ބޭނި މަހަކުން މިލިއަނަރަކަށް

ޕާކިސްތާނުގެ ކަރާޗީގެ މަސްވެރިއެއްކަމަށްވާ ހާޖީ ބަލޫޗް  ހީވެސް ނުކުރާ ގޮތަކަށް މިލިއަނަރަކަށް ވެވިއްޖެއެވެ. އޭނާއަށް މިހާބޮޑު މުއްސަނދިކަމެއް ލިބުނީ  ބޭސްވެރިކަމަށް ޒަމާނުއްސުރެ ޕާކިސްތާނުގައި މަޝްހޫރުވެފައިވާ އަދި ވަރަށް މަދުން ނޫނީ ނުފެންނަ މަހެއް ނީލަމުގައި ވިއްކުމުންނެވެ. އޭނާ އާއި އޭނާގެ ޓީމުން ބޭނި މި މަހަކީ އަރަބި ކަނޑުގެ އަޑީގައި ދިރިއުޅޭ އަގުހުރި "ސޯވާ" ނުވަތަ ރަން މަހެވެ. ގިނަ ބަލިތަކަކަށް ޝިފާ ލިބޭ މާއްދާތަކެއް ހިމެނޭ މި މަހުގެ ސަބަބުން އަދި މީގެ މަހަށް ލިބިފައިވާ މަޝްހޫރުކަމަކުން ކަރާޗީ ބަނދަރުގައި މި މަސް ވިއްކާފައިވަނީ 70 މިލިއަން ރުފިޔާއަށެވެ.

ޕާކިސްތާން ފިޝަރމަން ފޯކް ފޯރަމްގެ މުބާރަކް ޚާން ވަނީ މަދުން ނޫނީ ނުފެންނަ ސޯވާ މަހުގެ މުހިއްމުކަމަށް އަލިއަޅުވާލައްވާފައެވެ. އަދި މި ފައިދާހުރި މަސް ވިއްކުމުގެ މުހިންމުކަމަށްވެސް އަލިއަޅުވާލެއްވިއެވެ.

ސޯވާ އަކީ ސަގާފީ އަދި އާދަކާދައަށް މުހިންމު ކަމެއްދޭ މަހަކަށްވާއިރު ޕާކިސްތާނުގެ ބޭސްވެރިކަމުގަޔާއި  ކެއުމުގެ އުސޫލުތަކުގައި ވަރަށް މުހިއްމު ދައުރެއް އަދާކުރާ މަހެކެވެ. 20 އާއި 40 ކިލޯއާ ދެމެދުގެ ބަރުދަނެއްގައި ހުންނަ އަދި 1.5 މީޓަރާއި ހަމައަށް ދިގުމިނުގައި ހުންނަ މި ބާވަތުގެ މަހަކީ އިރުމަތީ އޭޝިއާގެ ގައުމުތަކުގައިވެސް ވަރަށް ބޮޑު ޑިމާންޑެއް އޮންނަ ބާވަތެކެވެ.

ކަރާޗީގެ ކަނޑުން ލިބުނު މި ބޮޑު ނަސީބުގެ ސަބަބުން އޭނާ ވަނީ ވަރަށް އުފާވެފައެވެ. އަދި އަލަށް ހޯދި މުއްސަނދިކަން ހިއްސާ ޓީމުގެ އެންމެންނަށް ހިއްސާކުރާނެކަމަށް އޭނާ ބުނެއެވެ.

ގުޅުންހުރި

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *