ފިހުނު ކުކުޅު ޕާސްޓާ

ބޭނުންވާ ތަކެތި

4 ޖޯޑު ފެން

2 ޖޯޑު ޕާސްތާ

½ 1 ސައިސަމުސާ ލޮނު

3 މޭޒުމަތީ ސަމުސާ އޮލިވް އޮއިލް

½ ޖޯޑު ފިޔާ( ގޮޅިކޮށް ކޮށާފައި )

½ 1 މޭޒުމަތީ ސަމުސާ ލޮނުމެދު (ކުދިކޮށް ތުނިކޮށް ކޮށާފައި)

1 ރަތް ކުލައިގެ ބެލް ޕެޕަރ ( ކޮށާފައި)

1 ޖޯޑު ކުކުޅު(ކުދިކޮށް ކޮށާފައި)

½ ސައިސަމުސާ މުގުރި އަސޭމިރުސް

9 މޭޒުމަތީ ސަމުސާ ޓޮމާޓޯ ޕޭސްޓް

2 ސައިސަމުސާ ތެޅި މިރުސް

1 ސައިސަމުސާ އޮރެގަނޯ

2 މޭޒުމަތީ ސަމުސާ (ޕާމެސާން ޗީޒް

ގާނާފައި)

1 ޖޯޑު މޮޒަރެލާ (ތުނިކޮށް ކޮށާފައި)

ތައްޔާރުކުރާނެ ގޮތް.

ތެއްޔަކަށް ފެން އަޅައި ފެންގަނޑު ކެކި ގަތީމައި އޭގެ ތެރެއަށް  ޕާސްޓާއާއި ½ ސައިސަމުސަލުގެ ލޮނު އަޅާށެވެ. ދެން ޕާސްޓާ މަޑުވަންދެން ފެނު ކައްކާށެވެ.

ތެއްޔަކަށް ތެޔޮ އަޅައި އެ ހޫނު ވީމައި އޭގެ ތެރެއަށް ފިޔާކޮޅާއި ލޮނުމެދުކޮޅު އަޅާފައި ރަތްކުރާށެވެ. ދެން ބެލް ޕެޕަރކޮޅު ތެއްޔަށް އަޅާފައި 2 މިނިޓު ވަންދެން ނޫނީ ބެލް ޕެޕަރކޮޅު ކުޑަކޮށް މަޑުވެލަންދެން ކައްކާލާށެވެ.

ދެން ތެލީގެ ތެރެއަށް ކުކުޅާއި، 1 ސައިސަމުސަލުގެ ލޮނާއި، އަސޭމިރުސް އަޅާފައި ކުކުޅު ރޯފިލަންދެން ކައްކާށެވެ.

ދެން ތެލީގެ ތެރެއަށް ޓޮމާޓޯ ޕޭސްޓް، ތެޅި މިރުސް، ޗިލީ ސޯސް އަދި އޮރެގަނޯ އަޅާ އެއްކޮށްލާފައި 2 މިނިޓުވަރު ކައްކާލާށެވެ.

ދެން 2 ޖޯޑު ފެން އަޅާ އެއްކޮށްލާފައި 2 މިނިޓުވަންދެން ކައްކާލާށެވެ. ދެން 2 މޭޒުމަތީ ސަމުސަލުގެ ޕާމެސާން ޗީޒް ތެއްޔަށް އަޅާ އެއްކޮށްލާފައި އަނެއްކާވެސް މިނިޓެއްވަރު ކައްކާލާށެވެ. މިހާރު އެހެރީ ޕާސްޓާކޮޅު އުނދުން މަތީގައި ކައްކާ ނިމިފައެވެ.

ޕާސްޓާކޮޅު ދެބަޔަށް ބަހާލާށެވެ. އެއްބައި ޕާސްޓާ ފިހަން ބޭނުން ކުރާނެ ތަބަކުގެ ތެރެއަށް އަޅާ ފަށަލައަކަށް ވާނެ ގޮތަށް ފަތުރާލާށެވެ. ދެން އޭގެ މަތީގައި ½ ޖޯޑު މޮޒަރެލާ ޗީޒް ފަތުރާލާށެވެ. އެގޮތަށް ލޭޔާސްކޮށް ފަތުރާށެވެ.

200 ޑިގްރީސް ސެލްސިއަސްގައި 10 މިނިޓު ވަންދެން އަވަން ހޫނުކުރަން ޖައްސާލާށެވެ.

ދެން އަވަނުގެ މެދު ރެކުގައި ތަބައް ބައިންދައިގެން 15 މިނިޓުވަންދެން ނޫނީ މައްޗަށް ރަން މުށިކުލަ އަރަންދެން 200 ޑިގްރީސް ސެލްސިއަސްގައި ފިހާށެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *