އުފަލުގައި ހުރެވެނީ އެކަމަށްވެސް މަސައްކަތް ކުރުމުން!

ކޮންމެމީހަކުވެސް ބޭނުންވަނީ އަބަދުވެސް އުފަލުގައި ހުރުމަށެވެ. ނަމަވެސް އެއީ އެގޮތަށް ވާނެކަމެއް ނޫނެވެ. ދުޅަހެޔޮ ދިރިއުޅުމަކަށްޓަކައި ތިމާގެ އާދަތަކާއި ވިސްނާގޮތް ވަކިގޮތަކަށް ބައްޓަން ކުރަން ޖެހެއެވެ. ސަބަބަކީ އުފާވެރިކަމުގެ އިހުސާސަކީ ތިމާގެ މޫޑާއި އަދި ވަށައިގެން ހިނގާ ކަންކަމުން ބަދަލު އަންނަ ކަމެއް ކަމަށް ވުމެވެ. އަދި އިހުސާސް ތަކަކީ ހަށިގަނޑުގައި ވަކި ވަގުތުކޮޅަކަށް ދެމިހުންނަ ކަމަކަށް ވުމެވެ. އެހެންކަމުން އުފަލުގައި ހުރުމަށްޓަކައި ތިމާގެ ހަށިގަނޑަށް ޢަމަލުކުރެވޭގޮތާއި ކޮންމެދުވަހަކު ތިމާއަށް އުޅެވޭގޮތާއި ތިމާއާއި އެހެންމީހުންނާއި މެދުގައި އޮންނަ ގުޅުން ވީހާވެސް ދުޅަހެޔޮ ގޮތަކަށް ބައްޓަން ކުރެވޭތޯ މަސައްކަތް ކުރާށެވެ.

ލޯތްބާއި އެކުވެރިކަމާއި އުފާވެރި ގުޅުންތަކުން ދުޅަހެޔޮ ދިރިއުޅުމަކަށް ތިމާގެ ދުވަސްތައް ހެދޭތޯ އަބަދުވެސް މަސައްކަތްކުރާށެވެ. އެއީ ތިމާގެ މޫޑު ބަދަލުވުމުންވެސް އުފާވެރިކަމުގައި ހުރުމަށްޓަކައެވެ. ކޮންމެ ދުވަހަކުވެސް އާއިލާއާއި ނުވަތަ ރަހްމަތްތެރިންނާއި ބައްދަލުކުރާށެވެ. އެހެންމީހުންނަށް އެމީހުން ބޭނުންވާ ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދޭށެވެ. މޫޑު ބަދަލުވިނަމަވެސް ނުވަތަ ހިތާމަވެރި ކަމެއް ދިމާވިނަމަވެސް އެހަނދާންތަކުން ދުރުވެލާ އުފާވެރި އިހުސާސެއް ލިބުމުގެ ފުރުސަތު ހޯދާށެވެ.

ދުޅަހެޔޮ ދިރިއުޅުމެއް އުޅުމަށްޓަކައި އަމިއްލަ ނަފުސަށް ވަގުތުދޭށެވެ. ނަފުސު ތަރައްގީ ކުރުމުގެ ގޮތުން ފޮތްކިޔާލުމާއި ނުވަތަ ކަސްރަތު ކުރުން ހިމެނެއެވެ. މިގޮތަށް ކަންތައް ކުރާމީހާއާއި މިގޮތަށް ކަންތައް ނުކުރާ މީހާއަށްވުރެ ދުވަހުގެ ހާލަތުގައި ހިނގާކަމަކުން މާބޮޑަށް ހިތާމަވެރި އިހުސާސެއް ކުރަން ނުޖެހެއެވެ.  ދުޅަހެޔޮ ދިރިއުޅުމަކަށް ތިމާ އުފާވާ ކަންކަން ކުރުމުގައި ވަގުތު ހޭދަކުރާށެވެ. ފިލްމެއް ބެލުން ނުވަތަ ނެޓްފިލިކްސް ޝޯ އެއް ބަލާލުމަށްވުރެ މުޅި ހަށިގަނޑު ބައިވެރިކުރެވޭ ކަމެއްގައި ވަގުތު ހޭދަ ކުރާށެވެ. މިސާލަކަށް ބަލާނަމަ އެއްބަޔަކު އުފާވަނީ ކުރެހުން، ކެއްކުން، ކުޅުން، ފެތުން ކަހަލަ ހަރަކާތެއްގައި އުޅުމުންނެވެ. މިފަދަ ހަރަކާތްތަކުގައި ކޮންމެދުވަހަކުވެސް ކޮންމެވެސް ވަގުތެއް ހޭދަކުރުމުން ހިތާމައިގެ އިހުސާސް ކުޑަކުރެވިދާނެއެވެ. ބޭނުމަކީ ހަށިގަނޑުގައިވާ ހިތާމައިގެ ހަކަތަ ބޭރު ކޮށްލާށެވެ. ހިތާމަވެރި ވަގުތު އޮށޯވެގެން ނޯންނާށެވެ. ތެދުވާށެވެ. ފެންވަރާލާ ތާޒާވެލާ މީރުވަސްދުވާ ސެންޓެއް ޖަހާލާށެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *