ގުރުއާނުގެ ތަފްސީރު “ފަސޭހަ ތަފްސީރު”ގެ ވާޝަން މޮބައިލް ފޯނުން ބަލާލެވޭނެ ގޮތަށް އާއްމުކޮށްފިއެވެ. މި ގުރުއާން ތަފްސީރަކީ ޖުމްހޫރީ ޕާޓީގެ ލީޑަރ އޮނަރަބަލް ޤާސިމް އިބްރާހީމްގެ ރިޔާސީ ވަައުދެކެވެ. މިއީ ބަޔާންވެގެންވާ ފަސޭހަ ތަފްސީރުގެ ނަމުގައި ނެރެވުނު ދިވެހި ބަހުން ލިޔެފައިވާ ގުރުއާނުގެ ތަފްސީރެވެ. އަދި މިއީ ގުރުއާނުގެ ތަފްސީރު ވަރަށް ތަފްސީލީ ގޮތެއްގައި ލިޔެފައިވާ ތަފްސީރެކެވެ.
މި ތަފްސީރަކީ ޖުމްލަ ހަ ވޮލިއުމް އަކަށް ބަހާލައިގެން ތައްޔާރުކޮށްފައިވާ ޑެސްކްޓޮޕް އަދި މޮބައިލް އެޕުންވެސް ކިޔާލެވޭނެ ތަފްސީރެކެވެ. މި ނެރެވުނު ތަފްސީރުގައި ކީރިތި ރަސޫލާގެ ހަދީޘް ބަސްފުޅުތައް ވެސް، އޭގެ އެންމެފުރިހަމަ ގޮތުގައި ހިމަނާފައިވެއެވެ.
ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި 50،000 ހާޑް ކޮޕީ ޕްރިންޓު ކުރައްވައި، އާންމުންނާ ހަމައަށް ފޯރުކޮށްދެއްވާނެ ކަމަށް ޤާސިމް އިބްރާހީމް ވިދާޅުވެއެވެ.
