އަދަބަށް ފިލިދާނެއެވެ! މަރަކަށްވެސް ޢަޛާބަކަށްވެސް ނުފިލޭނެއެވެ!

ދުނިޔެމަތިން ލިބިދާނެ އަދަބަށް ފިލުމުގެ ފުރުޞަތު ބައެއް މީހުންނަށް ﷲ ތަޢާލާ ދެއްވަވައެވެ. އެފަދަ މީހުން އެހެން ޤައުމުތަކަށް ގޮސް ޙިމާޔަތް ހޯދައެވެ. ނޫނީ ﷲ ތަޢާލާ މިންވަރު ކުރެއްވެވި މުއްދަތަކަށް ފިލައިގެންވެސް އުޅެއެވެ.

އެއްވެސް މީހަކަށް ނުފިލޭނެ ދެކަމެއް ވެއެވެ. އެއީ މަރުވުމާއި ﷲ ތަޢާލާގެ ޢަޛާބެވެ! ވީމާ ބުއްދިވެރިންނަށް އޮތީ ތައުބާވެ ހެޔޮ ޢަމަލުތައް ކުރުންމަތީގައި ދެމިތިބުމެވެ.

ކިތަންމެ ބޮޑު ފާފައެއް، ކިތަންމެ ގިނައިން ކުރެވިފައިވީ ނަމަވެސް މާޔޫސް ނުވާށެވެ! ތައުބާވުން އަވަސްކުރާށެވެ! ޙަރަމްފުޅާއި ދިމާއަށް މޫނު ކުރިމަތިކުރާށެވެ! އަވަހަށް ސަޖިދަކުރާށެވެ! ކުރެވޭ ކުށަށް މާފުކުރަން އުނދަގޫވަނީ އިންސާނުންނަށެވެ! ގިނަގިނައިން ފާފަތައް ފުއްސަވައި ދެއްވެވުމަށް ﷲ ތަޢާލާ ލޯބިވެވޮޑިގެންވެއެވެ.  

"އުސްވެގެންވާ ގަދަފަދަ ކިއްލާތަކެއްގެ ތެރޭގައި ތިއަބައިމީހުން ތިބިކަމުގައިވިޔަސް، ތިއަބައިމީހުން ތިބި ކޮންމެ ތަނަކުން މަރު، ތިއަބައިމީހުން އަތުލާނެތެވެ. އެއުރެންނަށް ހެޔޮގޮތެއް މެދުވެރިވެއްޖެނަމަ، މިއީ، ﷲގެ ޙަމްރަތުން އައިކަމެކޭ އެއުރެން ބުނެތެވެ. އަދި، އެއުރެންނަށް ދެރަގޮތެއް މެދުވެރިވެއްޖެނަމަ، މިއީ، ކަލޭގެފާނުންގެ ފަރާތުން އައިކަމެކޭ އެއުރެން ބުނެތެވެ. ކަލޭގެފާނު ވިދާޅުވާށެވެ! ކޮންމެކަމަކީވެސް، ﷲ ގެ ޙަމްރަތުން އަންނަ ކަމެކެވެ. ފަހެ، މިބައިމީހުންނަށް އެއްވެސް ވާހަކައެއް ވިސްނޭން ގާތްވެސްނުވެ އެތިބީ ކީއްވެފައި ބާވައެވެ؟" (އައްނިސާ: 78)

  • މިއަދު ނޫހުން ނަގާފައި
ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *