ފަލަސްތީނު ހަނގުރާމައިގާ ސައުދީއަރަބިޔާއިން އީރާނާ ގުޅިގެން މަސައްކަތްކުރޭ: އަލްޖަޒީރާ ރިޕޯޓް

ސައުދީ އަރަބިއްޔާއިން އިޒްރޭލާއި ގުޅުން ރަނގަޅުކުރުމަށް އެމެރިކާ ތާއީދުކުރާ ޕްލޭންތަކަށް އެއްބަސް ވަމުންދާކަމަށް ދެ މަސްދަރަކުން ރޮއިޓާސް ނޫސް އެޖެންސީއަށް މައުލޫމާތު ލިބިފައިވާކަމަށް އަލްޖަޒީރާއިން ބުނެފައިވެއެވެ.

މި ހަމަނުޖެހުމުގެ ސަބަބުން އީރާނާ ސައުދީއަރަބިއްޔާއާއި ދެމެދުގައިވެސް ވަނީ މައްސަލަ އުފެދިފައެވެ. ސައުދީ ވަލީއަހުދު މުޙައްމަދު ބިން ސަލްމާން ފަލަސްތީނުގެ މައްސަލާގައި އެންމެ ފުރަތަމަވެސް ފޯނުކުރައްވާފައިވަނީ އީރާނުގެ ރައީސް އިބްރާހިމް ރައިސީއަށެވެ. އެއީ މުޅި ސަރަހައްދުގައި އަނިޔާވެރިކަން ފުޅާ ދާއިރާއެއްގައި އިތުރުވުން ހުއްޓުވުމަށް ރިޔާޒުން މަސައްކަތް ކުރަމުންދާ ވަގުތެއްގައެވެ.

މި ދެ މަސްދަރުން ރޮއިޓާސްއަށް ދިން މައުލޫމާތުގައި އިޒްރޭލާއިއެކު އާންމު ހާލަތަކަށް ގެންދިއުމާ ގުޅޭގޮތުން އެމެރިކާގެ ތާއީދު އޮންނަ މަޝްވަރާތައް ފެށެން އަދި އަވަސް ނުވާނެ ކަމަށާއި އެއީ ރިޔާޒުން ދެކޭ ގޮތުގައި އެމެރިކާގެ ދިފާއީ އެއްބަސްވުމެއްގައި ވާގޮތުން އެމެރިކާ ރުހުން ހޯދުމަށް ސައުދީން އެޅި މުހިންމު ފިޔަވަޅެއް ކަމަށެވެ.

އީރާނުގެ ތާއީދު އޮންނަ ހަމާސް އިން އޮކްޓޯބަރު ހަތް ވަނަ ދުވަހު އިސްރާއީލަށް ފަނާކުރަނިވި ހަމަލާއެއް ދީގެން ހަނގުރާމައެއް ފެށުމާ ހަމައަށް އިސްރާއީލާއި ސައުދީ ލީޑަރުން ވެސް ބުނަމުން އައީ މެދުއިރުމަތި އަލުން ބައްޓަން ކުރެވިދާނެ އެއްބަސްވުމަކަށް ވަރުގަދައަށް ތައްޔާރުވަމުން އަންނަ ކަމަށެވެ.

އިސްލާމްދީނުގެ އުފަން ރަށް އަދި އެންމެ މާތް ސަރަހައްދު ކަމަށްވާ ސައުދީ އަރަބިއްޔާއިން ފަލަސްތީނުގެ އެންމެ ފަހުގެ ހަމަނުޖެހުންތަކާ ހަމައަށް އިޝާރާތްކޮށްފައި އޮތީ އިޒްރޭލުން ފަލަސްތީނަށް ބޮޑެތި ލުއިތަކެއް ނުދިންނަމަވެސް އެމެރިކާގެ އެ ދިފާއީ އެއްބަސްވުން ސައުދީން ކުރިއަށް ގެންދިއުމަށެވެ.

ފަލަސްތީނުގެ ރައްޔިތުން އެއްފަރާތްކޮށްލާ އުސޫލަކުން ސަރަހައްދުގެ ވަށައިގެން ތިބި އަރަބިން ރުޅި އައުމުގެ ނުރައްކާ އޭގެ ސަބަބުން ކުރިމަތިވާނެ ކަމަށާއި، އިޒްރޭލުން ބަދަލު ހިފުމުގެ ވައިގެ ހަމަލާތަކުގައި މަރުވި ފަލަސްތީނުގެ މީހުންގެ ތަސްވީރުތައް އަރަބި ނޫސްތަކުން ދައްކަމުން ދާތީ ރުޅިވެރިކަން އިތުރުވާނެކަމަށެވެ.

އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހު ހަމާސްގެ ހަނގުރާމަވެރިން ދިން ހަމަލާގައި އިސްރާއީލުގެ 1300 އަށް ވުރެ ގިނަ މީހުން މަރުވެފައިވާއިރު، އެކަމުގެ ރައްދުގައި އިސްރާއީލުން ޣައްޒާއަށް ދެމުންދާ ހަމަލާތަކުގައި މިހާތަނަށް ވަނީ ފަލަސްތީނުގެ 2800 އަށް ވުރެ ގިނަ މީހުން ޝަހީދުވެފައެވެ.

ރިޔާޒުގެ ވިސްނުމަށް ތާއީދުކުރާ މަސްދަރަކުން ބުނާގޮތުން މިވަގުތު މަޝްވަރާތައް ކުރިއަށް ނުގެންދެވޭނެ ކަމަށާއި މަޝްވަރާތައް އަލުން ފެށުމަށްޓަކައި ފަލަސްތީނަށް އިސްރާއީލުން ލުއިތަކެއް ދިނުމަށް ބޮޑު އިސްކަމެއް ދޭން ޖެހޭނެއެވެ.

ރޮއިޓާސްގެ ފަރާތުން މިކަމާގުޅޭގޮތުން ބަހެއް ހޯދުމަށް އީމެއިލް މެދުވެރިކޮށް އެދުމުން ސައުދީ ސަރުކާރުން ޖަވާބެއް ނުދެ އެވެ.

ނޯމަލައިޒޭޝަން އަކީ ކުރިން ވެސް [އަރަބި ދުނިޔޭގައި] އާދައެއްގެ ގޮތުގައި ބެލެވިފައި އޮތް ކަމެއް. މި ހަނގުރާމައިން އެކަން ހާމަކޮށް ބޮޑުގޮތެއްގާ ފެނޭ” ސައުދީ އަރަބިއްޔާގެ އެނަލިސްޓް އަޒީޒް އަލްޣާޝިއަން ވިދާޅުވި އެވެ.

ވޮޝިންޓަނުން ބޭނުންވަނީ ޔުނައިޓެޑް އަރަބް އެމިރޭޓްސް ހިމެނޭ ގޮތަށް ގަލްފްގެ ބައެއް ގައުމުތަކުން ގުޅުން އާންމުކުރި އެއްބަސްވުމެއް ކަމުގައިވާ "އަބްރަހަމް" އެއްބަސްވުންތަކުގެ މައްޗަށް މެދު އިރުމަތީގެ މަސްލަހަތު ބިނާކުރުމަށެވެ.

އެމެރިކާގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރު ޖޭކް ސުލިވާން މި ހަފްތާގައި ވައިޓް ހައުސްގައި ބޭއްވި ބްރީފިންގައި ވިދާޅުވީ ނޯމަލައިޒޭޝަންގެ މަސައްކަތް "ހުއްޓިފައި ނުވާ" ކަމަށާއި ނަމަވެސް ފޯކަސް ކުރަނީ މިވަގުތަށް ހުރި އެހެން ގޮންޖެހުންތަކަށް ކަމަށެވެ.

ސައުދީ ވިސްނުން ހުރި މަސްދަރަކުން ބުނީ ހަމާސްގެ ހަމަލާ ކުށްވެރި ކުރުމަށް ވޮޝިންޓަނުން މި ހަފްތާގައި ރިޔާޒަށް ޕުރެޝަރު ކުރި ނަމަވެސް ސައުދީގެ ފޮރިން މިނިސްޓަރު ޕްރިންސް ފައިސަލް ބިން ފަރުހާން އެކަމަށް ފަހަތަށް ޖެހިފައިވާކަމަށެވެ. މިމައްސަލަވަނީ އެމެރިކާގެ މަސްދަރަކުން ރޮއިޓާރސް އަށް ކަށަވަރުކޮށްދީފައިވެއެވެ.

ސަރަހައްދީ ހަމަނުޖެހުންތަކުގެ ސަބަބުން ސައުދީ ވަލީއަހުދު އާއި އީރާނުގެ ރައީސް ވެސް ފުރަތަމަ ފަހަރަށް ވާހަކަ ދައްކަވާފައި ވަނީ ޗައިނާގެވެސް އެހީގެ ދަށުން ގަލްފުގެ ވާދަވެރި ގައުމުތަކުން އޭޕްރީލް މަހު ޑިޕްލޮމެޓިކް ގުޅުންތައް އަލުން ގާއިމް ކުރުމަށް ކުރެވެމުންދާ މަސައްކަތުގެ ތެރެއިންނެވެ.

ސައުދީގެ ބަޔާނެއްގައި ބުނެފައިވަނީ ވަލީއަހުދު ރައިސީއަށް ވިދާޅުވީ "މިހާރު ހިނގަމުންދާ ހާލަތު ހުއްޓުވުމަށް ބައިނަލްއަގްވާމީ އަދި ސަރަހައްދީ ހުރިހާ ޕާޓީތަކާ ގުޅިގެން ސައުދީއިން ބޮޑު މަސައްކަތެއް ކުރަމުންދާ" ކަމަށެވެ.

އީރާނުގެ އިސް އޮފިޝަލަކު ރޮއިޓާސް އަށް ވިދާޅުވީ ރައިސީ ސައުދީގެ ވަލީއަހުދަށް މި ގޮވާލުމުގެ މަގުސަދަކީ "ފަލަސްތީނަށް ތާއީދުކޮށް އެ ސަރަހައްދުގައި ހަނގުރާމަ ފެތުރުން ހުއްޓުވުން" ކަމަށެވެ.

"އެ ކޯލް ރަނގަޅު އަދި އުއްމީދީ ކޯލެއް،" އޮފިޝަލް ވިދާޅުވި އެވެ.

އީރާނުގެ ދެވަނަ އޮފިޝަލަކު ވިދާޅުވީ މި ގޮވާލުން 45 މިނެޓަށް ދެމިގެންދިޔަ ކަމަށާއި އެ ކޯލްގައި ސުޕްރީމް ލީޑަރު އަލީ ހުސެއިނީ ޚާމަނާއީގެ ތާއީދުވެސް ލިބިގެންވާ ކަމަށެވެ.

ސައުދީ ސަރުކާރުން އެ ގޮވާލުމާ ބެހޭ އިތުރު ތަފްސީލެއް ނުދިން ނަމަވެސް ބަޔާނުގައި ބުނެފައި ވަނީ ވަލީއަހުދު ވަނީ ރަސްކަމުގެ "އެއްވެސް ގޮތަކަށް މަދަނީންނަށް އަމާޒުކޮށް އަދި މައުސޫމް މީހުންގެ ފުރާނަ ގެއްލުމާ ދެކޮޅު ހަދާ" ކަމަށް ވިދާޅުވެފަ އެވެ.

މެދުއިރުމަތީގެ އެހެން ތަންތަނުގައި އުފެދިފައިވާ ފިތުނަތައް ކުޑަކުރުމަށް ސައުދީ އަރަބިއްޔާއިން މަސައްކަތް ކުރަމުން އަންނައިރު، އީރާނާ ގުޅިފައިވާ ހޫތީންނާ ދެކޮޅަށް ހަނގުރާމައިގައި ރިޔާޒުން އިސްކޮށް ހުރެގެން ޔަމަނުގައި ހިނގި ހަމަނުޖެހުންތައް ނިމުމަކަށް ގެނައުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ވިދާޅުވި އެވެ.

ވަލީއަހުދުއާ އެކު ރައިސީ ގޮވާލެއްވި ގޮތާ ބެހޭ ގޮތުން ސުވާލު ކުރުމުން އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުގެ އިސް އޮފިޝަލަކު ވިދާޅުވީ ވޮޝިންޓަނުން އޮތީ "ސައުދީ ލީޑަރުންނާއެކު މެދުނުކެނޑި ކުރެވެމުންދާ މަޝްވަރާތަކުގައި" ކަމަށެވެ. އެމެރިކާގެ ޚާރިޖީ ވަޒީރު އެންޓޯނީ ބްލިންކެން ވަނީ ސައުދީ އަރަބިއްޔާއަށް އެތައް ކޯލެއް ކުރައްވާފައެވެ.

އޮފިޝަލް ވިދާޅުވީ ވޮޝިންޓަނުން އެދެނީ ހަމާސް، ހިޒްބުالله މި ހަނގުރާމައިން ބޭރުކޮށްލުން ކަމަށެވެ.

“ސައުދީންނަށް އަދިވެސް އެ ސަރަހައްދު ގަބޫލުކުރެވޭ، އަދި ޚުދު ސައުދީ އަރަބިއްޔާ ވެސް ސަރަހައްދީ އެއްބާރުލުމާއި އިގްތިސާދީ ތަރައްގީއާ ދިމާއަށް ބަދަލުވާން ޖެހޭ. އީރާނުން އިސްކަންދެނީ އިސްރާއީލުގެ މީހުންނާ ހަމައަށް ހަނގުރާމަ ގެންދިއުން." އޮފިޝަލް ވިދާޅުވިއެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *