ބީފާނުގެ ރޯދަ ބަދިގެ: ޤަމަރު އަލްދީން ޖޫސް

ޤަމަރު އަލްދީން ބުއިމަކީ މެދުއިރުމަތީގައި ޚާއްޞަކޮށް ބަރަކާތްތެރި ރަމަޟާން މަހު ވަރަށް މަގުބޫލު ބުއިމެކެވެ. އެއީ އަނެއް ރަމަޟާން މަސް އަންނަންދެން މުޅި އަހަރު ދުވަހު ހަނދާން ނެތިގެންނުދާނެ ބުއިމެކެވެ. މުލަރޯދަ ދުވަހަށް ދިވެހިންނަށްވެސް ތައްޔާރު ކުރެވިދާނެ ބުއިމެކެވެ.

ބޭނުންވާނެ ތަކެތި

(ގާތްގަނޑަކަށް 14 އައުންސް)  ޤަމަރު އަލްދީން (ހިއްކާފައިވާ އެޕްރިކޯޓް ޕޭސްޓް / ހިކި އެޕްރިކޯޓްވެސް ރަނގަޅުވާނެ)

6 ތަށި ހޫނު ފެން

1/4 ތަށި ހަކުރު

6 ތަށި ފިނިފެން

އައިސްކިއުބް

12 ތާޒާ މިންޓް ފަތް

ތައްޔާރުކުރާނެގޮތް

ހިއްކާފައިވާ އެޕްރިކޯޓް ޕޭސްޓް 2 އިންޗިއަށް ވާގޮތަށް ކޮށާލާށެވެ. މިކްސަރަށް އެޕްރިކޯޓްތައް އަޅާށެވެ. އަދި 6 ތަށި ހޫނު ފެން އަޅާށެވެ. މަތިޖަހާފައި މަޑުވާންދެން ފޯކޮށްލަން ބަހައްޓާށެވެ. ގާތްގަނޑަކަށް 4 ގަޑިއިރު ވުމުން މަޑުވާނެއެވެ.

ދެން  ހަކުރު އަޅާފައި މިކްސަރުން ގިރާލާށެވެ.

ދެން ފުރާނާލާށެވެ. ފޮނި ހެޔޮވަރު ކުރުމަށް ފިނިފެން އަޅާށެވެ. ދެން ތައްޓަށް އަޅާ އައިސްކިއުބާއި މިންޓް ފަތްކޮޅެއް އަޅާށެވެ. (ބޭނުމިއްޔާ ވަރަށް އޮލަކޮށްވެސް ހެދިދާނެއެވެ.)

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *