ދެކުނު އެފްރިކާ ވޯލްޑް ކަޕްގެ ގަދަ 16 އަށް

އަންހެނުންގެ ވޯލްޑް ކަޕްގެ ގަދަ 16 އަށް ދެކުނު އެފްރިކާ ހިނގައްޖެއެވެ. ދެކުނު އެފްރިކާ ގަދަ 16އަށް ދިޔައީ އިޓަލީ އާއި ބައްދަލު ކުރި މެޗުން މޮޅުވެގެންނެވެ. އެފްރިކާއިން މި މެޗް ކާމިޔާބު ކޮށްފައިވަނީ 3-2 ގެ ނަތީޖާއަކުންނެވެ.

ފުރަތަމަ ހާފްގައި ދެޓީމްވެސް ވަނީ ވަރަށް ރަނގަޅު ކުޅުމެއް ދައްކާފައެވެ. މެޗު ފެށިގެން 11 ވަނަ މިނެޓުގައި އިޓަލީއަށް ލީޑު ނަގާ ދީފައިވަނީ ލިބުނު ޕެނަލްޓީއަކުން އަރިއާނާ އެވެ. ލީޑު ނަގައިގެން އިޓަލީން ކުޅެމުން ދަނިކޮށް, ބެނެޑެއްޓާ އަތުން ބައިކޮޅަށް ވަން ގޯލާއި އެކީ ނަތީޖާ ވަނީ އެއްވަރު ވެފައެވެ.

ދެވަނަ ހާފްގައި އިތުރު ލަނޑެއް ޖަހައި ދެކުނު އެފްރިކާގެ ޓީމުން ވަނީ މެޗުގެ 67 ވަނަ މިނެޓުގައި ލީޑު ނަގާފައެވެ. މެޗުގެ 74 ވަނަ މިނެޓުގައި އިޓަލީން އިތުރު ގޯލެއް ޖަހައި ނަތީޖާ ހަމަހަމަ ކޮށްފައިވާއިރު ފުރަތަމަ ހާފްގެ އިތުރު ވަގުތު ތެމްބީ ވަނީ ދެކުނު އެފްރިކާގެ 3 ވަނަ ގޯލް ޖަހައި ޓީމް މޮޅުކޮށްދީފައެވެ.

މި ނަތީޖާއާއިއެކު ގްރޫޕް ޖީއިން 1 ވަނަ ޓީމެއްގެ ގޮތުގައި ގަދަ 16 އަށް ދިޔައީ ސްވިޑްން އެވެ. ދެކުނު އެފްރިކާ ގަދަ 16 އަށް ދިޔައީ ގްރޫޕުން 2 ވަނަ ލިބިގެންނެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *