވެސް ޖެހެވެއެވެ. އެމީހުން ބޭނުންވަނީ މުސްލިމުންނަކީ  ބުއްދިއެއްނެތް، އަނިޔާވެރި، އަދި ފަހަތަށް ޖެހިފައިވާ ބައެއްކަމަށް ބުނާ ގޮތަށް އަޅުގަނޑުމެން ވާށެވެ. އެހެންކަމުން އެމީހުން މުސްލިމުންނަށް ފުރައްސާރަކޮށް ހަމަލާވެސް ދެއެވެ. އަދި އިންސާނުންނަށްވީތީ އަޅުގަނޑުމެންނަށްވެސް ފުރައްސާރަލިބި އަދި އަނިޔާ ލިބޭ ކަމުގެ އިހުސާސް ކުރެވެއެވެ. އަދި އަޅުގަނޑުމެންގެ ތެރެއިން ބައެއް މީހުން އެކަމަށް ރިއެކްޓް ކުރެއެވެ. ގިނަފަހަރު ޢަމަލުކުރެވެނީ ނުބައިކޮށެވެ. އިސްލާމްދީނުގައި ވާގޮތާއި ޚިލާފަށެވެ.

އަޅުގަނޑުމެން އެއް އުއްމަތެއްގެ ގޮތުގައި ތިބެމެ، އެމީހުން ޖަހާ މަޅި ދެނެގަތުމުގައި އިތުރަށް ވިސްނަން ޖެހެއެވެ. އަޅުގަނޑުމެންނަށް މިބާވަތުގެ މުޞީބާތްތަކާ ކުރިމަތިލާއިރު، އަޅުގަނޑުމެން ދިރިއުޅެންޖެހޭ ރަސޫލާގެ ސަގާފަތަށް އަޅާނުލެވެއެވެ.

މި ދުނިޔޭގައި ރަސޫލެއްގެ ގޮތުގައި ރަސޫލާގެ ގިނަ ވަގުތު ހޭދަކުރެއްވީ އެއް ހުރަހަކަށް ފަހު އަނެއް ހުރަހަކާ ކުރިމަތިލައްވަން  ޖެހިވަޑައިގަނެގެންނެވެ. އެކަލޭގެފާނަށް ފުރައްސާރަތަކާއި، ހަމަލާތަކާއި، އަނިޔާތަކާއި، ބޮއިކޮޓްތަކާއި، ބަނޑުހައިހޫނުކަމާއި، ހަނގުރާމައާއި މިހުރިހާ ކަމެއް އިސްލާމްދީނުގެ މި މެސެޖު ގެންނެވުމަށްޓަކައި ތަހައްމަލު ކުރެއްވިއެވެ. އެކަލޭގެފާނުގެ މިސާލު އަޅުގަނޑުމެންނަށް ދެއްވާފައިވަނީ ހަރުކަށިކަމާއި ކުރިމަތިލާއިރު އަޅުގަނޑުމެންގެ އަމިއްލަ ދިރިއުޅުމުގައި އެކަން ތަންފީޒު ކުރެވޭނެ ގޮތަކަށެވެ. އެގޮތުން ކުދިކުދި ގޮތްގޮތުން އަޅުގަނޑުމެންނަށް ފަށަންޖެހެއެވެ.

ނުބައި ހީތަކުން ދުރުހެލިވުން.

އަޅުގަނޑުމެން ސަމާލުކަން ދޭންޖެހޭ ކަމަކީ، މީހަކު އަޅުގަނޑުމެންނާ މެދު ތަފާތު ގޮތަކަށް ކަންތައް ކުރާނެ ކަމަށް ހީކުރުމެވެ. އެމީހެއްގެ ސިފައަށް ބަލައިގެން، އެމީހަކާ މެދު އެންމެ ނުބައި ގޮތަށް ގަބޫލުކުރުމެވެ. އަޅުގަނޑުމެން މި އުޅެނީ ތަފާތުކުރުމާއި އަނެކާއާއިމެދު ތަފާތު ނުބައި ހީތަކެއްގެ މަތީގައެވެ. ވީމާ ނުބައި ހީތަކުން ދުރުހެލިވާށެވެ. ހަމަކަށަވަރުން ބައެއް ހީކުރުމަކީ ފާފައެކެވެ.

يَا أَيُّهَا الَّذِينَ آمَنُوا اجْتَنِبُوا كَثِيرًا مِّنَ الظَّنِّ إِنَّ بَعْضَ الظَّنِّ إِثْمٌ ۖ وَلَا تَجَسَّسُوا وَلَا يَغْتَب بَّعْضُكُم بَعْضًا ۚ أَيُحِبُّ أَحَدُكُمْ أَن يَأْكُلَ لَحْمَ أَخِيهِ مَيْتًا فَكَرِهْتُمُوهُ ۚ وَاتَّقُوا اللَّهَ ۚ إِنَّ اللَّهَ تَوَّابٌ رَّحِيمٌ

އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ހީގެތެރެއިން ގިނަކަންތަކާ ދުރުވެގަންނާށެވެ! ހަމަކަށަވަރުން، ބައެއް ހީއަކީ ފާފައެކެވެ. އަދި ތިޔަބައިމީހުން އެކަކު އަނެކަކަށް ޖާސޫސް ނުކުރާށެވެ! އަދި އެއްބަޔަކު އަނެއްބަޔަކަށް غيبة ނުބުނާށެވެ! ތިޔަބައިމީހުންކުރެ އެކަކުވެސް އޭނާގެ أخ އާގެ މަސް މުޅަކޮށް ކެއުމަށް ލޯބިކުރާނެ ހެއްޔެވެ؟ ފަހެ، ތިޔަބައިމީހުން އެކަމަކަށް ނުރުހޭނޫއެވެ. އަދި ތިޔަބައިމީހުން اللَّه އަށް تقوى ވެރިވާށެވެ! ހަމަކަށަވަރުން، اللَّه އީ، ގިނަގިނައިން توبة قبول ކުރައްވާ رحيم ވަންތަ ރަސްކަލާނގެއެވެ.

[ސޫރަތުލް ޙުޖުރާތު، 49:12].

ހިނިތުންވާށެވެ.

އަޅުގަނޑުމެން ބޭރަށް ގޮސް ގޯސް ތަޞައްވުރުތަކާއި އަދި ނަފްރަތުން ފުރިފައިވާ ދުނިޔެއަކާ ކުރިމަތިލާއިރު، އަޅުގަނޑުމެންގެ މޫނަކީ އެންމެ ފުރަތަމަ މީހުންނަށް ފެންނަ އެއްޗެއްކަން ހަނދާން ކުރާށެވެ. އެހެންކަމުން ޣައިރު މުސްލިމުންނާއި، ތިމާގެ އާއިލާއާއި، ނުވަތަ ދިމާވާ ކޮންމެ މީހަކާ ކުރިމަތިލާއިރު ތިމާގެ އެންމެ ރަނގަޅު ހިނިތުންވުމުން ހިނިތުންވެލާށެވެ. ހިނިތުންވުމަކީ ސުންނަތެކެވެ. އަދި އެއީ ޞަދަޤާތެވެ. އެއީ އަހަރެމެންގެ ނަފްސާނީ ކެތްތެރިކަން ރަނގަޅުކޮށްދޭ ކަމެކެވެ.

ހިނިތުންވެފައި ހުރުމަކީ މީހާގެ ތަސައްވުރެ ރަނގަޅުކޮށްދޭ އެއްޗެއްކަން ސައިންސުން ސާބިތުކޮށްދޭ ކަމެކެވެ. ސްވިޑެންގެ ދިރާސާއެއްގައި އުފާވެރިކަމާއި، ރުޅިވެރިކަމާއި، ބިރުވެރިކަމާއި އަދި ހައިރާންކަން ފަދަ ބައެއް ޖަޒުބާތުތަކުގެ ތަސްވީރުތައް ދައްކާފައިވެއެވެ. އެގޮތުން ހިނިތުންވެލައިގެން ހުރި މީހަކު ފެނުމުން ގަސްދަކާއި ނުލާ ހިނިތުންވެވެއެވެ. ދިރާސާވެރިންނަށް ފާހަގަކުރެވުނު ގޮތުގައި މީހުން، އެހެންމީހުންގެ މޫނުމަތީގެ ކުލަވަރު ސީދާ ނަކަލު ކުރަން ފަށައެވެ.

ޞަޙާބީ ޢަބްދުالله ބިން އަލްޙަރީޘް ޙަދީޘްކުރެއްވިއެވެ: الله ގެ ރަސޫލާއަށްވުރެ ހިނިތުންވުމުގެ އާދަ ހުރި މީހަކު އަހަރެން ދުވަހަކުވެސް ނުދެކެމެވެ. (ތިރްމީދީ)

އެ ހިނިތުންވުންތަކާއެކު، އަހަރެމެން މީހުން ހާލު އަހާށެވެ. މުސްކުޅި އަންހެނަކު މަގު ހުރަސްކުރުމަށް އެހީތެރިވުމަށް އެދޭށެވެ، ވާރޭ ވެހޭނަމަ ހިޔާވާން ފުރުސަތު ދޭށެވެ. އިސްލާމްދީނުގެ ވާހަކަ މީސްތަކުންނަށް ކިޔައިދިނުމަށް އެންމެ ރަނގަޅު ގޮތަކީ އެމީހުންނަށް ޢަމަލުން ދީނުގެ ރަނގަޅުކަން ދެއްކުމެވެ. މުސްލިމުންގެ އަޚްލާޤުގެ އެންމެ ރަނގަޅު ނަމޫނާއަކަށް ވާށެވެ. ރަސޫލާ ހަދީޘް ފުޅުގައި ވާފަދައިންނެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *