ގައުމީ ޓީމް، ތަމްރީނު ހޯދަން ޖަޕާނަށް ފުރައިފި

ސާފް ޗެމްޕިއަންޝިޕް 2023ގައި ވާދަކުރާ ރާއްޖޭގެ ޓީމް، 23 ކުޅުންތެރިންނާއެކު އިތުރު ތަމްރީނުތައް ހޯދުމަށް ޖަޕާނަށް ފުރައިފިއެވެ.

މިފަހަރުގެ މުބާރާތް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ މި މަހުގެ 21 އިން އަންނަ މަހުގެ ހަތަރެއްގެ ނިޔަލަށް އިންޑިއާގައެވެ. މުބާރާތުގައި ސާކަށް ނިސްބަތްވާ ހަ ގައުމުގެ އިތުރުން ލުބުނާނާއި ކުވެއިތު ވާދަކުރާނެއެވެ.

މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނެނީ ބަންގުލަދޭޝް އާއި ބޫޓާން އަދި ލުބުނާންއާ އެކު "ގްރޫޕު ބީ" ގައެވެ. އެ ގްރޫޕުގެ ފުރަތަމަ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 22 ވަނަ ދުވަހެވެ. ގްރޫޕުގެ ފުރަތަމަ މެޗުގައި ލުބުނާނާއި ބަންގުލަދޭޝް ބައްދަލުކުރާ އިރު، އެ ގްރޫޕުގެ ދެވަނަ މެޗުގައި ރާއްޖެއިން ނުކުންނާނީ ބޫޓާންއާ ދެކޮޅަށެވެ.

އެންމެ ވަރުގަދަ ގްރޫޕެއްގެ ގޮތުގައި ފާހަގަކޮށްލެވެނީ "ގްރޫޕު އޭ" އެވެ. އެ ގްރޫޕުގައި ހިމެނެނީ އެންމެ ފަހުގެ ޗެމްޕިއަން އިންޑިއާ އާއި އެންމެ ފަހުގެ ރަނަރަޕް ނޭޕާލްގެ އިތުރުން ޕާކިސްތާނާއި ކުވެއިތެވެ. މުބާރާތް ފަށާނީ ވެސް އެ ގްރޫޕުގެ މެޗުތަކުންނެވެ.

ރާއްޖެއިން ވަނީ 2008 އަދި 2018 ވަނައަހަރު ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކޮށްފައެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *