ހިކުމަތްތެރިއަކަށް ވެވޭނީ ކިހިނެއް!

ހިކުމަތަކީ ކޮބާހެއްޔެވެ؟ ހިކުމަތް ތެރިއަކަށް ވަނީ ކިހިނެއް ހެއްޔެވެ؟ ހިކުމަތަކީ ކޮމަން ސެންސް ހެއްޔެވެ؟ ނުވަތަ ތަޖުރިބާ ހެއްޔެވެ؟ ނުވަތަ ޢިލްމެއް ހެއްޔެވެ؟ ހިކުމަތަކީ ހަގީގަތުގައި ލިބިފައިވާ ޢިލްމެއްގެ ތެރެއިން ލިބިގެންވާ ފުން ވިސްނުމެކެވެ. ނުވަތަ އެނގުމެކެވެ. މިއީ ނޭނގޭ ކަންކަމުގައި ގޮތް ނިންމާއިރު އެކަމެއް ވާންއޮތް އެންމެ ރަނގަޅު ގޮތަކަށް ނިންމަން އެނގުމެވެ. ތިމާ ވަށައިގެންވާ މާހައުލާއި މީހުންނަށް އެކަމެއްގެ ސަބަބުން އެންމެ ރަނގަޅުވާނެ ގޮތަށް ނިންމަން އެނގުމެވެ. ކިތަންމެ ތަޖުރިބާ ގިނަމީހާ ނުވަތަ ކިތަންމެ ހުޝިޔާރު މީހާއަށްވެސް ހިކުމަތްތެރިއަކަށް ނުވެވިދާނެއެވެ.

ހިކުމަތްތެރި ކަމުގެ ހުނަރަކީ ކަންކަމުގައި ގޮތް ނިންމާއިރު ކޮންމެ ފަހަރަކު ކޮންމެ ނިންމުމެއް އެއްގޮތް ނުވާނެކަން ދެނެހުރެ ކަންކަން ބޭނުންވާގޮތަށް ނިންމުމޭވެސް ބުނެވިދާނެއެވެ. މިކަމުގައި މީހުންގެ އިހުސާސާއި އެހެންމީހުންގެ ޚިޔާލު ބޭނުމެއް ނުވެއޭވެސް ބުނެވިދާނެއެވެ. ނަމަވެސް މިކަމުގައި ތަޖުރިބާއާއި ހާލަތު މުހިންމު ރޯލެއް އަދާކުރެއެވެ. ހިކުމަތްތެރިކަމަކީ އެނގެން އެހާ ފަސޭހަ ކަމެއް ނޫނެވެ. ނަމަވެސް ހިކުމަތް ތެރިވުމަށް މަސައްކަތް ކުރެވިދާނެއެވެ.

ތިމާގެ އަމިއްލަ ނަފުސަށް ތެދުވެރިވާށެވެ.

ތިމާގެ އަމިއްލަ ނަފުސު ފުންކޮށް ދެނެގަތުމާއި އަމިއްލަ އިހުސާސްތައް ދެނެގަތުމާއި ތިމާގެ ނަފުސުގެ އަގު ދެނެގަތުމާއި ތިމާގެ ހަޔާތުގައި މުހިންމުކަންދޭ ކަންކަން އެނގުމާއި ތިމާގެ ގަޓް އިންސްޓިންކްޓް އެނގުމާއި ތިމާގެ ހިތަށް ފެންނަގޮތް އެނގުން މުހިންމެވެ. މިވަރުންވެސް މަސައްކަތް ކުރަން ދަތިނަމަ ކުށެއް ކުރެވުމުން އެކުށަކީ ކިހާވަރެއްގެ ކުށެއްކަން ގަބޫލު ކުރެވުމާއި އަމިއްލަ ނަފުސު އެކަންކަމަށް ހޭލުންތެރިކުރުމާއި ތިމާ ނިންމާނިންމުންތަކުގެ ނަތީޖާތަކަށް އެހެން މީހުން ކުށްވެރިނުކޮށް ފުރިހަމައަށް ޒިންމާ ނަގަން ދަސްކުރުމެވެ.

އެހެން މީހުންނަށް ތެދުވެރިވާށެވެ.

އަމިއްލަ ނަފުސަށް ތެދުވެރިވުމުގެ ބިންގަލަކީ އެހެންމީހުންނަށްވެސް ތެދުވެރިވުމެވެ. އެހެންމީހުންނަށްވެސް ތެދުވެރިވުމުން ހަގީގަތުގައި ތިމާގެ އަސްލުސިފަ މީހުންނަށް ޤަބޫލު ކުރެވޭނެއެވެ. ބައެއްމީހުންގެ މިސާލަކީ ތިމާ ގަބޫލުކުރާ ގަބޫލުކުރުންތަކާއި ތިމާއަށް އެނގޭ ކަންކަމުގައިވެސް ކަމެއް ނުބައިކޮށް ގޮސްފިނަމަ އެހެންމީހުންގެ ބޮލުގައި އެކަން އެޅުވުމެވެ. ތިމާގެ އަމިއްލަ މަސްލަހަތު ހިމާޔަތް ކުރަން ހަގީގަތާއި ކުރިމަތި ނުލާ ފަސްޖެހުމެވެ. މިހެން ވުމުގެ ސަބަބުން މީހުންނަށް ތިމާއަކީ އަސްލު ކާކުކަމެއް ނޭނގެއެވެ. ތިމާގެ ގަޓް އިންސްޓިކްޓް ބުނާގޮތަށް ކަންކުރަންވެސް ނޭނގުމެވެ.

އަމިއްލަ ނަފުސަން ގެންނަން ޖެހޭ ބަދަލުތައް އަޑުއަހާށެވެ.

ހަމައެކަނި ވަކިކަމެއްގެ ނަތީޖާއަށް ވިސްނާނަމަ އަބަދުވެސް ވިސްނާނީ ތިމާގެ އެ މަގުޞަދު ހާސިލް ކުރުމަށެވެ. ވަގުތުތައް ހޭދަވެގެން ދާނީ ހަޔާތުގައި ކޮންމެ ދުވަހަކު ހިނގާ އެހެންކަންކަމަށް ވިސްނާ ނުލެވިއެވެ. ގުދުރަތީ ގޮތުން ތިމާގެ ނަފްސަށް އަންނަ ކުރިއެރުން ނުވަތަ ބަދަލުތަކަށްވެސް ވިސްނަން ފުރުސަތު ނުލިބިއެވެ. ވަކިކަމެއް ހާސިލްކުރުމަށް ކުރި މަސައްކަތް ކާމިޔާބު ނުވުމުން ތިމާ ޑިޕްރެޝަނަށް ދާންޖެހޭފަހަރު އާދެއެވެ. އެހާތަނުން ތިމަންނާއަށް މާބޮޑަށް އެކަމަށް ވަގުތާއި ނަފުސު ޤުރުބާން ކުރެވުނު ކަމުގެ އިހުސާސް ކުރެވެއެވެ. ތިމާގެ ނަފުސަށް ބޭނުންވާ އެހެން ކަންކަމަށް އަޅާނުލެވި ތިމާގެ ނަފުސު ބުނެދޭން ބޭނުންވާ ކަންކަމަށް ފޯކަސް ނުކުރެވެއެވެ. ތިމާ ނަފުސު ތިމާއަށް ކޮންމެވެސް ގޮތަކުން ކަންކަން ބުނެދޭނެއެވެ. އެއީ އިގިރޭސި ބަހުން ބުނާނަމަ އިނަރ ވޮއިސް އެވެ. އެއަށް ޚާއްސަ ސަމާލުކަމެއްދީ އެކަމަށް ވާހަކަ ދެއްކުމުގެ ހިތްވަރު ހޯދާށެވެ.

ކުރެވުނު ކުށްތަކުން ފިލާވަޅު ލިބިގަންނާށެވެ.

ދިމާވާ މައްސަލައަކުން އަދި ދަސްކޮށްދިން ހުރިހާކަމަކުން ފިލާވަޅު ލިބިގަންނާށެވެ. ތިމާގެ ބައިވެރިޔާ ނުވަތަ ތިމާގެ ބޮސް އަބަދުވެސް ތިމާއަށް މައްސަލަތައް ކުރިމަތި ކުރުވަނީ ހެއްޔެވެ؟ އެ މައްސަލަތައް ދެނެގަންނާށެވެ. ބުއްދި ވެރިންނާއި އުމުރުން ދުވަސްވީ މީހުން ވަރަށް ސުލްހަވެރި ދުވަސްތަކެއް ހަޔާތުގެ ކޮންމެ ދުވަހަކުވެސް ހޭދަ ކުރަނީ މައްސަލަތައް މަދުކޮށްގެންނެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *