ކޮރަޕްޝަން ނައްތާލަން އަމިއްލަ ހައިސިއްޔަތުންވެސް މަސައްކަތް ކުރާނަން – ޑރ. މުޢިއްޒު

ދިވެހިރާއްޖެއިން ކޮރަޕްޝަން ނައްތާލަން އަމިއްލަފުޅު ހައިސިއްޔަތުންވެސް މަސައްކަތްޕުޅު ކުރައްވާނެކަމަށް ޑރ. މުއިޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ޕީޕީއެމްގެ ވެރިކަމުގައި ކޮރަޕްޝަން އިންޑެކްސް އުޅެނީ %124 ގައި ކަމަށާއި މިހާރުގެ ސަރުކާރުގައި އެ ޢަދަދު ވަނީ %86 އަށް ދަށްކުރެވިފައިކަމުން ޑރ. މުޢިއްޒުގެ ސަރުކާރުގައި ކޮރަޕްޝަންދަށް ކުރުމާގުޅޭގޮތުން ކުރި ސުވާލަކަށް ޖަޒީރާ ނޫހަށް ދެއްވި އިންޓަވިއުއެއްގައެވެ.

ދިވެހިރާއްޖޭގައި ކޮރަޕްޝަން މަދުނުކުރެވެނީ އަދި ގައުމުގެ އެސެޓް ރިކަވަރ ނުކުރެވެނީ ޤާނޫނެއް ނެތިގެން ނޫންކަމަށާއި އިޚލާސްތެރި ހިތަކުން މަސައްކަތްކުރާނެ ބަޔަކު ނެތިގެންކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުން ޑރ. މުއިއްޒު ފާހަގަ ކުރެއްވީ މި ޤައުމު ޒިންމާދާރު އަދި ހަރުދަނާ ޤައުމަކަށް ހެދުމަށްޓަކައި ސަރުކާރުގެ ކޮންމެ އޮފީހެއްވެސް ސީދާ އެމަނިކުފާނުގެ ބެއްލެވުމުގެ ދަށުން ބައްލަވާނެ ކަމަށާއި ކޮރަޕްރަޝަނާއި ގުޅޭ މައްސަލަތަކުގައި ގުޅުންހުރި މީހުން އެކައުންޓަބަލް ކުރެވޭނެކަމަށެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *